Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަޙުމަދު ފާރިސް މައުމޫން

ޕީޖީގެ ސަބަބުން ޝަރީއަތުގައި އިންސާފެއް ނެތް، ދިފާއުވުމަށް ވެސް ފުރުސަތެއް ނެތް: ފާރިސްގެ ވަކީލުން

3 ޖެނުއަރީ 2018 | ބުދަ 14:02

ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމަލުފުޅުތައް ހުރީ އިންސާފުވެރި ޝަރީއަތަކަށް ހުރަސް އެޅޭ ގޮތަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 3 ޖެނުއަރީ 2018 | ބުދަ 14:02
ދިއްގަރުު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން: ޕީޖީން ޤާނޫނާ ހިލާފަށް އެތަށް ކަމެއް ކުރާ ކަމަށް ވަކީލުން ތުހުމަތުކުރެއްވި

ދިއްގަރުު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން: ޕީޖީން ޤާނޫނާ ހިލާފަށް އެތަށް ކަމެއް ކުރާ ކަމަށް ވަކީލުން ތުހުމަތުކުރެއްވި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަމަލުކުރައްވާ ގޮތުގެ ސަބަބުން އިންސާފަށް ނުރައްކާވާ ކަމަށާއި، މައްސަލައިގައި ދިފާއުވުމަށް ވެސް އެކަށީގެންވާ ފުރުސަތު ނުދޭ ކަމަށް ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ފަހު، އެންދެރިމާ ގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފާރިސް މައުމޫންގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމަލުތައް ހުރި ގޮތުން އިންސާފުވެރި ޝަރީއަތަކަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ވާކަމަށެވެ. އަދި އަހުމަދު ފާރިސް މައުމޫނަށް ލިބިގެންވާ އިންސާފުވެރި ޝަރީއަތުގެ ހައްޤަށް ވަރަށް ބޮޑު ނުރައްކަލެއް ޕްރޮސިކިއުޓަރ ޖެނެރަލް ކުރިމަތިކުރަމުންގެންދާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

"އިންސާފުވެރި ޝަރީއަތަކަށް ހުރަސް އޭޅޭ ގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމަލުފުޅުތައް ހުންނެވީ. އެންމެ ފުރަތަމަ މިއީ އުފައްދާފައިވާ މައްސަލައެއް އެންމެންނަށް އެނގޭ ގޮތަށް ފުލުހުން އެކަށީގެންވާ ގޮތަކަށް ތަހުޤީޤް ނުކުރަނީސް އެ އޮތީ ދައުވާ އުފުލައްވާފައި. ފާރިސް ހައްޔަރުކުރުމަށް މަސައްކަތްކުރީ ޤާނޫނު އޮޅުއްވާލައްވައިގެން," މައުމޫން ހަމީދު ވިދާޅުވިއެވެ.

މައުމޫން ހަމީދު ވިދާޅުވީ ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ޤާނޫނުގައި ބުނާ ތަފްސީލްތައް ވެސް ހިމަނާފައި ނުވާ ކަމަށެވެ. އެގޮތުން ފާރިސް މައުމޫން ރިޝްވަތު ދެއްވި ދުވަހަކާއި، ތަނާއި، ގަޑިއެއް ދައުވާގައި ބަޔާންކޮށްފައިނުވާކަމަށް މައުމޫން ހަމީދު ފާހަގަކުރެއްވި އެވެ. އަދި ތަފްސީލްތައް ދައުވާގައި ބަޔާންކޮށްފައި ނެތުމުން ދިފާއުވުމަށް ހުރަސްއެޅިގެންދާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތަފްސީލްތައް ދައުވާގައި ބަޔާންކޮށްފައި ނެތުމުން ޕްރޮސިކިއުޓަރ ނެޖެރަލްގެ ހިތްޕުޅަށް އަރާހާ ހުރިހާ ކަމަކަށް ދިފާއުވުމަށް ތައްޔާރުކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެގޮތަށް ކަންތައްތައް ކުރުމުން އެއީ އިންސާނުންނަށް ކުޅަދާނެވެގެން ވާނެ ކަމެއް ނޫން ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

"2000 އެތައް ގަޑިއިރެއްގެ ކޮންމެ މިނެޓެއްގައި، ކޮންމެ ތަނެއްގައި ތިމަންނަ ހުރީ މިވެނިކަމެއް ކުރަން ކަމަށް ފާރިސް އެބަޖެހޭ ވިދާޅުވާން. އެހެން ނޫނީ ނެތް އެލިބޭ ޑިފެންސެއް ހުށައެޅޭކަށް." ޤާނޫނީ ވަކީލް ވިދާޅުވިއެވެ.

ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ފާރިސްގެ ފަރާތުން 21 ހުށައެޅުމެއް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ. އަދި ބުދަ ދުވަހުގެ ޝަރީއަތުގައި ތިން ހުށައެޅުމެއް ކޯޓަށް ހުށައަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ބައެއް ހުށައެޅުންތަކުގައި މައްސަލައަކީ ޝަރީއަތްކުރުމެއް ނެތި ބާތިލްކުރަންޖެހޭ ދައުވާއެއް ކަމަށް ކަނޑައަޅައިދިނުމަށް ހުށައަޅާފައިވާނެ ކަމަށް ޝާމިލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި މައްސަލައަކީ ބާތިލްކުރެވެންޖެހޭނެ މައްސަލައެއް،" ވަކީލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް