Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސްގެ ޝަރީއަތް

ރާއްޖެޓީވީ އިން ދެއްކި ރިޕޯޓާ އެކު ފާރިސްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަސާސްތައް ނަފީވެއްޖެ: ވަކީލުން

3 ޖެނުއަރީ 2018 | ބުދަ 14:32

ރާއްޖެޓީވީގެ ރިޕޯޓުގައި ގެނެސްދީފައި ވަނީ ރިޝްވަތުގެ ފައިސާ ހިފައިގެން ދިޔަ ކަމަށް ބުނާ ޝާފިއުގެ އިންޓަވިއުއެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 3 ޖެނުއަރީ 2018 | ބުދަ 14:32
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ޝަރީއަތާ ގުޅޭ ގޮތުން ރާއްޖެޓީވީ އިން ދެއްކި ރިޕޯޓާއެކު، ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަސާސްތައް ނަފީވެފައިވާ ކަމަށް އޭނާގެ ވަކީލުން ބުނެފިއެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގައި ސޮއިކުރުމަށް މަޖިލިސް މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެއެވެ. ދައުވާގައިވާ ގޮތުގައި، ފާރިސް ދެއްވި ރިޝްވަތުގެ ފައިސާ އެ މެންބަރާއި ހަވާލުކުރީ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ޝާފިއުއެވެ.

Advertisement - newsAdvertisement

ނޮވެމްބަރު 9 ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީ އިން ދެއްކި ރިޕޯޓުގައި ހިމެނެނީ ޝާފިއުގެ އިންޓަވިއުއެކެވެ. ރާއްޖެޓީވީ އަށް ދިން އެ އިންޓަވިއުގައި ޝާފިއު ވަނީ، ރިޝްވަތުގެ ފައިސާ މެންބަރަކަށް ދިން ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފައެވެ. އަދި ފާރިސް ވިދާޅުވެގެން އެއްވެސް މެންބަރަކަށް ފައިސާ ދީފައިނުވާނެ ކަމަށާއި، އެފަދަ ފައިސާއެއް ފާރިސް އޭނާއާ ހަވާލުކޮށްފައި ވެސް ނުވާ ކަމަށް ޝާފިއު ބުނެފައިވެއެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ފާރިސްއާ ދެކޮޅަށް ހެކިބަސް ދިނުމަށާއި ބަޔާން ދިނުމަށް ބަޔަކު މީހުން މަޖުބޫރުކޮށް، ބިރު ދައްކަމުންދާ ކަމަށް ވެސް ޝާފިއު ބުނެފައި ވެއެވެ.

ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ފާރިސްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަސާސްތައް ބިނާވެފައި ވަނީ ޝާފިއު ހިންގި ކަމަށް ބުނާ އަމަލުތަކަކަށް ކަމަށެވެ. މައުމޫން ވިދާޅުވީ ރާއްޖެޓީވީގެ ރިޕޯޓާ އެކު ދައުވާގެ ހުރިހާ އަސާސްތަކެއް ނަފީވެއްޖެ ކަމަށެވެ.

މައުމޫން ވިދާޅުވި ގޮތުގައި، ރާއްޖެޓީވީގެ ރިޕޯޓަކީ މި މައްސަލައިގައި ހާމަވި އާ ހެއްކެކެވެ. ރާއްޖެޓީވީ އިން ދެއްކި ރިޕޯޓާއެކު ދައުލަތުން ހެކި އުފައްދާފައިވާކަން ހާމަވާކަން ފާހަގަކޮށް ފާރިސްގެ ފަރާތުން ވަނީ އިތުރަށް ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ.

މީގެ އިތުރުން، ފާރިސްއާ ދެކޮޅަށް ހެކިބަސް ދިނުމަށާއި ބަޔާން ދިނުމަށް ޝާފިއުއަށް މަޖުބޫރުކޮށް ބިރުދައްކަމުންދާ ކަމަށް ރާއްޖެޓީވީގެ ރިޕޯޓުގައި އޭނާ ބުނެފައިވާކަން މައުމޫން ފާހަގަކުރެއްވިއެވެ. މައުމޫން ވިދާޅުވީ ޝާފިއުއަށް ބިރުދައްކައި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމުން، ތަހުގީގު ނުކުރަން ނިންމާފައިވާ ކަމަށް ބުނެ ލިޔުމުން ފުލުހުން ޖަވާބުދީފައިވާ ކަމަށެވެ. އެހެންކަމުން، އެ މައްސަލަ ބެލުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ

ފާރިސްގެ ފަރާތުން ހުށަހެޅި ނުކުތާތަކާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ ރާއްޖެޓީވީ އިން ދެއްކި ރިޕޯޓެއްގައި ދައުލަތުގެ ފަރާތުން މި މައްސަލައިގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޝާފިއުއަށް ބިރުދައްކަމުންދާ ކަމަށް ބުނާ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފާރިސްގެ ފަރާތުން ހުށަހެޅި ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެ ފުލުހުން ލިޔުމުން ޖަވާބުދީފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ފާރިސްގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުން ބަލަމުންނުދާ ކަމަށް ޖަވާބުދާފައިވީ ނަމަވެސް، ޕްރޮސެކިއުޓަރ ޖެނަރަލް ހުށަހެޅުއްވުމުން މައްސަލަ ބަލަމުންދާ ކަމަށް ޖަވާބުދީފައިވާކަން ފާހަގަކުރައްވައި މައުމޫން ހަމީދު ވިދާޅުވީ މި މައްސަލައިގައި ދައުލަތުން ސާބިތުކޮށްދޭން މަސައްކަތް ކުރަނީ ޝާފިއު ހިންގި ކަމަށް ބުނާ އަމަލެއް ކަމަށެވެ.

ޝާފިއުއަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވަނީ، ދައުލަތުން ސިއްރު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ، ރިޝްވަތު ނެންގެވި މެންބަރުކަން މައުމޫން ފާހަގަކުރެއްވިއެވެ. މައުމޫން ވިދާޅުވީ އިންސާފު ލާޒިމުކުރާ ގޮތަކީ، ޝާފިއުއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި މައްސަލަ ތަހުގީގުކޮށް ނިމެންދެން މި ދައުވާގެ ޝަރީއަތް ހުއްޓާލުން ކަމަށެވެ.

މި ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ރާއްޖެޓީވީގެ ރިޕޯޓް ހެކީގެ ގޮތުގައި ހުށަހެޅިދާނެ ކަމަށެވެ. އަދި އެ މަރުހަލާގައި މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް