Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނުގެ ހަމަނުޖެހުން

އިރާނުގައި ހަމަނުޖެހުން އުފައްދަނީ އެގައުމުގެ ދުޝްމަނުން: އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ

މުޒާހަރާތަކުގައި މިހާތަނަށް 21 މީހުން މަރުވެފައިވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 2 ޖެނުއަރީ 2018 | އަންގާރަ 13:54
އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ

އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ

އިރާނުގައި ހަމަނުޖެހުން އުފައްދަނީ އެގައުމުގެ "ދުޝްމަނުން" ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އިރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ އެކި ސިޓީތަކުގައި ބޮޑެތި މުޒާހަރާތައް ކުރެވެމުންދާއިރު، ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ރަސްމީ ވެބްސައިޓުގައި އަންގާރަ ދުވަހު އެމަނިކުފާނު ވިދާޅުވީ "މި ހިނގަމުންދާ ދުވަސްތަކުގައި އިރާނުގެ ދުޝްމަނުން ގައުމުގައި ހަމަނުޖެހުން އުފައްދަން އެކި އާލަތްތައް ބޭނުން ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ފައިސާ، ހަތިޔާރު، ސިޔާސީ އެކި އުކުޅުތަކާއި އަދި ޖާސޫސީ އާލަތްތައް ހިމެނޭ ކަމަށެވެ.

މީގެ އިތުރަށް ޚާމަނާއީ ވިދާޅުވީ މިހާރު އިރާނުގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން "ރަނގަޅު ވަގުތުގައި" ގައުމުގައި މުޚާތަބު ކުރައްވާނެ ކަމަށެވެ.

ހޯމަ ދުވަހު އީރާނުގެ ރައީސް ހަސަން ރޫހާނީ މުޒާހަރާތަކާ ބެހޭ ގޮތުން ވިދާޅުވީ، މުޒާހަރާތަކާއި ފާޑުކިޔުންތަކަކީ ލިބޭ ފަހި ފުރުސަތެއް ކަމަށާއި އެއީ ބިރެއް ނޫން ކަމަށެވެ. ރޫހާނީ އިތުރަށް ވިދާޅުވީ ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރަން ގައުމުގެ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އިރާނުގެ ރައީސް ރޫހާނީ ކުރިން ވިދާޅުވެފައި ވަނީ ގައުމުގެ ރައްޔިތުންނަށް ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމުގެ މިނިވަންކަން އެބައޮތް ކަމަށެވެ.

އިރާނުގައި ކުރަމުންދާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާއިރު އޮފިޝަލުން އަންގާރަ ދުވަހު ވިދާޅުވީ ވެރިރަށް ތެހެރާނުގައި އެކަނި ވެސް ވޭތުވެދިޔަ ތިން ދުވަސްތެރޭ 450 މުޒާހިރީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން އިރާނުގައި ފެށުނު މުޒާހަރާތަކުގައި މިހާތަނަށް 21 މީހުން މަރުވެފައި ވެއެވެ.

ބުރާސްފަތި ދުވަހު ކުރަން ފެށި މުޒާހަރާތައް ކުރަން ފަށާފައި ވަނީ ގައުމުގެ ކޮރަޕްޝަނުގެ ހާލަތާ ގުޅިގެންނާއި އަދި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ.

ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވުމުގެ މައްސަލައިގައި ފެށި މުޒާހަރާތައް ފުޅާވެ، ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފައިވާއިރު، މުޒާހަރާގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ރައީސް ހަސަން ރޫހާނީގެ އިސްތިއުފާ އަށް ވެސް ދަނީ ގޮވަމުންނެވެ. މީގެ އިތުރުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި، ފުލުހުންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އީރާނުގެ ސަރުކާރުން ކުރަން ނުޖެހޭ ޚަރަދުތައް ކުރަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

08 ޖޫން 2017
އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި
07 ޖޫން 2017

އިރާނުގައި ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި

07 ޖޫން 2017
އިރާނުގައި ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި
06 ޖޫން 2017

ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި

06 ޖޫން 2017
ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި
05 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން
01 ޖޫން 2017

ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ

01 ޖޫން 2017
ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު