Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ރައީސް ޔާމީނުގެ ފްލީޓް އަނެއްކާ ވެސް ކުޑަވަނީތަ؟

ކުރިން ވަރަށް ހަރަކާތްތެރިވި ފަރާތްތައް މިހާރު ކުރީ ސަފުން ނުފެނޭ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2018 | އަންގާރަ 13:40
ޕީޕީއެމް އަށް މީހުން ވެއްދުމަށް ފޯމް ފުރުމަށް ބައެއް ވަޒީރުންނާ އެކު މެންބަރު ފަލާހް ހަރަކާތްތެރިވަޑައިގަންނަވަނީ: ޕީޕީއެމްގެ ހަރަކާތްތަކުން ފަލާހް މިހާރު ނުފެނޭ

ޕީޕީއެމް އަށް މީހުން ވެއްދުމަށް ފޯމް ފުރުމަށް ބައެއް ވަޒީރުންނާ އެކު މެންބަރު ފަލާހް ހަރަކާތްތެރިވަޑައިގަންނަވަނީ: ޕީޕީއެމްގެ ހަރަކާތްތަކުން ފަލާހް މިހާރު ނުފެނޭ

އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ވަރުގަދަ ކޯލިޝަނެއްގެ ތެރެއިންނެވެ. އެމްޑީޕީ ފިޔަވައި ރާއްޖޭގައި ސިޔާސީ މަސައްކަތެއް ކުރާ މީހަކު ހުރި ނަމަ އޭރު ތިބީ ރައީސް ޔާމީނާ އެކުގައެވެ. ވެރިކަން ފެއްޓެވީ ކުރީގެ ރައީސް އަދި ބޭބޭފުޅު މައުމޫނު އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ އިތުރުން ދެން ވެސް ސިޔާސީ ގޮތުން ކުދިކުދި ގްރޫޕްތައް ހަދައިގެން އުޅުނު ފަރާތްތަކާ އެކުގައެވެ. ވަރަށް ރޭވުންތެރިކަމާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ހޯދިއެވެ. ހުރިހާ ބާރެއް މުށުތެރެއަށް ލެއްވިއެވެ. ނަމަވެސް ދައުރު ދެބައިވި އިރު އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ ވަކިވެ، ދައުރުގެ ފަހުކޮޅަށް އެޅި އިރު މަޖިލީހުގެ ކޮންޓްރޯލް ވެސް ގެއްލިއްޖެއެވެ. އެކުގައި ތިއްބެވި ގިނަ މެންބަރުންތަކެއް ވެސް ރައީސް ޔާމީނު ދޫކުރައްވައި ނުކުމެވަޑައިގެންނެވިއެވެ.

މަޖިލީހުގެ ކޮންޓްރޯލް ގެއްލެމުން ދިޔަ ދަނޑިވަޅުގައި ރައީސް ޔާމީން ދިފާއުކުރެއްވުމުގައި ވަރަށް ބުރަކޮށް މެންބަރުންތަކެއް އަދި ވަޒީރުންތަކެއް މަސައްކަތްކުރެއްވިތަން ފެނިގެންދިޔައެވެ. ހާއްސަކޮށް ދެތިން ނަމެއް ފާހަގަކުރެވުނެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އާއި ދަނޑުވެރިކަމާއި މަސްވެރިކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝައިނީ އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ރަސްމީ ކެމްޕެއިނަށް ޕީޕީއެމް އާއި އެމްޑީއޭ މެކުހަށް ޖަހައިލި އިރު ކުރިން ފެނުނު ބައެއް މޫނުތައް އަނެއްކާ ވެސް މަންޒަރުން ގެއްލިއްޖެއެވެ. ޑރ. ޝައިނީ އާއި ފަލާހްގެ އަޑެއް ހަމަ އެއްގޮތަކަށް ވެސް ނީވެނީއެވެ. އެކަމާ ބެހޭ ގޮތުން ގިނަ ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. ސޯޝަލް މީޑިއާގައި ގޮވެލިތައް ދަނީ ގޮވަމުންނެވެ. ހަގީގީ ސަބަބު އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

ޕީޕީއެމްގެ ހަރަކާތްތަކުން ފަލާހް ނުފެންނަނީ ރާއްޖެއިން ބޭރުގައި ހުންނެވުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ދެ މަހެއްހާ ދުވަސްވީ އިރު ވެސް ފަލާހްގެ ހިލަމެއް ވެސް ނުވެއެވެ. ބޭރަށް ވަޑައިގެންނެވި ގޮތަށް ބައެއް އެހެން މެންބަރުން ފަދައިން އަމިއްލަފުޅަށް އަރުވާލެއްވުނީބާއެވެ؟

މިހާރު އިވޭ އަޑަކީ ޕީޕީއެމްގެ އެތެރޭގައި އަނެއްކާ ވެސް ރެނދުލައިގެން އުޅޭ ވާހަކައެވެ. އިދިކޮޅު ފަރާތްތަކުން ވެސް އެ ވާހަކަ ދައްކަން ފަށައިފިއެވެ. އެގޮތުން އަންނަ މަހުގެ 5 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ އާ ދައުރު ހުޅުވުމަށް ބާއްވާ ޖަލްސާގައި އެ މަންޒަރު ފެނިގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން ކުރިން ރައީސް ޔާމީނުގެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުން މި ފަހަރު އެކުގައި ނުފެންނާނެ ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. ފަހަރުގައި ދެބޯގެރި ދުއްވަނީ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އެ ވާހަކަތައް ފެތުރުމުގައި ސަބަބުތަކެއް އެބަހުއްޓެވެ.

ރައީސް ޔާމީނާއި ސަރުކާރު ދިފާއުކުރުމުގައި ބަސް ބުނާ ފަރާތްތަކުގެ އަދަދު މިހާރު ވަނީ އިނގިލިކުރިން ގުނާލާހާ ވަރަށް މަދުވެފައެވެ. ދަމަކުން ބަޑިއެއް ޖަހާލާހެން ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީ ލީޑަރު އަހްމަދު ނިހާން ހަސަން މަނިކު ޓްވީޓެއް ކުރައްވާ އިރު އިދިކޮޅު ފަރާތްތަކަށް ރައްދު ދޭން ޕީޕީއެމުން ބާއްވާ ނޫސް ކޮންފަރެންސްތަކުގައި ވެސް ފެންނަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އިކޮނޮމިކް މިނިސްޓަރު ވެސް ފެންނަނީ ވަރަށް ވަނދުކޮށެވެ. އަމިއްލައަށް މަތިންބައިން ޖެހިގެން އުޅޭ މީހުން އުޅޭ ފަދައިންނެވެ.

ޕީޕީއެމްގެ އެތެރޭގައި ރެނދުލުމުގެ ސަބަބުން މީގެ ކުރިން ވެސް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައި ވެއެވެ. މަޖިލީހުގައި 50 އަށް ވުރެ ގިން މެންބަރުންނާ އެކު އޮތް ސުޕަ މެޖޯރިޓީ ގެއްލުމުން ވެސް ފޫނުބެއްދޭވަރުގެ ގެއްލުމެއް ވަނީ ލިބިފައެވެ. ސަރުކާރު ބަލިކަށިވެ މިހާރު ރައްޔިތުން ހިފަހައްޓަނީ ބާރުގެ ބޭނުން ކޮށްގެންނެވެ. ދެބަސް ހަމައަށް އަތުރާލައިގެން ވާހަކަ ދެއްކޭ މީހަކު އަރިހުގައި މަދެވެ. ކިޔޭ ނުކިޔޭ ނޭނގޭ ފަދަ މީހުން ލައްވައި ޖަލްސާތަކާއި ނިއުސް ކޮންފަރެންސްތަކުގައި ވާހަކަ ދައްކަން ހަދައިގެން ގޮވަނީ އަތަށެވެ. އޭގެ ތެރެއިން ވެސް ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރު މުހައްމަދު ސިޔާމް އަހްމަދު ޖަލްސާއެއްގައި ވާހަކަ ދައްކަވައިފި ނަމަ ދެން އެ ނިމުނީއެވެ. ގޮވާ ކޮހުން ސަރުކާރަށް ލިބެނީ ގެއްލުމެވެ. އެނާޖީ މިނިސްޓަރުގެ ވަރުނެތް ވާހަކަތަކުން ވިދާޅުވާ އެއްޗެއް ރައްޔިތުންނަށް ފަހުމެއް ނުވެއެވެ.

އަރިހުގައި ތިއްބެވީ މިފަދަ މަދު މީސްކޮޅެކެވެ. ނިހާނުމެން ފަދަ ފަރިތަ ބޭފުޅުން ވެސް ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވަނީ މަދު ފަހަރަކުއެވެ. ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަށް ވެވުނު ވަރެއް ކުރައްވައެވެ. ނަމަވެސް ރައީސް ޔާމީންގެ ފްލީޓް ދުވަހެއް ދުވަހަކަށް މަދުވަމުން ދިއުމުން ބާކީ ތިއްބެވި މިފަދަ ބޭފުޅުންނަށް ބާރު ބޮޑުވާނެއެވެ. ޖަލްސާތަކުގައި އަބަދު އެއް މޫނުތަކެއް ފެންނާތީ ރައްޔިތުން ވެސް ފޫހިވާނެއެވެ. ހާއްސަކޮށް ޝައުގުވެރި ވާހަކައެއް ދައްކާލަން އެނގޭ އެނގޭ މީހުން މަދުވުމުން މިފަދަ ފޯރިގަދަ ކެމްޕެއިނެއްގައި ލިބޭނީ ލަނޑެވެ. ޖަލްސާތަކުގައި މަޖުބޫރުން މީހުން ގެންގޮސްގެން ގޮނޑިތައް ފުރާލިޔަސް ސްޓޭޖްމަތީގައި ފަޅުފިލާ ވަރަށް މީހުން ނެތް ނަމަ ބައިކޮޅަށް ޖެހޭ ގޯލުތައް ގިނަވާނެއެވެ. ރައީސް ޔާމީންގެ ފްލީޓް މިހާރު އޮތް ވަރު އަންދާޒާކޮށްލަން ދެން އެންމެ އަވަހަށް ލިބޭނެ ފުރަސަތަކީ ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވާ ދުވަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު