Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސްރުގެ ކުރީގެ ރައީސް މުރްސީ

މިސްރުގެ ކުރީގެ ރައީސް މުރްސީ އަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

31 ޑިސެމްބަރު 2017 | އާދީއްތަ 04:33

މުރްސީގެ މައްޗަށް ހުކުމް އިއްވާފައިވަނީ ޝަރުއީ ދާއިރާ އަށް އިހްތިރާމް ކުޑަ ކުރުމުގެ މައްސަލައެއްގައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 31 ޑިސެމްބަރު 2017 | އާދީއްތަ 04:33
މިސްރުގެ ކުރީގެ ރައީސް މުރްސީ ޝަރީއަތުގެ އަޑު އެހުމެއްގައި

މިސްރުގެ ކުރީގެ ރައީސް މުރްސީ ޝަރީއަތުގެ އަޑު އެހުމެއްގައި

ޝަރުއީ ދާއިރާ އަށް އިހްތިރާމް ކުޑަ ކުރުމުގެ މައްސަލައެއްގައި މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ އަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ދިގު ވެރިކަމަށްފަހު، އެގައުމުގައި ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވި ފުރަތަމަ ރައީސް މުރްސީގެ ވެރިކަން ވައްޓާލާފައިވަނީ އެގައުމުގެ އަސްކަރިއްޔާ އިން 2013 ވަނަ އަހަރު ގެނައި ބަޣާވާތެއްގައެވެ.

2011 ވަނަ އަހަރު އެގައުމަށް ގެނައި އިންގިލާބަށްފަހު ހަތަރު އަހަރުގެ ދައުރަކަށް އިންތިޚާބުވި މުރްސީގެ ވެރިކަން ވައްޓާލިފަހުން މުރްސީ ހުންނަވަނީ ބަންދުގައެވެ.

މުރްސީގެ ވެރިކަމުގައި 2012 ވަނަ އަހަރު އެގައުމުގައި މުޒާހަރާ ކުރި ފަރާތްތަކަށް ހަރުކަށިކަން ދެއްކުމަށް ހިތްވަރުދިން ކަމަށް ބުނާ މައްސަލައެއްގައި މުރްސީ މިހާރުވެސް ދަނީ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ.

މީގެ އިތުރުން، މިސްރުގެ ސިއްރު މައުލޫމާތުތަކެއް ގަތަރާއި ހިއްސާކުރި ކަމަށް ބުނެ، އެގައުމުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ހިންގިކަމުގެ މައްސަލައެއްގައި އޭނާގެ މައްޗަށް އިތުރު 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ ހުކުމަށް އިސްތިއުނާފީ ކޯޓުން ވަނީ ތާއީދުކޮށްފައެވެ.

މިސްރުގެ ޝަރުއީ ދާއިރާ އަށް އިހްތިރާމް ކުޑަ ކުރުމުގެ މައްސަލާގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން، 2013 ވަނަ އަހަރު މުރްސީ ދެއްކެވި ވާހަކަފުޅަކާއި ގުޅޭ މައްސަލައެއްގައި 56 ހާސް އެމެރިކާ ޑޮލަރުން އޭނާ ޖޫރިމަނާ ކުރުމަށް އެގައުމުގެ ޖިނާއީ ކޯޓުން ހޮނިހިރު ދުވަހު ނިންމާފައިވެއެވެ.

މުރްސީގެ އިތުރުން ޝަރުއީ ދާއިރާ އަށް އިހްތިރާމް ކުޑަ ކުރުމުގެ މައްސަލާގައި އިތުރު 18 މީހެއްގެ މައްޗަށް ހޮނިހިރު ދުވަހު ހުކުމް އިއްވާފައިވެއެވެ. އޭގެ ތެރޭގައި މިސްރުގެ ސިޔާސީ ބްލޮގަރ އަލާ އަބްދުލް ފައްތާހް އަދި ބްރޯޑްކާސްޓަރ ތައުފީގް އޮކާޝާ ހިމެނެއެވެ.

މީގެ ތެރެއިން ފަސް މީހަކު، އެއް ހާސް ހަތް ސަތޭކަ އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމް ކޮށްފައިވެއެވެ.

މުރްސީ ވަނީ އެގައުމުގެ ކޯޓުތަކަށް ދީފައިވާ ބާރުވެރިކަމާއިމެދު ސުވާލު އުފައްދާ، އެކަން ގަބޫލް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އޭނާގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑު އެހުމުގައި މުރްސީ ވަނީ، އޭނާ ގަދަކަމުން ބަންދުކޮށްފައިވާ ކަމަށް ބުނެ އަޑުގަދަކުރައްވާފައެވެ.

އޭގެ ފަހުން، ޝަރީއަތުގެ އަޑުއެހުންތަކަށް ހުރަސް އެޅިޔަ ނުދިނުމަށް ކަމަށް ބުނެ، މުސްރީގެ ޝަރީއަތްތައް ކުރިއަށް ގެންދާއިރު އޭނާ އިންނަވަނީ، އަޑުބޭރުނުވާފަދަ ބިއްލޫރި ކޮށްޓެއްގެ ތެރޭގައެވެ.

މުރްސީގެ ވެރިކަން އެގައުމުގެ އަސްކަރިއްޔާ އިން ވައްޓާލާފައިވަނީ، މުރްސީ ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއްހާ ދުވަސް ފަހުން އެގައުމުގައި ބޭއްވި ބޮޑު މުޒާހަރާތަކަށް ފަހުއެވެ.

މުރްސީގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރި ފަރާތްތަކާއި ދެކޮޅަށް ބާރުގެ ބޭނުން ކުރެއްވި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

މުސްރީގެ ވެރިކަން ވައްޓާލިފަހުން މިސްރުގެ ސަރުކާރާއި ކަމާއިބެހޭ އިދާރާތަކުން ދަނީ މުރްސީގެ ސަޕޯޓަރުންނާއި ދެކޮޅަށް ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. މީގެ އިތުރުން މުރްސީ ނިސްބަތްވާ މުސްލިމް ބްރަދަހުޑް ޕާޓީ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި، އެޕާޓީ މިސްރުގައި ވަނީ މަނާކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް