Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ވީ ވައުދުތައް ނުފުދި ރައްޔިތުން މާޔޫސްވެފައި، އަނެއްކާ ވެސް ރައީސް ވަޑައިގަންނަވަނީ ވައުދު ގޯންޏާއެކު؟

އެ ރަށްތަކަށް ވަޑައިގެން ރައީސް ވިދާޅުވީ ކުރިން ވެފައިވާ ވައުދުތައް ފުއްދަވާނެ ކަމަށެވެ. އެހެން އުޅުއްވަން ހައްދަވައިގެން، ރައީސް އަށް ވެސް ހެއްދެވުނީ ގޯހެވެ. އެޅުއްވުނީ މުޅިން ޅަ އެއްޗިސް އެެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2024 | އާދީއްތަ 09:41
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އަށް ރަށް ރަށަށް ވަޑައިގެން، އޭރުގެ އިދިކޮޅު ކެންޑިޑޭޓު ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަރަށް ގިނަ ވައުދުވެ ވަޑައިގެންނެވި އެވެ. މިދިޔަ ސާޅީސް އަހަރު، ނުވަތަ ތަރީސް އަހަރުވީއިރު ވެސް އެ ރަށްތަަކަށް ކުރީގެ ސަރުކާރުތަކުން ކަމެއް ކޮށްދީފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި އެ ރަށްތަކަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށާއި، ރައްޔިތުންނަށް އުފާވެރި ކަމެއް ގެެނެސްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި އެވެ. ބަނދަރުތައް ހެދުމާއި، މަގުތަކުގައި ތާރު އެޅުމާއި، ސާފު ބޯފެން ޤާއިމު ކުރުމާއި، ނަރުދަމާ އެޅުމާއި، ކުޅިވަރުގެ ވަސީލަތްތައް ޤާއިމު ކުރުމުގެ އިތުރުން، ދެން ވެސް ކުރަން ހުރި ކަންކަމުގެ ވައުދެވެ. ރައްޔިތުން އޭރުގެ ކެންޑިޑޭޓު މުޢިއްޒު އަށް ވޯޓު ދިނީ އެކަންކަން ފުރިހަމަ ވާނެ ކަމުގެ އުންމީދާ އެކު އެވެ.

ވެރިކަަމަށް ވަޑައިގަންނަވަން ވައުދުތައް ބައްސަވާލެއްވީ އެކި ބައިތަކަށެވެ. ފުރަތަމަ 100 ދުވަހުގެ ވައުދުތަކާއި، އެއް އަހަރު ދުވަހުގެ ވައުދުތަކުންނެވެ. ވެރިކަމަަށް ވަޑައިގެންނެވި ފަހުން މިހާރު އެއް އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެ، މިހާރު ގުނަމުން މި ދަނީ ރައީސް މުޢިއްޒުގެ ވެރިކަމުގެ ދެ ވަނަ އަހަރެވެ. ވެރިކަމަށް ވަޑައިގެން، ރައްޔިތުންނަށް ވީ ވައުދުތަކުގެ މަތިން ހަނދުމަފުޅު ނެތުން ކަހަލަ އެވެ. ވެރިކަމުގެ ލައްޒަތުގައި ޖެހި ވަޑައިގެން ރައީސް މުޢިއްޒު ހުންނެވީ އެވެ. އެހެން ހުންނަވަނިކޮށް، ދެން ކުރިމަތިވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެެވެ، ސަރުކާރަށް މެޖޯރިޓީ ބޭނުންވާތީވެ، އަނެއްކާ ވެސް ރަށްތަކަށް ވަޑައިގެންނެވި އެވެ. ވީ ވައުދުތައް ނުފުދި އޮތީ މަޖިލީހުގެ މެޖޯރިޓީ ނެތުމުން ކަމަށް ވިދާޅުވެ، އެ މެޖޯރިޓީ ދެއްވުމަށް "އާދޭސް" ދެންނެވި އެވެ. އެ އާދޭސް އަަޑު އަހައި، ރައްޔިތުން ސަރުކާރަށް މަޖިލިސް ދިނީ ހިތަކަށެވެ.

އެ މެޖޯރިޓީ ލިބުނު ފަހުން ސަރުކާރަށް އެއް އަހަރު ދުވަސް ވެގެން ދިޔައިރު، ރައްޔިތުންނަށް ވީ ވައުދުތައް ހުރީ ނުފުދި އެވެ. ރަށް ރަށުގައި ކުރިއަށް ގެންދާނެ ކަަމަށް ވިދާޅުވި ތަރައްޤީގެ މަޝްރޫއުތައް ނުފެށެ އެވެ. ނުވިތާކަށް ކުރީގެ ސަރުކާރުން ހަވާލު ކޮށްފައިވާ މަޝްރޫއުތައް ވެސް ހުރީ މަޑު ޖެހިފަ އެވެ. ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ބުނި ކަންކަން ހާސިލު ނުވެ، އެއް އަހަރު ދުވަހުގެ ވައުދުތައް ވެސް ދިޔައީ ފަނު ފުލުންނެވެ. ހަމަ އެއްވެސް މަސައްކަތެެއް ކުރެވޭ މަންޒަރެއް މި ރާއްޖެ އަކުން ނުފެނެ އެވެ. މިއީ އިދިކޮޅު ޕާޓީން ދައްކާ ވާހަކައެއް ނޫނެވެ. ޚުދު އަޅުގަނޑު ވެސް ދައްކާ ވާހަކައެއް ނޫނެވެ. މިއީ ރަށް ރަށުގައި ތިބި އާންމު ރައްޔިތުން ދައްކާ ވާހަކަ އެވެ. މިއީ މި ސަރުކާރު ގެންނަން، ރައީސް މުޢިއްޒު ހޮވަން އަރުވާ ޖަހައިގެން މަސައްކަތް ކުރި ރައްޔިތުންގެ ވާހަކަ އެވެ. ޝަކުވާ އެވެ. މުޅި ރާއްޖެ އިން ފެންނަން އޮތް މަންޒަރެވެ.

ވައުދުތައް ނުފުދި، ސަރުކާރަށް ފާޑު ކިޔާ ރައްޔިތުންގެ އަދަދު ގިނަވެފައިވާ ދަނޑިވަޅެއްގައި އަނެއްކާ ވެސް ރައީސް މުޢިއްޒު ރަށް ރަށަށް ވަޑައިގަންނަވަން ފައްޓަވައިފި އެވެ. މިދިޔަ ހަފުތާގެ ތެރޭގައި އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ބޮޑު ޖަލްސާ އަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ރައީސް މުޢިއްޒު މާލޭ ކައިރީގެ ބައެއް ރަށްތަކަށް ވަޑައިގެންވި އެވެ. އެ ރަށްތަކަށް ވަޑައިގެން ރައީސް ވިދާޅުވީ ކުރިން ވެފައިވާ ވައުދުތައް ފުއްދަވާނެ ކަމަށެވެ. އެހެން އުޅުއްވަން ހައްދަވައިގެން، ރައީސް އަށް ވެސް ހެއްދެވުނީ ގޯހެވެ. އެޅުއްވުނީ މުޅިން ޅަ އެއްޗިސް އެެވެ. މިސާލަކަށް، ރިޔާސީ އިންތިޚާބުގެ ތެރޭގައި އއ.ތޮއްޑޫގައި އަޅުއްވަން ވިދާޅުވި އެއާޕޯޓުގެ ވައުދު، އެ ދަތުރުފުޅުގައި ބަދަލުވީ އއ.މަތިވެރި އަށެވެ.

ރައީސްގެ ދަތުރުފުޅުގެ ދެ ދުވަސް ފަހުން އެމްޑީޕީން ބޭއްވި ޖަލްސާ އަށް ލިބުނީ ބޮޑު ތަރުހީބެކެވެ. ސަރުކާރާ މެދު މާޔޫސްވެފައި ތިބި އެތައް ބަޔަކު އެ ޖަލްސާ އަށް ޙާޟިރުވެ، ސަރުކާރުގެ ކަންކަމާ ދެކޮޅަށް އަޑު އުފުލި އެވެ. އެ ޖަލްސާ އަށް ޙާޟިރުވި މީހުންގެ ތެރޭގައި ރައީސް މުޢިއްޒުގެ ސަރުކާރު ގެންނަން މަސައްކަތް ކުރި މީހުން އަދި ރައީސް މުޢިއްޒު އަށް މަޖިލީހުގެ މެޖޯރިޓީ ހޯއްދަވައި ދެއްވަން މަސައްކަތް ކުރި މީހުން ވެސް ހިމެނެ އެވެ. "ޤާނޫނު އަސާސީގެ ދިފާއުގައި" ބޭއްވި އެ ޖަލްސާ ވެގެން ދިޔައީ، ސަރުކާރުގެ އިސް ފަރާތްތަކަށް ހަޖަމު ކުރަން އުނދަގޫވި ޖަލްސާ އަކަށެވެ.

އެ ޖަލްސާގެ ފަހުން ވެސް ސަރުކާރަށް ފާޑު ކިޔާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. ޖުމުލަ ގޮތެއްގައި އެއީ ސަރުކާރަށް ކަމެއް ނުކުރެވޭތީ އެވެ. އެކަން އެހެން އޮއްވާ، އަނެއްކާ ވެސް ރައީސް މުޢިއްޒު އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެންފި އެވެ. އަނެއްކާ ވެސް ވައުދުތައް ފުއްދަވާނެ ކަމުގެ ވައުދުވުަމަށެވެ. ރައްޔިތުންގެ ލޮލުގައި ކޮންމެ ވެސް އަނދުނެއް އަޅުވާށެވެ. ކޮންމެ ވެސް ބަހަނާއެއް ދައްކަވާށެވެ. މޮޅު ވާހަކަތަކެއް ދައްކަވާށެވެ. މިފަހަރު ރައީސް މުޢިއްޒު އަޅުއްވާ ޅަ އެއްޗިސް އާއި، ކުރައްވާ "ގަޅި" ކަންކަން ބަލާލުމުގެ އުންމީދުގައި އެބަ ހުރީމެވެ.

މަގޭ ރިޕޯޓްޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު