Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގުދުސްގެ މައްސަލަ

ގުދުސްގެ ގަރާރާ ދެކޮޅަށް ވޯޓު ދިނުމަށް ނައޫރޫއަށް އިސްރާއިލުން ހަދިޔާކުރީ ފެނާއި ނަރުދަމާގެ ނިޒާމެއް!

އިސްރާއިލުން ވަނީ 72000 ޑޮލަރުގެ ފެނާއި ނަރުދަމާގެ ނިޒާމެއް ނައޫރޫއަށް ހަދިޔާ ކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2017 | ހުކުރު 03:13
ނައޫރޫގެ ރައީސް ބެރޮން ވާގާ (ކ) އަދި އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ވ)

ނައޫރޫގެ ރައީސް ބެރޮން ވާގާ (ކ) އަދި އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ވ)

ގުދުސްއަކީ އިސާރާއިލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލިގަތުމާ ދެކޮޅަށް، އދ. ގެ އާންމު މަޖިލީހަށް ހުށަހެޅި ގާރާރާ ދެކޮޅަށް ވޯޓު ދިނުމަށް މައިކްރޮނީޝިއާގެ ޖަޒީރާ ގައުމެއް ކަމަށްވާ ނައޫރޫއަށް، އިސްޒްރާއިލުން ހަދިޔާކުރީ ފެނާއި ނަރުދަމާގެ ނިޒާމެއްކަން ފަޅާއަރައިފިއެވެ.

އިސްރާއިލުގެ ކިބައިން ނައޫރޫގެ ރައީސް ބެރޮން ވާގާ އެދިފައި ވަނީ އެ ގައުމުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމު ކޮށްދިނުމަށް ކަމަށާއި އަދި އެ ގައުމުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށް އިސްރާއިލުގެ ބޮޑުވަޒީރު ނަތަންޔާހޫ 72000 ޑޮލަރުގެ ހަދިޔާކުރެއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއިލުން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން ނައޫރޫ އިން ވަނީ އދ. ގައި ނެގި ވޯޓުގައި އިސްރާއިލާއި އެމެރިކާއާ އެއްކޮޅަށް ވޯޓު ދީފައެވެ.

ގާތްގަނޑަކަށް 13،000 މީހުންގެ އާބަދީއަކާ އެކު ނައޫރޫއަކީ ދެކުނު ޕެސިފިކްގައި އޮންނަ އެންމެ ކުޑަ ގައުމެވެ. އަދި ބިމުގެ ގޮތުން ބަލާއިރު އެ ގައުމަކީ ދުނިޔޭގެ ތިން ވަނަ އަށް އެންމެ ކުޑަ ގައުމެވެ.

އިސްރާއިލުން އިންޑިއާއަށް ވެސް 115،000 ޑޮލަރުގެ ޑީސެލިނޭޝަން ޕްލާންޓެއް ހަދިޔާކުރި ކަމަށް ރިޕޯޓުތައް ބުނާއިރު އދ. ގައި ނެގި ވޯޓުގައި އިންޑިއާ އިން ވޯޓު ދީފައި ވަނީ އިސްރާއިލާ ދެކޮޅަށެވެ.

ނައޫރޫގެ އިތުރުން އިސްރާއިލާ އެއްކޮޅަށް ވޯޓުދިން އެހެން ގައުމުތަކުގެ ތެރޭގައި ޕަލާއޫ، ޓޯގޯ، މާޝަލް އައިލެންޑްސް، މައިކްރޮނީޝިއާ، ނައޫރޫ، ގުއާޓެމާލާ އަދި ހޮންޑިއުރާސް ހިމެނެއެވެ. މިއީ ހުސް ކުދި ގައުމުތަކުގެ ގޮތުގައި ފާހަގަކުރެވޭ ގައުމުތަކެވެ.

އިސްރާއިލުގެ މި ހަދިޔާތަކާ އެކު ވެސް، އދ. ގައި ނެގި ވޯޓުގައި އެ ގައުމަށް ކުރިމަތިލާން ޖެހުނީ ލަދުވެތި ނަތީޖާއަކާއެވެ. އެގޮތުން 193 ގައުމުގެ މައްޗަށް އެކުލެވޭ އދ. ގެ އާއްމު މަޖިލީހުގެ ބައްދަލުމަށް ހުށަހެޅި ގަރާރު ފާސްކޮށްފައިވަނީ، 128 ގައުމެއްގެ ތާއީދާއެކުގައެވެ. މިގަރާރާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެންމެ ނުވަ ގައުމަކުންނެވެ. ގަރާރަށް ވޯޓަށް އެހުމުން، 35 ގައުމަކުން ވަކިކޮޅަކަށް ވޯޓު ދީފައެއްނުވެއެވެ. މި ގަރާރު ފާސްކޮށްފައި ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓު ދީފި ނަމަ އެހީތައް ކަނޑާލާނެ ކަމަށް އެމެރިކާ އިން އިންޒާރު ވެސް ދީފައި ވަނިކޮށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު