Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފުޖިމޯރީގެ ޖަލު ހުކުމް

ފުޖިމޯރީ މިނިވަން ކުރި މައްސަލާގައި ޕެރޫގެ ވަޒީރަކު އިސްތިއުފާ ދެއްވައިފި

28 ޑިސެމްބަރު 2017 | ބުރާސްފަތި 04:08

ފުޖިމޯރީ އަށް މަޢާފް ދެއްވި މައްސަލާގައި އިސްތިއުފާ ދެއްވީ ސަގާފަތާއިބެހޭ ވަޒީރު ޑެލް ސޮލަރ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 28 ޑިސެމްބަރު 2017 | ބުރާސްފަތި 04:08
ޕެރޫގެ ކުރީގެ ރައީސް އަލްބާޓޯ ފުޖިމޯރީ

ޕެރޫގެ ކުރީގެ ރައީސް އަލްބާޓޯ ފުޖިމޯރީ

ޕެރޫގެ ކުރީގެ ރައީސް އަލްބާޓޯ ފުޖިމޯރީ އަށް މަޢާފް ދެއްވައި، އޭނާ މިނިވަން ކުރި މައްސަލާގައި އެގައުމުގެ ސަގާފަތާއިބެހޭ ވަޒީރު ސަލްވަޑޯ ޑެލް ސޮލަރ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ކޮރަޕްޝަނާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ މައްސަލަތަކެއްގައި ޖަލު ހުކުމެއް ތަންފީޒް ކުރަމުން ދަނިކޮށް، ފުޖިމޯރީ އަށް މަޢާފް ދެއްވާ، ޖަލުން މިނިވަންކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އޭނާ އަށް މަޢާފް ދެއްވުމަށް ނިންމެވީ، ސިއްހީ ހާލަތު ދަށް ވުމާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ނިންމުމާއި ގުޅިގެން ޕެރޫގެ ވެރިރަށް ލީމާގައި ފެށި އިހްތިޖާޖްތައް ކުރިމަތިލުންތަކަކަށް ބަދަލުވެގެންދިޔައިރު، އެމައްސަލާގައި ސަރުކާރުގެ އިސް ދެ ބޭފުޅަކު އިސްތިއުފާ ދެއްވާފައިވެއެވެ.

ފިލްމް ޑިރެކްޓަރެއް ކަމަށްވާ ޑެލް ސޮލަރ، ސަގާފަތާއިބެހޭ ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވި ސަބަބު އާއްމު ކުރައްވާފައެއް ނުވެއެވެ.

ސްޕެނިޝް ބަހުން ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ޑެލް ސޮލަރ ވަނީ، އެގައުމަށް ޚިދުމަތް ކުރުމަށް ދެއްވި ފުރުޞަތަށްޓަކައި ޕެރޫގެ ރައީސަށް ޝުކުރު ދަންނަވާފައެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕެރޫގެ ބޮޑުވަޒީރު މާސިޑީޒް އަރާއޯޒް ވަނީ، ފުޖިމޯރީ މިނިވަން ކުރައްވާފައި ވަނީ ޕެރޫގެ މިހާރުގެ ރައީސް ޕެޑްރޯ ޕަބްލޯ ކުޒިންސްކީގެ ރިޔާސަތު ހިމާޔަތް ކުރެއްވުމަށް އިދިކޮޅު ފަރާތްތަކާއެކު ހެދި ޑީލެއްގެ ދަށުން ކަމަށް ބުނާ ރިޕޯޓްތައް ދޮގު ކުރައްވާފައެވެ.

ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން ޕެރޫގެ ރައީސް ކުޒިންސްކީގެ މައްޗަށް، ޕެރޫގެ ގާނޫނު ހަދާ މަޖިލީހުގައި ފާއިތުވި ހަފްތާގައި ނެގި އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުން ސަލާމަތްވެވަޑައިގެންނެވީ ހަނި ގޮތަކަށެވެ.

ޕެރޫގެ ކުރީގެ ރައީސް އަލްބާޓޯ ފުޖިމޯރީ، 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދެވީ އޭނާގެ ވެރިކަމުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެންނެވެ. އޭނާގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދަށްވުމާއި ގުޅިގެން ޖަލު ހުކުމް މަޢާފް ކޮށްދިން ނަމަވެސް، ފާޑު ކިޔާ ފަރާތްތަކުން ދަނީ ފުޖިމޯރީ އަށް އިއްވާފައިވާ ޖަލު ހުކުމް ފުރިހަމަޔަށް ތަންފީޒް ކުރަން ޖެހޭނެ ކަމަށް ބުނަމުންނެވެ.

މިމައްސަލާގައި އެގައުމުގައި އިހްތިޖާޖް ކުރަމުންދާއިރު، ބުރާސްފަތި ދުވަހުވެސް އިހްތިޖާޖްތައް ކުރިއަށް ގެންދިޔުމަށް ތާވަލް ކޮށްފައިވެއެވެ.

ޖަލު ހުކުމް މަޢާފް ކޮށްދެއްވުމާއި ގުޅިގެން އަންގާރަ ދުވަހު ފޭސްބުކް މެދުވެރިކޮށް ދެއްވި ވީޑިއޯ ޚިތާބެއްގައި ފުޖިމޯރީ ވަނީ، ރައީސް ކުޒިންސްކީ އަށް ޝުކުރު ދަންނަވާފައެވެ.

1990 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރުގެ ނިޔަލަށް ޕެރޫގެ ރައީސް ކަން ކުރެއްވި ފުޖިމޯރީ އަށް ފުރަތަމަ ޖަލު ހުކުމެއް އިއްވާފައިވަނީ ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ހިއްޕެވުމާއި ރިޝްވަތުގެ މައްސަލައަކާއި ގުޅިގެންނެވެ. އެމައްސަލާގައި 2007 ވަނަ އަހަރު އޭނާގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ވެރިކަމުގެ ދުވަސްވަރު އިންސާނީ ހައްގުތަކަށް އަރައިގަތް މައްސަލައެއްގައި އޭނާ 25 އަހަރަށް ޖަލަށް ލުމަށް 2009 ވަނަ އަހަރު ވަނީ ހުކުމް ކޮށްފައެވެ.

އުމުރުފުޅުން 79 އަހަރުގެ ފުޖިމޯރީގެ މައްޗަށް ވަނީ "ޑެތު ސްކޮޑް" އަށް ޕެރޫގައި ބަޔަކު މެރުމަށް ހުއްދަ ދިން ކަމުގެ މައްސަލައެއް ސާބިތުވެފައެވެ.

އޭނާ އަށް މަޢާފް ދެއްވިކަން ހާމަ ކުރަމުން ޕެރޫގެ ރައީސް ކުޒިންސްކީގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، ކުރީގެ ރައީސް އަލްބާޓޯ ފުޖިމޯރީގެ އިތުރުން ޖަލު ހުކުމް ތަންފީޒް ކުރަމުންދިޔަ އިތުރު ހަތް މީހަކަށް އިންސާނިއްޔަތަށްޓަކައި މަޢާފް ދެއްވާފައިވާ ކަމަށެވެ. ސިއްހީ ހާލުކޮޅު ގޯސްވެފައިވާ ކަމަށް ބުނާ ފުޖިމޯރީގެ އިތުރުން މަޢާފް ދިން ހަތް މީހުންވެސް ހާލަތު އެއް ގޮތް ކަމަށް އެބަޔާނުގައި ބުނެފައިވީ ނަމަވެސް، ފުޖިމޯރީގެ އިތުރުން މަޢާފް ދިން ހަތް މީހުންގެ ނަމެއް ހާމަކޮށްފައެއްނުވެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފުޖިމޯރީ އަށް ފަރުވާ ނުކުރެވޭ ފަދަ، މައިބަދައިގެ ސިއްހީ މައްސަލައެއް ކުރިމަތިވެ، ހާލަތު ގޯސްވަމުންދާ ކަމަށް ޑޮކްޓަރުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

އެބަޔާނަށް ފަހު ޕެރޫގެ ރައީސް ކުޒިންސްކީ ވަނީ، އޭނާ ފަދަ އަމިއްލަފުޅަށް ޑިމޮކްރެޓުންގެ ގޮތުގައި ގަބޫލް ކުރާ ފަރާތްތަކުން ފުޖިމޯރީ ޖަލުގައި އަވަހާރަވުމަށް ދޫކޮށްނުލައްވާނެ ކަމަށާއި، އިންސާފު ގާއިމް ކުރުމަކީ ބަދަލު ހިފުން ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ފުޖިމޯރީ އަށް މަޢާފް ދެއްވުމަށް ނިންމެވީ އުނދަގޫ ނިންމެވުމެއް ކަމަށާއި، އެހެން ނަމަވެސް އެއީ އަމިއްލަފުޅު ނިންމެވުމެއް ކަމަށް ކުޒިންސްކީ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
24 މާރިޗު 2017

ހުސްނީ މުބާރަކް މިނިވަން ކޮށްފި

24 މާރިޗު 2017
ހުސްނީ މުބާރަކް މިނިވަން ކޮށްފި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް