Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދެ ރުފިޔާގެ އާ ފާއިސާ ފޮތި

ދެ ރުފިޔާގެ އާ ފާއިސާ ފޮތި ތަޢާރަފްކޮށްފި

މި ފާއިސާ ފޮތީގެ ބަރުދަނުގައި ހުންނަނީ 6.20 ގްރާމް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 12 ޖުލައި 2017 | ބުދަ 05:32
ދެ ރުފިޔާގެ އާ ފާއިސާ ފޮތި ތަޢާރަފްކުރުން

ދެ ރުފިޔާގެ އާ ފާއިސާ ފޮތި ތަޢާރަފްކުރުން

އަލަށް ފަރުމާކޮށްފައިވާ ދެ ރުފިޔާގެ އާ ފައިސާ ފޮތި ތަޢާރަފްކޮށްފިއެވެ.

ބުދަ ދުވަހު ހެނދުނު އެމްއެމްއޭގައި ބޭއްވި ކުޑަ ހަލްފާއެއްގައި ދެ ރުފިޔާގެ އާ ފާއިސާ ފޮތި ތަޢާރަފްކޮށްދެއްވީ ގަވަނަރ އަޒީމާ އާދަމްއެވެ.

އާ ކޮއިންއެއް ތައާރަފްކުރުމުގެ ބޭނުމަކީ ކުރިން ބޭނުންކުރަމުން އައި ދެ ރުފިޔާގެ ކޮއިން ބަރުވުމުގެ އިތުރަށް ގެންގުޅެން އުނދަގޫ ކަމަކަށް ވުމެވެ. އަލަށް ތަޢާރަފްކުރި ދެ ރުފިޔާއަކީ މިހާރު ބޭނުންކުރަމުންދާ އެއް ރުފިޔާއަށް ވުރެ ވެސް ސައިޒުގެ ގޮތުން ކުޑަ އަދި ބަރު ދަނުގެ ގޮތުން ލުއި ރުފިޔާއެއް ކަމަށް އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ މުނާ އިބްރާހިމް ވިދާޅުވިއެވެ.

އަލަށް ތަޢާރަފްކުރި ދެ ރުފިޔާއަކީ ދެ މައުދަނަކުން ބޭނުންކޮށްފައިވާ ރުފިޔާއެކެވެ. އެގޮތުން ބޭރު ފަށަލައިގެ ވަށް ބުރަކަށް ރަންކުލައިގައި ހުރި އިރު އެތެރެ ފަށަލައިގައި ބޭނުންކޮށްފައިހުރީ ރިހި ކުލައެވެ. އެއީ ބޭރު ފަށަލައިގައި ނިކެލް ބްރާސް އާއި އެތެރެ ފަށަލައިގައި ނިކެލް ޕްލޭޓެޑް ސްޓީލްއެވެ.

ޑައިމީޓަރުގައި 25.50 މިލިމީޓަރ ހުންނަ މި ފާއިސާ ފޮތީގެ ބަރުދަނުގައި ހުންނަނީ 6.20 ގްރާމްއެވެ.

އަލަށް މިތަޢާރަފްކުރި ފާއިސާ ފޮތި ބުދަ ދުވަހުން ފެށިގެން ދައުރުވަމުންދާއިރު ކުރިން ބޭނުންކުރަމުން އައި ދެ ރުފިޔާ ވެސް މި ފާއިސާ ފޮއްޗާ އެކު ދައުރުވަމުންދާނެއެވެ.

މިހަފްލާގައި ވަނީ އާ ދެ ރުފީޔާއިން އެންމެ ފުރަތަމަ ޓްރާންސްސެކްޝަން ހެދި ފަރާތަކަށް ރުފިޔާ ހަވާލުކޮށްފައެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

23 މެއި 2017
ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި
21 މެއި 2017

އޮސްމޯ ބްރޭންޑްގެ ޕްރޮޑަކްޓެއް ރާއްޖެއަށް ތަޢާރަފްކޮށްފި

21 މެއި 2017
އޮސްމޯ ބްރޭންޑްގެ ޕްރޮޑަކްޓެއް ރާއްޖެއަށް ތަޢާރަފްކޮށްފި
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
20 އެޕްރީލު 2017

ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

20 އެޕްރީލު 2017
ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު