Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފިމްލު ސާހޯ

ޝްރައްދާއަކީ ސާހޯއަށް އެންމެ އެކަށީގެންވާ އެކްޓްރެސް: ޕްރަބާސް

27 ޑިސެމްބަރު 2017 | ބުދަ 06:24

މި ފިލްމުގެ މަންޒަރުތައް ނަގަނީ ހާއްސަކޮށް ތައްޔާރުކުރާ ސެޓެއްގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 27 ޑިސެމްބަރު 2017 | ބުދަ 06:24
ޕްރަބާސް

ޕްރަބާސް

ތެލުގޫ އެކްޓަރ ޕްރަބާސް މިހާރު ދަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ސާހޯ"ގެ ޝޫޓިން ކުރިއަށް ގެންދަމުންނެވެ.

މި ފިލްމުގައި ޕްރަބާސްގެ އިތުރުން ލީޑް ރޯލުން ފެނިގެންދަނީ ބޮލީވުޑްގެ ތަރި ޝްރައްދާ ކަޕޫރެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޕީޓީއައި އަށް ޕްރަބާސް ވަނީ "ސާހޯ"އާ ބެހޭ ގޮތުން އިންޓަވިއުއެއް ދީފައެވެ. ޕްރަބާސް ބުނީ އޭނާ މިހާތަނަށް ބޮލީވުޑްގެ އެކްޓްރެސްއަކާ އެކީ މަސައްކަތް ކޮށްފައި ނުވާ ކަމަށާއި އޭނާއަށް ބޮލީވުޑްގެ ތަރިއަކާ އެކު މަސައްކަތް ކުރަން ލިބުނީތީ އުފާކުރާ ކަމަށެވެ. "ސާހޯ"ގައި އޭނާއާ އެކު ފެނިގެންދާ ޝްރައްދާއަކީ އޭނާ ކުޅޭ ރޯލަށް އެންމެ އެކަށީގެންވާ ތަރި ކަމަށް ޕީޓީއައި އަށް ޕްރަބާސް ދީފައިވާ އިންޓަވިއުގައި ވަނީ ބުނެފައެވެ. ޕްރަބާސް ބުނީ ޝްރައްދާގެ ކެރެކްޓާއަކީ އެ ފިލްމަށް އެންމެ މުހިއްމު އެއް ކެރެކްޓާ ކަމަށެވެ. ޝްރައްދާއަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ތަރިއެއް ކަމަށާއި ޝޫޓިންގެ ތެރޭގައި އެކަން ހާމަވެގެންދާ ކަމަށް ވެސް ޕްރަބާސް ބުންޏެވެ.

"ސާހޯ"ގެ ޑައިރެކްޓަރަކީ ސުޖީތެވެ. ސްކްރީން ޕްލޭ ލިޔެފައި ވަނީ ވެސް އޭނާއެވެ. "ސާހޯ" ތިން ބަހަކުން ގެނެސްދޭނެއެވެ. އެއީ ތެލުގޫ، ތަމަޅަ އަދި ހިންދީ ބަހުންނެވެ. މިފިލްމުގެ ޝޫޓިން ފަށާފައި ވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

"ސާހޯ"ގެ ފުރަތަމަ ފެނިލުން ވަނީ ދައްކާލާފައެވެ. "ސާހޯ"ގެ ފުރަތަމަ ފެނިލުން އަދި އެ ފިލްމުގެ ޕޯސްޓަރ އާންމު ކޮށްފައި ވަނީ ޕްރަބާސްގެ އުފަންދުވަސް ކަމަށްވާ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މި ޕޯސްޓަރުން އޭނާ ފެންނަނީ ކޯޓާ އެކު މާރސްކް އަޅައިގެން ހުންނަ މަންޒަރެވެ.

ސާހޯގެ ފުރަތަމަ ފެނިލުން

ޕްރަބާސް އާއި ޝްރައްދާގެ އިތުރުން މި ފިލްމުން ފެނިގެންދަނީ ބޮލީވޫޑްގެ އެކްޓަރ ނީލް ނިތިން މުކޭޝް އަދި ބޮލީވުޑްގެ އެކްޓަރ ޖެކީ ޝްރޮފްއެވެ. ސަތޭކާ ފަންސާސް ކްރޯޑްގެ ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގެ ގިނަ މަންޒަރުތައް ނަގަނީ ހާއްސަކޮށް ތައްޔާރުކުރާ ސެޓެއްގައެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހެއް އަދި ހާމަކޮށްފައި ނުވާއިރު ޚަބަރުތައް ބުނާ ގޮތުގައި ސިނަމާތަކަށް މި ފިލްމު އަންނާނީ އަންނަ އަހަރުގެ މެދެތެރޭގައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2018

މީހުންނަށް އަހަރެން އެނގެން ފެށީ ބާހޫބަލީ ފިލްމުގެ ސަބަބުން: ޕްރަބާސް

01 ޖެނުއަރީ 2018
މީހުންނަށް އަހަރެން އެނގެން ފެށީ ބާހޫބަލީ ފިލްމުގެ ސަބަބުން: ޕްރަބާސް
26 ނޮވެމްބަރު 2017

"ގޯލްޑަން ހޯސް ފިލްމު އެވޯޑް" ގެ ސަޕޯޓިން އެކްޓްރެސް އަކަށް ވިކީ ޗެންއަށް

26 ނޮވެމްބަރު 2017
"ގޯލްޑަން ހޯސް ފިލްމު އެވޯޑް" ގެ ސަޕޯޓިން އެކްޓްރެސް އަކަށް ވިކީ ޗެންއަށް
23 އޮކްޓޯބަރު 2017

"ސާހޯ"ގެ ތަރި ޕްރަބާސްގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

23 އޮކްޓޯބަރު 2017
"ސާހޯ"ގެ ތަރި ޕްރަބާސްގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
03 ޖުލައި 2017

ޓޮލީވުޑްއިން ކެޓްރީނާ ނެގީ ޕްރަބާސް އާއި ވިކްރަމް

03 ޖުލައި 2017
ޓޮލީވުޑްއިން ކެޓްރީނާ ނެގީ ޕްރަބާސް އާއި ވިކްރަމް
28 ޖޫން 2017

ޕްރަބާސް ބޮލީވުޑަށް!

28 ޖޫން 2017
ޕްރަބާސް ބޮލީވުޑަށް!
31 މެއި 2017

"ބާހްބަލީ"ގައި އުޅޭ ޕްރަބާސްއާ ކައިވެނިކުރުމަށް އެދި 6،000 މީހުން ހުށައެޅި

31 މެއި 2017
"ބާހްބަލީ"ގައި އުޅޭ ޕްރަބާސްއާ ކައިވެނިކުރުމަށް އެދި 6،000 މީހުން ހުށައެޅި
23 މާރިޗު 2017

ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮދް ދި އިޔާ" ގެ ލީޑް އެކްޓްރެސް އަކީ ކާކު؟

23 މާރިޗު 2017
ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮދް ދި އިޔާ" ގެ ލީޑް އެކްޓްރެސް އަކީ ކާކު؟
13 މާރިޗު 2017

ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ

13 މާރިޗު 2017
ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ
07 މާރިޗު 2017

އިއްފާގައި އައިޝްވާރިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް

07 މާރިޗު 2017
އިއްފާގައި އައިޝްވާރިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް
21 ފެބުރުއަރީ 2017

އެކްޓްރެސް ފަރީދާ ޖަލާލް މަރުވި ކަމަށް ބުނެ ފަތުރާފައި ވަނީ ދޮގު ހަބަރު

21 ފެބުރުއަރީ 2017
އެކްޓްރެސް ފަރީދާ ޖަލާލް މަރުވި ކަމަށް ބުނެ ފަތުރާފައި ވަނީ ދޮގު ހަބަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް