Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރަބާސް

ޕްރަބާސް ބޮލީވުޑަށް!

ޕްރަބާސް ބޮލީވުޑަށް އަންނާނީ "ޚާމޯޝީ" އިން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 28 ޖޫން 2017 | ބުދަ 07:26
ތެލަގޫ ތަރި ޕްރަބާޝް

ތެލަގޫ ތަރި ޕްރަބާޝް

ތެލަގޫ ފިލްމު "ބާހުބަލީ" އިން މަޝްހޫރުވެގެން ދިޔަ ޕްރަބާސް ބޮލީވުޑުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕްރަބާސްގެ މަޝްހޫރުކަން އިތުރުވެގެންދިޔައީ އޭނާ އެންމެ ފަހުން ކުޅުނު "ބާހުބަލީ"ގެ ދެ ފިލްމުންނެވެ. ފުރަތަމަ ބަޔަށް ވުރެ ވެސް ދެ ވަނަ ބައިން އޭނާގެ ވިދުން ގަދަވިއެވެ.

ޕްރަބާސްގެ މަގުބޫލުކަން ބޮލީވުޑްގައި ވެސް ވަނީ އިތުރުވެފައެވެ.

ޕްރަބާސްއާ ބެހޭ ގޮތުން އެންމެ ފަހުން އިވުނު އަޑަކީ ބޮލީވުޑްގެ ފިލްމަކުން އޭނާ ފެންނާނެކަމެވެ. އެއީ ހިންދީ ފިލްމު "ޚާމޯޝީ" ގެ މަންޒަރަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމުގައި ލީޑް ރޯލުން ފެނިގެންދާނީ ޕްރަބާސްއާ އެކު "ބާހްބަލީ"، "ބާހްބަލީ 2" ކުޅުނު ތަމަންނާ ބާޓިއާއެވެ. ތަމަންނާއަކީ ހިންދީ، ތަމަޅަ، އަދި ތެލުގޫ ފިލްމު ކުޅޭ އެކްޓްރެސްއެކެވެ.

އަޑުތައް ފެތުރިފައިވާ ގޮތުގައި "ޚާމޯޝީ" ގައި ޕްރަބާސް ފެންނާނީ ޚާއްސަ މަންޒަރަކުންނެވެ. ނަމަވެސް އެއީ ކޮންމަންޒަރެއް ކަމެއް ނޭނގޭ ކަމަށެވެ.

ޕްރަބާސް "ޚާމޯޝީ" އިން ފެންނާނެ ކަމަށް ބުނަން އެ ފިލްމުގެ ޕްރޮޑިއުސަރ ވަޝޫ ބަގްނާނީ ވަނީ އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވަނީ އެކަމާ ދޭތެރޭ އެއްވެސް އެއްޗެއް ބުނަން ބޭނުން ނޫން ކަމަށާއި އެ ފިލްމު ބެލުމަށް އިންތިޒާރުގައި ތިބުމަށް އެދޭ ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން ނިމެން މިހާރު 4 ވަރަކަށް ދުވަސް ވެފައިވާ ކަމަށާއި މިހާތަނަށް "ޚާމޯޝީ"އާ ބެހޭ ގޮތުން ބުނަން ބޭނުންވާ ވަރަށް މައުލޫމާތު ހާމަކޮށްފައިވާ ކަމަށް ވަޝޫ ބަގްނާނީ ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2018

ސަންޖޭ ކަޕޫރުގެ ދަރިފުޅުވެސް ބޮލީވުޑަށް!

18 ޖޫން 2018
ސަންޖޭ ކަޕޫރުގެ ދަރިފުޅުވެސް ބޮލީވުޑަށް!
01 ޖެނުއަރީ 2018

މީހުންނަށް އަހަރެން އެނގެން ފެށީ ބާހޫބަލީ ފިލްމުގެ ސަބަބުން: ޕްރަބާސް

01 ޖެނުއަރީ 2018
މީހުންނަށް އަހަރެން އެނގެން ފެށީ ބާހޫބަލީ ފިލްމުގެ ސަބަބުން: ޕްރަބާސް
27 ޑިސެމްބަރު 2017

ޝްރައްދާއަކީ ސާހޯއަށް އެންމެ އެކަށީގެންވާ އެކްޓްރެސް: ޕްރަބާސް

27 ޑިސެމްބަރު 2017
ޝްރައްދާއަކީ ސާހޯއަށް އެންމެ އެކަށީގެންވާ އެކްޓްރެސް: ޕްރަބާސް
06 ޑިސެމްބަރު 2017

ޝަޝީ ކަޕޫރު :އޭނާ އަށް ބޮލީވުޑަށް ވަދެވުނު ގޮތް ވަނީ ކިޔާދީފައި

06 ޑިސެމްބަރު 2017
ޝަޝީ ކަޕޫރު :އޭނާ އަށް ބޮލީވުޑަށް ވަދެވުނު ގޮތް ވަނީ ކިޔާދީފައި
23 އޮކްޓޯބަރު 2017

"ސާހޯ"ގެ ތަރި ޕްރަބާސްގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

23 އޮކްޓޯބަރު 2017
"ސާހޯ"ގެ ތަރި ޕްރަބާސްގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު