Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސްޓޫޑެންޓް އޮފް ދި އިޔާ

ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮދް ދި އިޔާ" ގެ ލީޑް އެކްޓްރެސް އަކީ ކާކު؟

ފިލްމް ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި ހާމަ އެއް ނުކުރޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 23 މާރިޗު 2017 | ބުރާސްފަތި 12:28
ދިޝާ ޕަޓާނީ

ދިޝާ ޕަޓާނީ

މިދިޔަ ދުވަސްތަކުގައި ބޮލީވުޑްގައި އެންމެ ގަދައަށް ފެތުރެމުން ދިޔަ ހަބަރަކީ ކަރަމް ޖޯހަރު އުފެއްދުމަށް ތައްޔާރުވަމުން އަންނަ ފިލްމް "ސްޓޫޑެންޓް އޮފް ދި އިޔާ 2" ގެ ލީޑް އެކްޓްރެސްއާ ބެހޭ ގޮތުންނެވެ.

އެގޮތުން ގިނަ ބަޔަކު ބުނަމުން ދަނީ "ސްޓޫޑެންޓް އޮފް ދި އިޔާ 2"ގައި ލީޑް އެކްޓްރެސްއެއްގެ ރޯލުން ފެނިގެން ދަނީ އެމްއެސް ދޯނީ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ދިޝާ ޕަޓާނީ ކަމަށެވެ. އަދި އަނެއް ބަޔަކު ބުނަމުން ދަނީ ފިލްމްގެ ލީޑުގެ އެކްޓްރެސްއެއްގެ ރޯލުން ފެނިގެން ދަނީ ސްޕަސްޓާ ސައިފް އަލީ ހާންގެ އަންހެން ދަރި ސާރާ އަލީ ހާން ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ދިޝާ ބުނީ ސާރާ އާއި އޭނާއާ ބެހޭ ގޮތުން މީޑިއާތަކުގައި ގެނެސްދީފައި ހުންނަ ހުނަރުތައް އޭނާ ވެސް ކިޔާ ކަމަށެވެ. ނަމަވެސް އޭނާއަށް ނޭނގޭ ކަމެއްގައި ސާރާއާ އޭނައާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ އޭނާ ވަރަށް "ހުތުރު" ކަމެއް ކަމަށް ދިޝާ ބުންޏެވެ.

ދިޝާ ބުނީ ސްޓޫޑެންޓް އޮފް ދި އިޔާ 2 އާ ގުޅޭ ގޮތުން ސާރާއާ އޭނާއާ ބެހޭ ގޮތުން މީޑިއާތަކުން ލިޔާތީ އޭނާ އަށް ވެސް ވާނުވާ ނޭނގޭ ކަމަށާއި އަދި ހަބަރުތައް ކިޔާފައި އޭނާ ވެސް ހައިރާންވާ ކަމަށް ދިޝާ ބުންޏެވެ،

ފިލްމުގައި ލީޑް އެކްޓްރެސްގެ ރޯލުން ފެނިގެން ދޭނެތޯ ޔަގީން ކޮށްދިނުމަށް އެދުމުން ދިޝާ ބުނީ އެކަމާ އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

ކަރަން ޖޯހަރު 2012 ވަނަ އަހަރު އުފެއްދި ފިލްމް ސްޓޭޑެންޓް އޮފް ދި އިޔާ ގެ ދެވަނަ ބައެއް އުފެއްދުމށް ނިންމާ ފިލްމްގެ ލީޑް އެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޓައިގާ ޝްރޮފްއެވެ. ނަމަވެސް ފިލްމުގެ ލީޑް އެކްޓްރެސް އެއް އަދި މިހާތަނަށް ޔަގީންވެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ކަންގަނާ ދެކެ ރުޅިއެއް ނާދޭ: ކަރަން ޖޯހަރު

22 އެޕްރީލު 2017
ކަންގަނާ ދެކެ ރުޅިއެއް ނާދޭ: ކަރަން ޖޯހަރު
05 އެޕްރީލު 2017

ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި

05 އެޕްރީލު 2017
ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި
29 މާރިޗު 2017

ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް

29 މާރިޗު 2017
ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް
09 މާރިޗު 2017

މީހަކާ ނީނދެ ހުރެ ދަރިން ހޯދުމުން ކަރަން ޖޯހަރަށް ސިޔާސީ ލީޑަރެއް މަލާމާތް ކޮށްފި

09 މާރިޗު 2017
މީހަކާ ނީނދެ ހުރެ ދަރިން ހޯދުމުން ކަރަން ޖޯހަރަށް ސިޔާސީ ލީޑަރެއް މަލާމާތް ކޮށްފި
06 މާރިޗު 2017

ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

06 މާރިޗު 2017
ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު