Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިއޮނެލް މެސީ

ސްކައި ސްޕޯޓްސްއިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔަކަށް މެސީ

މެސީގެ ފަހަތުން މި ލިސްޓުގެ ދެވަނަ ލިބިފައިވަނީ ޓޮޓެންހަމްގެ ހުނަރުވެރި ފޯވާޑް ހެރީ ކޭންއަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2017 | އަންގާރަ 11:20
ލިއޮނެލް މެސީ ބާސާގެ ސަޕޯޓަރުންނާއެކު

ލިއޮނެލް މެސީ ބާސާގެ ސަޕޯޓަރުންނާއެކު

އިނގިރޭސިވިލާތުގެ މަޝްހޫރު ކުޅިވަރު ވެބްސައިޓެއް ކަމަށްވާ ސްކައި ސްޕޯޓްސް އިން ހޮވި 2017 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހޮވިއްޖެއެވެ.

މެސީއަށް މި މަގާމު ލިބުނުކަން ސްކައި ސްޕޯޓްސް އިން ވަނީ އެ ޗެނަލްގެ ވެބްސައިޓް މެދުވެރިކޮށް އާންމު ކުރި ލިސްޓަކުން ކަށަވަރު ކޮށްދީފައެވެ. މިއީ މުޅި ސީޒަނުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ބެލުމަށް ފަހު އާންމުކޮށްފައިވާ ލިސްޓަކަށްވާއިރު މެސީއަށް މި މަގާމު ލިބުނީ ބާސާ އަދި އާޖެންޓީނާގެ ގައުމީ ޓީމާއެކު އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

އެގޮތުން ބާސާއިން މިދިޔަ ސީޒަނުގެ ސްޕެނިޝް ކޮޕާ ޑެލްރޭ ކާމިޔާބު ކުރުމުގެ އިތުރަށް ލަލީގާގެ ދެވަނަ ހޯދިއިރު އޭނާ ވަނީ އެ ޓީމުގެ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މި ސީޒަން ފެށިގެން ބާސާއިން ދައްކަމުން އަންނަ މޮޅު ކުޅުމުގެ އެންމެ އިސް މޭސްތިރިއަކީ މެސީއެވެ. ހަމައެހެންމެ އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމުގައި ވެސް މެސީގެ ހިއްސާ ބޮޑެވެ. އޭނާ ވަނީ މިހިނގަމުންދާ 2017 ވަނަ އަހަރު 54 ލަނޑު ޖަހާފައެވެ. މިއީ ޔޫރަޕުގައި ކުޅެމުން އަންނަ އެހެން ހުރިހާ ފޯވާޑުންނަށް ވުރެ އިތުރު އަދަދެކެވެ.

މެސީގެ ފަހަތުން މި ލިސްޓުގެ ދެވަނަ ލިބިފައި ވަނީ ޓޮޓެންހަމްގެ ހުނަރުވެރި ފޯވާޑް ހެރީ ކޭންއަށެވެ. ފްރާންސް ފުޓްބޯލް އިން ދިން ބެލެންޑޯ އެވޯޑުގެ 10 ވަނަ ހޯދި ކޭން ވަނީ 2017 ގައި މިއަހަރު 52 ލަނޑު ޖަހާފައެވެ. އޭނާ އަންނަނީ އިނގިރޭސި ޕްރިމިއާ ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ކުޅުމުގެ ސަބަބުން އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ވެސް ކޭންއާ ވަނީ ހަވާލު ކޮށްފައެވެ.

މި ލިސްޓުގެ ތިންވަނަ ލިބިފައި ވަނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާއަށެވެ. މިދިޔަ ސީޒަނުގައި ބާސާއަށް ކުޅުމަށް ފަހު އޭނާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު ޓްރާންސްފާ ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ. ނޭމާގެ ލީޑާޝިޕުގެ ދަށުން ޕީއެސްޖީއިން އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް މި ލިސްޓުން ލިބިފައިވަނީ ހަތަރު ވަނައެވެ.

މި ލިސްޓުގެ އެންމެ މަތިން ރޭންކު ކުރެވިފައިވާ ގޯލްކީޕަރަކީ 49 ވަނައިގައި ރޭންކު ކުރެވިފައިވާ ބާސާގެ ކީޕަރު މާކް އެންޑާ ޓާސްޓީޖެންއެވެ. މި އަހަރުގެ ތެރޭގައި އޭނާގެ ކޮޅަށް ވަދެފައިވަނީ އެންމެ 28 ލަނޑުކަން ފާހަގަ ކޮށްލެވެއެވެ. އެންމެ މަތީގައި ރޭންކު ކުރެވިފައިވާ ޑިފެންޑަރަކީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީއެވެ. އަދި އެންމެ މަތިން ރޭންކު ކުރެވުނު މިޑްފީލްޑަރަކީ ފަސްވަނައިގައި ރޭންކު ކުރެވުނު ޓޮޓެންހަމްއަށް ކުޅެމުން އަންނަ ކްރިސްޓިއަން އެރިކްސެންއެވެ.

މެސީއަށް މި މަގާމު ލިބިފައިވާއިރު އޭނާއަށް މިއަހަރު ބޭއްވި ގިނަ އެވޯޑު ހަފްލާތަކުގައި ލިބިފައިވަނީ ރޮނާލްޑޯގެ ފަހަތުން ދެވަނައެވެ. އެހެން ނަމަވެސް އޭނާއަކީ ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު