Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީންގެ ވާހަކަފުޅު

ރައީސް ޔާމިންގެ ތިން ފޯމިއުލާ – ވަރަށް ބޮޑު ތެދެއް!

މި މޫސުމުގައި ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްޔިތުން ވިސްނަން ޖެހޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2017 | ހޯމަ 11:06
ރައީސް އަބްދުﷲ ޔާމީން ހިންނަވަރުގައި ވާހަކަ ދައްކަވަނީ

ރައީސް އަބްދުﷲ ޔާމީން ހިންނަވަރުގައި ވާހަކަ ދައްކަވަނީ

ޅ. ހިންނަވަރުގައި ހޯމަ ދުވަހު އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ލާއިރު، ތިން ކަމަކަށް ވިސްނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތްގަތުމެވެ.

ރައީސް ޔާމީން ވަނީ އެ ތިން ކަންތައް ރައްޔިތުންނަށް ވިދާޅުވެ ދެއްވާފައެވެ. ވެރިންނަށް ކިޔަމަންވުމުންވުމުގެ ވާހަކަ އެންމެ ގިނައިން ދައްކަވަނީ ވެސް ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެހެންކަމުން ރައީސް ޔާމީން އެދައްކަވާ ވާހަކަތައް ރައްޔިތުން އަޑުއެހުން މުހިއްމެވެ. ވަލިއްޔުލްއަމުރު ވިއްޔާއެވެ.

ފުރަތަމަ ކަމަކަށް ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު، ރާއްޖޭގައި ދައްކާ ވާހަކަތަކާއި ވާހަކަ ދައްކާ މީހުންގެ މާޒީއަށް ބަލާފައި އެ މީހަކު ދައްކާ ވާހަކައިގެ ސަބަބުން ދީނީ އަގީދާގެ މަތީގައި ތިބެވިދާނެތޯ ވިސްނަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީން މި ވިދާޅުވި ފުރަތަމަ ކަމަށް ވިސްނާށެވެ. އެމަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަން އޮތް ވާހަކަ ފަޚުރުވެރިކަމާ އެކު ދައްކަވަނީ ކޮން ބޭފުޅެއްތޯއެވެ؟ ޙަރާން ފައިސާ ގެއަށް ވަންނަ ވާހަކަ ދައްކަވަނީ ކޮން ބޭފުޅެއްތޯއެވެ؟ ގެޔަށް ވަންނަ ފައިސާއަކީ ހަލާލު ފައިސާތޯ ޚުދު އަނބިމީހާ ވެސް ނާހާ ވާހަކަ ދައްކަވަނީ ކޮން ބޭފުޅެއްތޯއެވެ؟ ކޮރަޕްޝަނުގެ ހުރި ނުބައިކަމުގެ ވާހަކަ ދެއްކެވި ދީނީ އިލްމުވެރިން ޖަލަށް ލެއްވީ ކޮން ބޭފުޅެއްތޯއެވެ؟ ބެންކޮކަށް ގޮސް ވަންނަނީ ހިލޭ އަންހެނުން ކައިރިއަށް ނޫން ކަމަށް ވިދާޅުވީ ކޮން ބޭފުޅެއްތޯއެވެ؟ އެމަނިކުފާނާއި ޚިޔާލު ތަފާތުވާ ދީނީ ޢިލްމުވެރިންނަށް ދަރުސް ދިނުމަށް ހުރަސް އެޅުއްވީ ކޮން ބޭފުޅެއްތޯއެވެ؟ ވެރިމީހާ ކޮންމެ ގޮތަކަށް ކަންތައް ކުރެއްވިޔަސް ރައްޔިތުންނަށް ވެރިމީހާއަށް ކިޔަމަންވާން ޖެހޭ ކަމަށް ވިދާޅުވެ، ވާޖިބު ނޫން ކަމެއް ވާޖިބު ކަމެއްގެ ގޮތުގައި ރައްޔިތުންނަށް ބުނެ ދެއްވައި، ދީނުގެ ޙުކުމްތައް އޮޅުވާލައްވަން މަސައްކަތްކުރެއްވީ ކޮން ބޭފުޅެއްތޯއެވެ؟ އިސްލާމް ދީނުގައި ވެރިންގެ މައްޗަށް ލާޒިމް ކުރައްވާފައިވާ ކަންކަމުން އެއްކިބާވެ، ރައްޔިތުންނަށް އަނިޔާވެރިވީ ކޮން ބޭފުޅެއްތޯއެވެ؟ ރައީސް ޔާމީން ވިދާޅުވި ފަދައިން މިކަންކަމަށް ވިސްނަވާފައި 2018 ގައި ވޯޓު ލީމާ ހުންނާނީ ރަނގަޅަށެވެ.

ދެވަނަ ކަމަކަށް ރައީސް ޔާމީން ވިދާޅުވީ މި މޫސުމުގައި ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަތާ މެދު ވިސްނެވުމެވެ.

ތެދުފުޅެކެވެ. ރައީސް ޔާމީން އެވިދާޅުވީ ވަރަށް ވެސް ބޮޑު ތެދުފުޅެކެވެ. ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަތަކަށް ވިސްނަން ޖެހެއެވެ. އެދައްކަވަނީ ކުރެއްވޭނެ ކަންތަކުގެ ވާހަކަތޯ ވިސްނަން ޖެހެއެވެ. ނުކުރެވޭނެ ކަންތައްތަކުގެ ވާހަކަ ދައްކަވަނީ ކޮން ބޭފުޅެއްތޯއެވެ؟ ބެޔަސް ނުބެޔަސް 10 ހާސް ދެއްވާނެ ކަމަށް ވިދާޅުވެ، އެއީ ނުދައްކަވާ ވާހަކަޔަށް ހެއްދެވީ ކޮން ބޭފުޅެއްތޯއެވެ؟ ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ދެއްވާނެ ކަމަށް ވިދާޅުވެ، އެވައުދު ނުފުދެއްދެވީ ކޮން ބޭފުޅެއްތޯއެވެ؟ މަސްވެރިންގެ ފްލީޓް 900 އިން 1500 އަށް ހައްދަވާނެ ކަމަށް ވިދާޅުވެ، އެކަން ނުކުރެއްވީ ކޮން ބޭފުޅަކަށްތޯއެވެ؟ އަހަރަކު 10 ރިޒޯޓް ހުޅުވާނެ ކަމަށް ވިދާޅުވެ، އެކަން ނުވީ ކޮން ބޭފުޅަކަށްތޯއެވެ؟ ފަސް އަހަރުގެ ތެރޭ 26 ހާސް ވަޒީފާ އުފައްދަވާނެ ކަމަށް ވިދާޅުވެ، އެވައުދު ނުފުއްދުނީ ކޮން ބޭފުޅަކަށްތޯއެވެ؟ ކޮންމެ އަތޮޅަކަށް ހުޅުމާލެއަށް އޮންނާނެ ކަމަށް ވިދާޅުވުމަށް ފަހު، ފަހުން ޚިޔާލު ބަދަލުވެ، މާލެއަށް އެންމެން އަންނަން ވިދާޅުވީ ކޮން ބޭފުޅެއްތޯއެވެ؟ ޤައުމާއި މުޖްތަމައު އަލުން އަމާންކުރާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ފަހުން އެބޭފުޅެއްގެ ވެރިކަމުގައި ތިރީހަކަށް މީހުން މަރާލީ ކޮން ބޭފުޅެއްގެ ވެރިކަމުގައިތޯއެވެ؟ ކޮންމެ ދިވެއްސަކު އުޅޭނެތަނެއް ލިބޭނެކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ފަހުން އެބޭފުޅެއްގެ ވެރިކަން ނިމެން ކައިރިވި އިރު ވެސް، އެވައުދު ވެސް ނުފުއްދުނީ ކޮން ބޭފުޅެއްގެ ވެރިކަމުގައިތޯއެވެ؟ ދަނޑުވެރިން އުފައްދާ ބާވަތްތައް މާކެޓްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް އެގްރިކަލްޗަރ ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފައްދަވާނެ ކަމަށް ވިދާޅުވީ ކޮން ބޭފުޅެއްތޯއެވެ؟ ކުޑަކުދިންނަށް ބޭނުންވާ ހިކިކިރު އިމްޕޯޓްކޮށް، ޔޫއެޗްޓީ ޕްރޮސެސްޑް ކިރު އުފައްދައި ޕެކޭޖްކޮށް ހެޔޮ އަގުގައި ހޯލްސޭލް ކުރައްވާނެ ނިޒާމެއް ޤާއިމް ކުރާނެ ކަމަށް ވިދާޅުވީ ކޮން ބޭފުޅެއްތޯއެވެ؟ ވަރުގަދަ ޕޮލީޓެކްނިކެއް އުފައްދަވާނެ ކަމަށް ވިދާޅުވެ، މިހާރު ވެސް ހުރި ޕޮލީޓެކްނިކް އެއްކޮށް ހަލާކުކޮށްލެއްވީ ކޮން ބޭފުޅެއްތޯއެވެ؟ 24 ގަޑިއިރު ކަރަންޓް ޔަޤީންވާނެ ކަމަށް ވިދާޅުވެ 24 ގަޑިއިރު ކަރަންޓް ލިބެމުން އައި ރަށްރަށުގެ ކަރަންޓު ވިއުގަތައް ވެސް ހަލާކުކޮށްލެއްވީ ކޮން ބޭފުޅެއްތޯއެވެ؟ ރާއްޖޭގެ އުތުރާއި ދެކުނުގައި މަދުވެގެން ހަތަރު ތެޔޮ ބަންކަރު ހަދާނެ ކަމަށް ވިދާޅުވީ ކޮން ބޭފުޅެއްތޯއެވެ؟ ހަނިމާދޫ، ކައްދޫ، ކޫއްޑޫ އަދި ކާޑެއްދޫ އެއާޕޯޓްތަކުގެ ސަރަހައްދުތަކުގައި ސަބްމެރިން ކޭބަލް ކަރަންޓް ވިއުގަ ޤާއިމުކުރާނެ ކަމަށް ވިދާޅުވީ ކޮން ބޭފުޅެއްތޯއެވެ؟ އޮޔާއި ވަޔާްއި، އަވީގެ ހަކަތައިގެ ތަޙުލީލުތަކަށް މަގުފަހިކުރާނެ ކަމަށް ވިދާޅުވީ ކޮން ބޭފުޅެއްތޯއެވެ؟ އަތޮޅު ރައްޔިތުންނާއި ފެނަކަ ހިއްސާވާ ކަރަންޓް ހާޑްވެއަރ ސްޓޯރެއް ކޮންމެ އަތޮޅެއްގައި ޤާއިމްކޮށް، އިތުބާރުހުރި ކަރަންޓް ސާމާނު ލުއިފަސޭހަކޮށް އެ ސްޓޯރުން ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވިދާޅުވީ ކޮން ބޭފުޅެއްތޯއެވެ؟ އޮމާންކަމާއި، ހަލުއިކަމާ އެކު ކަންކަން ގެންދިޔުމަށްޓަކައި، ތިން ބާރުގެ ފުރިހަމަ ބައިވެރިވުމާއި އިޚުތިޔާރު ލިބިދޭ ގޮތަށް، މަގުޗާޓު އެކުލަވަލައި ތަންފީޒުކުރާނެ ކަމަށް ވިދާޅުވެ، އެކަން ހަނދާން ނައްތާލީ ކޮން ބޭފުޅެއްގެ ވެރިކަމުގައިތޯއެވެ؟ ދައުލަތް ހިންގުމުގައި ކަމުވޮށިވެގެންވާ ޤަދަރުވެރިންގެ މަޝްވަރާ ހޯދޭނެ ނިޒާމެއް ޤާއިމު ކުރާނެ ކަމަށް ވިދާޅުވެ، އެންމެ ކަމުވޮށިވެގެންވާ އިއްޒަތްތެރިންނަށް ޤަދަރު ކުޑަކޮށްލީ ކޮން ބޭފުޅެއްތޯއެވެ؟ ދައުލަތުގެ ވެރިންނާއި ޒިންމާދާރު މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން ޢާއްމުކުރުވާނެ ކަމަށް ވިދާޅުވެ، މިދެންނެވި ބޭބޭފުޅުންނަށް ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވައިގެން ބިލިއަނުން ކޮރަޕްޝަން ހިންގަވަން ފުރުސަތު ދެއްވީ ކޮން ބޭފުޅެއްތޯއެވެ؟ ޤައުމީ މަސްލަޙަތު ހިމެނޭ ބޮޑެތި ކަންކަމުގައި ގޮތެއް ނިންމުމަށް ރައްޔިތުންނަށް ބަސްބުނެވޭނެ ފުރުޞަތު ހޯދައިދޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޑު ކަނޑުވާލައި، ބަޖެޓް ފާސްކުރުމުގަޔާއި ބޮޑެތި ފްރީ ޓްރޭޑް އެގްރިމެންޓަށް ރުހުން ހޯދުމުގައި މަޖިލީހުގެ މައިނޯރިޓީ މެމްބަރުންގެ ރުހުން ހޯއްދަވަން ފެއްޓެވީ ކޮން ބޭފުޅެއްތޯއެވެ؟ އެޕާޓީއަކުން މަޖިލީހަށް ކުރިމަތިލާ މީހުންނަކީ މަޖްލީހުގެ ހައިބަތާއި ޤަދަރާއި ޝަޚްސިއްޔަތު ސާބިތު ކޮށްދޭނެ ނަޒާޙައްތެރި މެމްބަރުންކަމުގައި ހަދާނެ ކަމަށް ވިދާޅުވެފައިވަނިކޮށް، ގޯނި ގޯނީގައި ކޮރަޕްޝަންގެ ފައިސާ އުފުލި ވާހަކަ ދައްކަވައި، އަންހެން މަޖިލިސް މެމްބަރުންގެ މޫނު މައްޗަށް އަނގައިގައި ހުރި ފެން ބުރުވާލީ ކޮން ބޭފުޅެއްގެ ޕާޓީގެ ކޯލިޝަން މެމްބަރުންތޯއެވެ؟

އެބޭފުޅެއްގެ ނުފުއްދި ހުރި ވައުދުތަކުގެ ވާހަކަ ޓައިޕްކޮށްކޮށް ވަރުބަލިވެގެން ހުއްޓާލަން ޖެހުނީ ކޮން ބޭފުޅެއްގެ ވައުދުތަކެއްތޯއެވެ؟

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެސް ޖައްވަށް މީހުން ފޮނުވާ ވާހަކަ ދައްކަވަންޏާ އެމަނިކުފާނަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށް ބެލުމަށެވެ. ބެޔަސް ނުބެޔަސް 10 ހާސް ރުފިޔާ ދޭ ވާހަކަޔާއި، ރާއްޖެއިން ތެޔޮ ނަގާ ވާހަކަ ދެއްކެވި ބޭފުޅެއްގެ ސިކުނޑިއާ ބެހޭ ގޮތުން އަޅުގަނޑުމެން ބުނާނެ އެއްޗެއް ވެސް ރައީސް ވިދާޅުވެ ދެއްވި ނަމަ ކިހާ ރަނގަޅުވީސްތޯއެވެ؟

ރައީސް ޔާމީން ވިދާޅުވީ ތިން ވަނަ ކަމަކަށް އޮންނާނީ އޭނާ އެ ދައްކާ ވާހަކައަކީ އަމަލީ ގޮތުން އެކަމެއް ތަންފީޒު ކުރެވޭ ވަރުގެ ތަޖުރިބާއަކާއި އިލްމަކާއި ހުނަރުވެރިކަމެއް ހުރި މީހެއްތޯ ބަލާލުން 2018 ގައި މުހިއްމު ކަމަށެވެ. އެކަން ރައްޔިތުން ނިންމަވާށެވެ. ވައުދު ފުއްދެނީ ކޮން ބޭފުޅަކަށްތޯ ދެންމެ އަޅުގަނޑު ކުރި ސުވާލުތަކުން ނިންމަވާށެވެ. ވާދަވެރި އަދި ފާޑުކިޔާ އެންމެން ޖަލަށް ނުލައި، ރައްޔިތުންގެ މިނިވަންމަށް އަރައި ނުގަނެ، ރައްޔިތުންގެ ބައިތުލްމާލު ހުސްކޮށް ނުލައި، ރައްޔިތުން ދަރަނިވެރި ނުކޮށް، ބޭރު ޤައުމުތަކުގެ ކުރިމަތީގައި ރާއްޖޭގެ އަގު ވައްޓާނުލައި ވެރިކަން ކުރެއްވުމުގެ ތަޖުރިބާ އާއި އިލްމާއި ހުނަރު ހުރީ ކޮން ބޭފުޅެއްގެ ކިބައިގައިތޯ ރައްޔިތުން ނިންމަވާށެވެ.

ހިންނަވަރުގައި ރައީސް ޔާމީން ދެއްކެވީ މިހާތަނަށް އެމަނިކުފާނު ދެއްކެވި އެންމެ ރަނގަޅު ވާހަކަފުޅެވެ. އެއީ ވަރަށް ރަނގަޅު ފޯމިއުލާއެކެވެ. އެންމެ ތިން ކަމަކަށް ވިސްނާލަން ޖެހޭ ފޯމިއުލާއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު