Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފުޖިމޯރީގެ ޖަލު ހުކުމް

ޖަލަށްލާފައިވާ ޕެރޫގެ ކުރީގެ ރައީސްއަށް މައާފް ދެއްވައިފި

25 ޑިސެމްބަރު 2017 | ހޯމަ 05:49

ފުޖިމޯރީ މިނިވަންކުރެއްވީ ސިއްހީ ހާލަތު ގޯސްވުމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 25 ޑިސެމްބަރު 2017 | ހޯމަ 05:49
ފުޖިމޯރީ ގެންދަވަނީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން

ފުޖިމޯރީ ގެންދަވަނީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން

ޖަލަށްލާފައިވާ ޕެރޫގެ ކުރީގެ ރައީސް އަލްބަރޓޯ ފުޖިމޯރީއަށް މިހާރުގެ ލީޑަރ ޕެޑްރޯ ޕަބްލޯ ކުޒިންސްކީ މައާފްދެއްވައިފިއެވެ.

ކުޒިންސްކީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އުމުރުފުޅުން 79 އަހަރުގެ ފުޖިމޯރީއަށް މައާފްދެއްވީ ސިއްހީ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ. އަދި 1990 އިން 2000 ވަނަ އަހަރާ ހަމައަށް ވެރިކަން ކުރެއްވި ފުރޖިމޯރީ ވަނީ ލޭގެ ޕްރެޝަރު ދަށްވުމާއި ހިތްޕުޅުގެ ވިންދު ބަދަލުވުމާ ގުޅިގެން ދާދިފަހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.

އިންސާނީ ހައްގުތަކަށް އަރައިގަތުމާ ކޮރަޕްޝަނުގެ މައްސަލައިގައި ފުޖިމޯރީ ގެންދަވަނީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

އޭނާއަށް ތާއީދުކުރާ ފަރާތްތަކުން، މާއޮއިސްޓުންނާ ހަނގުރާމަ ކުރެއްވުމުން އޭނާއަށް ތާއީދުކުރާއިރު ފާޑުކިޔާ ފަރާތްތަކުން ސިފަކުރާ ގޮތުގައި އޭނާއަކީ ކޮރަޕްޓް ޑިކްޓޭޓަރެކެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އޭނާ ވަނީ ސިއްހީ މައްސަލަތަކާ ހުރެ އެތައް ފަހަރެއްގެ މަތިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފައެވެ.

ފުޖިމޯރީއަށް މައާފް ދެއްވާފައި މިވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ރައީސް ކުޒިންސްކީގެ މައްޗަށް ގާނޫނުހަދާ މަޖިލީހުގައި ނެގުނު އިތުބާރު ނެތްކަމުގެ ވޯޓުން އޭނާ ސަލާމަތްކުރުމަށް ފުޖިމޯރީއަށް ތާއީދުކުރާ ފަރާތްތަކުން އެހީތެރެވެދީފައި ވަނިކޮށެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ރައީސް ވަނީ ފުޖިމޯރީއަށް ތާއީދުކުރާ ފަރާތްތަކުން މަޖިލީހުގައި ދެއްވި އެއްބާރުލެއްވުމުގެ ބަދަލުގައި އޭނާ މިނިވަން ކުރެއްވުމަށް ކުޒިންސްކީ ވަނީ ވައުދުވެ ވަޑައިގެންފައެވެ. ނަމަވެސް އެ ވާހަކަތަށް ކުޒިންސްކީ ދޮގުކުރައްވައެވެ.

ކުޒިންސްކީގެ މައްޗަށް ފުރަތަމަ ހުކުމް ކޮށްފައި ވަނީ 2007 ވަނަ އަހަރު ރިޝްވަތާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ކުށުގައި ހަ އަހަރަށެވެ. އޭގެ ފަހުން 2009 ވަނަ އަހަރު ވަނީ އެނާގެ ވެރިކަމުގެ ދުވަސްވަރު އެތައް ބަޔަކު މެރުމަށް ހުއްދަދިނުން ފަދަ ކަންކަން ހިމެނޭ ގޮތުން އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ސާބިތުވެ 25 އަހަރުގެ ޖަލުހުކުމެއް ކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި

17 އެޕްރީލު 2017
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް