Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ - އިންޑިއާ

އިންޑިއާ އަކީ އަޅުގަނޑުމެންނާއި އެންމެ ގާތް ޤައުމު، އެންމެ ގާތް އެކުވެރިޔާ: ރައީސް ޔާމީން

24 ޑިސެމްބަރު 2017 | އާދީއްތަ 13:36

އިންޑިއާއަކީ، ރާއްޖެއާއި އެންމެ ގާތް ޤައުމު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 24 ޑިސެމްބަރު 2017 | އާދީއްތަ 13:36
ރައީސް އަބްދުﷲ ޔާމީން، ނ. ވެލިދޫ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވަނީ

ރައީސް އަބްދުﷲ ޔާމީން، ނ. ވެލިދޫ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވަނީ

ރާއްޖެއަށް އެންމެ އެހީތެރިވާ އެއް ޤައުމަކީ އިންޑިއާ ކަމަށާއި، އިންޑިއާއަކީ އަބަދުވެސް އެންމެ ގާތް ޤައުމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިއީ ރައީސް އަބްދުﷲ ޔާމީން އިންޑިއާ އާއި ރާއްޖޭގެ ގުޅުމާއި ގުޅޭގޮތުން ފަހުގެ ތާރީހެއްގައި ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

Advertisement - newsAdvertisement

ނ. ވެލިދޫ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ނޫސްވެރިންނާއި ލިޔުންތެރިން ލިޔުންތައް ލިޔުއްވާއިރު ވިސްނަވަންޖެހޭ ކަމަށެވެ. އަދި ޗައިނާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އިންޑިއާއާއެކު އޮތް ގުޅުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން އެއްވެސް އެހެން ޤައުމަކާއެކު އޮންނަ ގުޅުމަށް ބުރޫ އަރައިގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އިންޑިއާއަކީ އަޅުގަނޑުމެންނާއި އެންމެ ގާތް ޤައުމު. އަޅުގަނޑުމެންނާއި އެންމެ ގާތް ޤައުމަކީ އިންޑިއާ، އެއީ ޖަމާނުއްސުރެ އެކަން އޮތް ގޮތް. އެހެންވީމައި އަޅުގަނޑުމެން އެއްގޮތަކަށް ވެސް ކޮށްގެންނުވާނެ ކަމަކީ އިންޑިއާ އާއި އިންޑިއާގެ ވެރިންނާއި ސިޔާސީ ބޭފުޅުންނަށް ރައްދުވާ ގޮތަށް ބަދުބަސް ބުނުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫން. ހަމަ ޔަޤީނުން ވެސް އެއީ ސަރުކާރުން ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެންނަށް އެންމެ އެހީތެރިވެދޭ ޤައުމަކީ އިންޑިއާ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އާއިއެކު ވެސް ސަރުކާރުން އެއްބަސްވުންތައްވެފައިވާ ކަމަށާއި، އަދި އިންޑިއާއި އެކުގައިވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިންޑިއާއަކީ އެންމެ ގާތް އެކުވެރިޔާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއިރު، އިންޑިއާ ސަފީރާއި ބައްދަލުކުރުމުގެ ސަބަބުން ގއ. އަތޮޅު ކައުންސިލް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި އިންޑިއާ ރުޅިއަރުވައި، ޗައިނާއެކު ގާތް ގުޅުންތައް ޤާއިމް ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅެގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ފައިދާ ކުރަނީ ކޮން ޤައުމަކަށްތޯ ބަލަން ނުޖެހޭ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ޤައުމަށް ކިތަންމެ ކުޑަކޮށް ފައިދާވި ނަމަވެސް އެއީ ލިބޭ ފައިދާއެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް