Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަަސް އެ

އިންޑިއާގެ ބްރިޖެއްގެ މަތިން ދުއްވި ބަހެއް ވެއްޓި 32 މީހުން މަރުވެއްޖެ

24 ޑިސެމްބަރު 2017 | އާދީއްތަ 03:31

މަރުވި މީހުންގެ ހަށިތައް ހޯދާފައިވާއިރު ޒަޚްމްވި މީހުންވަނީ ހޮސްޕިޓަލަށް ގެންގޮސްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 24 ޑިސެމްބަރު 2017 | އާދީއްތަ 03:31
ބަސް ދަތުރުކުރަމުން ދިޔައީ ރާޖަސްތާނުން ސަވާއީ މަދްޕޯރ ޑިސްޓްރިކްޓްގައި ހުންނަ ރާމްދޭވްޖީ ހިންދޫ ފައްޅިއަށް

ބަސް ދަތުރުކުރަމުން ދިޔައީ ރާޖަސްތާނުން ސަވާއީ މަދްޕޯރ ޑިސްޓްރިކްޓްގައި ހުންނަ ރާމްދޭވްޖީ ހިންދޫ ފައްޅިއަށް

އިންޑއާގެ އުތުރުގެ ސަރަހައްދެއްގައި 50 މީހުންނާއެކު ބްރިޖެއްގެ މަތިން ދަތުރުކޮށްފައި ދިޔަ ބަހެއް ވެއްޓި މަދުވެގެން 32 މީހުން މަރުވެއްޖެކަމަށް ފުލުހުން ބުނެފިއެވެ.

ބަސް ދުއްވަން އިނީ އުމުރުން 16 އަހަރުގެ ކުއްޖެއް ކަމަށާއި ބަސް ކޮންޓްރޯލުން ނެއްޓި ރެއިލިން ފޫއަޅުވާލުމަށް ފަހު 30 މީޓަރު އުހުން ވެއްޓިފައި ވަނީ ބަނާސް ކޯރަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ބައެއް މީޑިއާތައް ބުނާ ގޮތުން ބަސް ދަތުރުކުރަމުން ދިޔައީ ރާޖަސްތާނުން ސަވާއީ މަދްޕޯރ ޑިސްޓްރިކްޓްގައި ހުންނަ ރާމްދޭވްޖީ ހިންދޫ ފައްޅިއަށެވެ.

މަރުވި މީހުންގެ ހަށިތައް ހޯދާފައިވާއިރު ޒަޚްމްވި މީހުންވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުންނާ ހަވާލާދީ ހިންދުސްތާނު ޓައިމްސްއިން ބުނެފައިވަނީ މަރުވި މީހުންގެ ތެރޭގައި ޑްރައިވަރު ވެސް ހިމެނޭކަމަށެވެ. އޭނާއަކީ ތަމްރީން ލިބިފައި ނުވާ ކުޑަކުއްޖެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ މަރުވި ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންކަމަށާއި އެމީހުން މަރުވެފައިވަނީ ގެނބިގެންކަމަށެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރި ފަރާތްތަކުން ވެހިކަލުގެ ތެރޭ ތާށިވެފައި ތިބި މީހުން ނަގާފައިވަނީ ސްޓީލް ކަޓަރުން ވެހިކަލް ކީހާލައިގެންނެވެ. ބަސް ފަހުން ވަނީ ދަމާފަ ކޯރުގެ އައްސޭރިއަށް އަރުވާފައެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ މިހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކުރައްވާފައެވެ.

އިންޑިއާގައި މަގުމަތީގެ އެކްސިޑެންޓް އިންތިހާއަށް އާއްމުވެފައި ވާއިރު މިނެޓަކު ހަތަރު އެކްސިޑެންޓް ހިނގައެވެ.

ގިނަ ހާދިސާތައް ހިނގަން ދިމާވެފައިވާ ސަބަބަކީ ވެހިކަލް ރަނގަޅަށް ނުބެލެހެއްޓުމާއި ދުއްވުމުގެ ފެންވަރު ދަށްވުމާއި. މަގުތަކުގެ ފެންވަރު ދަށްވުމުންނެވެ.

އިތުރަށް ކިޔާލަން

10 މެއި 2017

އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

10 މެއި 2017
އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ
02 މެއި 2017

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

02 މެއި 2017
އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
14 އެޕްރީލު 2017

ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި

14 އެޕްރީލު 2017
ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި
19 މާރިޗު 2017

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި
18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް