Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު

މިނިވަން އިންސާފުވެރި އިންތިހާބެއް 2018 ގައި ނުލިބޭނެ: މަހުލޫފް

21 ޑިސެމްބަރު 2017 | ބުރާސްފަތި 17:38

އިންތިހާބު ފަސްކުރުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވަފާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 21 ޑިސެމްބަރު 2017 | ބުރާސްފަތި 17:38
މަހުލޫފް (މ) ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) އާއިއެކު

މަހުލޫފް (މ) ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) އާއިއެކު

މިނިވަން އިންސާފްވެރި އިންތިހާބަކަށް 2018 ގެ ރިޔާސީ އިންތިހާބް ނުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ލަންކާގައި ހުންނަވައިގެން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މަހުލޫފް ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަން ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިހާބެއް 2018 ގައި ބޭއްވިއްޖެނަމަ 90 ޕަސެންޓަށް ވުރެ މަތިން ރައީސް ޔާމީން ބަލިކުރެވޭނެ ކަމަށެވެ. އިންތިހާބް ނުބާއްވަން ރައީސް ޔާމީނަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި، ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"މިނިވަން އިންސާފްވެރި ހުރިހާ ފަރާތަކަށް ބައިވެރިވެވޭ އިންތިހާބެއް ބޭއްވިއްޖެނަމަ، އަޅުގަނޑުމެން ރައީސް ޔާމީން ބަލިކުރާނަން 90 ޕަސެންޓަށް ވުރެ މަތިން. އެހެންނަމަވެސް ދިވެހި ރާއްޖޭގައި 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފްވެރި އިންތިހާބަށް ނުވާނެ، އެއްވެސް ޝައްކެއް ނެތް" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ މިއަދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮންޖެހުންތަކާއި އެކު ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ ރައީސް ޔާމީންނަން އިންތިޚާބު ބާއްވަން މަޖުބޫރުވުން ކަމަށެވެ. އެހެންނަމަވެސް އެ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަން މަހުލޫފް ފާހަގަކުރިއެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ، ރިޔާސީ އިންތިހާބު އޮންނާނެ، ބާއްވަން ޖެހޭނެ، އަދި އެކަމަކު އެމީހުންނަން އޮޅުވާލަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ، އެކަމަކު ވެސް އަޅުގަނޑުމެން ބަލިކުރާނަން، ބަލިކުރާނީ ވެސް ތަފާތު ބޮޑުކޮށް" މަހުލޫފް ވިދާޅުވިއެވެ.

އެގޮތުން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ތާރީހް ފަސްކުރި އުސޫލުން، ރިޔާސީ އިންތިހާބު ވެސް ފަސްކޮށްފާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ. ނުފޫޒު ބޭނުންކޮށްގެން އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށާއި، އިންތިޚާބު ފަސްކުރުމަށް ރައީސް ޔާމީން ހިސާބުޖައްސަވާނަމަ، އެ ހެއްދެވެނީ ވަރަށް ބޮޑު ގޯހެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

" ރައީސް ޔާމީނަން ހީފުޅުވެދާނެ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރި ގޮތަށް އިންތިޚާބު ފަސްކުރެވިދާނެ އޭ، ތިމަންނައަށް ވޯޓު އޮޅުވާލެވިދާނެ އޭ، އެއީ ވަރަށް ނުބައިކޮށް ރައީސް ޔާމީން ހައްދަވާނެ ކަލްކިއުލޭޝަނެން" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވިއަސް، ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް