Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕްގެ ޓިކެޓް ގަންނަން 2.3 މިލިއަން މީހުން އެދިއްޖެ

ދެވަނަ ފިޔަވަހީގެ 2.3 މިލިއަން ޓިކެޓް ރިކުއެސްޓް ވަނީ އައިސްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2017 | ހުކުރު 01:11
ފީފާ ވާރލްޑް ކަޕްގެ ޓްރޮފީ

ފީފާ ވާރލްޑް ކަޕްގެ ޓްރޮފީ

އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވާރލްޑް ކަޕްގެ ޓިކެޓް ގަންނަން މިހާތަނަށް 2.3 މިލިއަންއަށް ވުރެ ގިނަ މީހުން އެދިފައިވާ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނެފިއެވެ.

ފީފާއިން ބުނީ މި ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު އެ އިދާރާއިން ޓިކެޓު ވިއްކުމުގެ ދެވަނަ ފިޔަވައްސަށް ހުޅުވާލުމާއެކު 2.3 މިލިއަންއަށް ވުރެ ގިނަ ޓިކެޓް ރިކުއެސްޓް އައިސްފައިވާ ކަމަށެވެ. އެންމެ ގިނަ ޓިކެޓް ރިކުއެސްޓް އައިސްފައިވަނީ ރަޝިއާގެ ރައްޔިތުންގެ ފަރާތުން ކަމަށެވެ. އަދި އެ ގައުމުގެ ފަހަތުން ދެން އެންމެ ގިނައިން ޓިކެޓް ގަތުމަށް ރިކުއެސްޓް އައިސްފައިވަނީ އާޖެންޓީނާ، މެކްސިކޯ، ޕެރޫ، ބްރެޒިލް، ކޮލޮމްބިއާ، އެމެރިކާ، ސްޕެއިން، ޖަރުމަނު، މިސްރު އަދި ޗައިނާގެ ރައްޔިތުންގެ ފަރާތުން ކަމަށް ވެސް ފީފާއިން ހާމަކޮށްފައިވެއެވެ.

ވާރލްޑް ކަޕުގެ ޓިކެޓް ވިއްކުން ފީފާއިން ވަނީ ތިން ފިޔަވައްސަކަށް ބަހާލާފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ފީފާއިން ޓިކެޓް ވިއްކަން ހަމަޖެއްސީ އޮންލައިންކޮށެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހާ ހަމަޔަށް ފީފާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ރިޒާވް ކުރުމުގެ ފުރުސަތު ހުޅުވާލިއެވެ. މި ފިޔަވަހީގައި ޓިކެޓް ރިޒާވް ކުރި މީހުންނަށް ޓިކެޓް ގެރެންޓީވިކަން މި ނިމުނު ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އަންގާފައިވާނެ ކަމަށް ފީފާއިން ބުނެއެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ފީފާއިން ފަސް ވައްތަރެއްގެ ޓިކެޓް ވިއްކާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ވަކިވަކި މެޗުތަކަށް ހާއްސަ ޓިކެޓާ ވަކިވަކި ސްޓޭޑިއަމްތަކަށް ވިއްކި ޓިކެޓާ މުބާރާތަށް ކޮލިފައިވާ ޓީމުތަކުގެ ވަކިވަކި މެޗުތަކަށް ވިއްކި ޓިކެޓެވެ. މީގެ ތެރެއިން ވަކިވަކި ސްޓޭޑިއަމްތަކަށް ވިއްކި ޓިކެޓްގައި ސެމީ ފައިނަލްގެ މެޗުތަކާ ތިންވަނަ ހޮވާ މެޗުގެ އިތުރުން ފައިނަލް މެޗުގެ ޓިކެޓް ނުހިމެނެއެވެ.

މީގެކުރިން ފީފާއިން ހާމަކޮށްފައިވާ ގޮތުގައި ފުރަތަމަ ފިޔަވަހީގައި ޓިކެޓް ރިޒާވް ކުރުމަށް ހުޅުވާލުމާއެކު 24 ގަޑިއިރުގެ ތެރޭގައި ފަސް ލައްކައަށް ވުރެ ގިނަ ޓިކެޓް ރިކުއެސްޓް އައިސްފައިވެއެވެ. އެ ފިޔަވަހީގައި ވެސް އެންމެ ގިނަ ޓިކެޓް ރިކުއެސްޓް އައީ ރަޝިއާގެ ރައްޔިތުންގެ ފަރާތުން ކަމަށް ފީފާއިން ބުނެއެވެ. އަދި އެ ފިޔަވަހީގައި ލުޒްނިކީ ސްޓޭޑިއަމްގައި އޮންނަ ފައިނަލް މެޗުގެ 50000 ޓިކެޓް ރިކުއެސްޓް އައި ކަމަށާއި އަދި ވޯލްޑް ކަޕް ހުޅުވުމަށް ކުޅޭ މެޗުގެ 40000 ޓިކެޓް ރިކުއެސްޓް އައި ކަމަށް ފީފާއިން ބުނެއެވެ.

ޓިކެޓް ވިއްކުމުގެ ތިންވަނަ ފިޔަވައްސަށް ހުޅުވާލާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތާ ހަމަޔަށް ޓިކެޓް ވިއްކާނެ ކަމަށް ފީފާއިން ބުނެއެވެ. ފީފާއިން ރަޝިއާގެ ރައްޔިތުންނަށް ހާއްސަކޮށް ޓިކެޓް ވިއްކާއިރު މި ޓިކެޓްތަކުގެ އަގު އެހެން ޓިކެޓްތަކަށްވުރެ ކުޑަވާނެ ކަމަށް ފީފާއިން ބުނެއެވެ. މީގެއިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްވެސް ފީފާއިން ޓިކެޓް ވިއްކާނެއެވެ.

ވޯލްޑް ކަޕްގެ ޓިކެޓްގެ އިތުރަށް ޓިކެޓް ގަންނަ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ އައިޑެންޓިޓީ ކާޑުތަކެއް ވެސް ފީފާއިން ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ކާޑު މެދެވެރިކޮށް ވޯލްޑް ކަޕް ބެލުމަށް ރަޝިއާއަށް ދަތުރުކުރާ ފަރާތްތަކަށް ހިލޭ ވިސާ ލިބުމުގެ އިތުރަށް ރަޝިއާގެ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމް ހިލޭ ބޭނުންކުރެވޭނެ ކަމަށް ވެސް ފީފާއިން ބުނެއެވެ.

ވޯލްޑް ކަޕްގެ އެންމެ އަގުހެޔޮ ޓިކެޓްއެއް އުޅެނީ 105 ޑޮލަރަށެވެ. އަދި އެންމެ އަގުބޮޑު ޓިކެޓްތަކުގެ އަގު އުޅެނީ 1100 ޑޮލަރަށް ކަމަށް ފީފާއިން ހާމަކުރެއެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑްކަޕް ވެގެންދާނީ މި މުބާރާތް ބާއްވާ 21 ވަނަ ފަހަރަށެވެ. ދުނިޔޭގެ ހަ ބައްރުން ޖުމްލަ 32 ޓީމު ވާދަކުރާއިރު މި ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ވާލްޑް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތު މޮސްކޯގައި ވަނީ ބާއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް

ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް

19 މާރިޗު 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު