Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗައިނާ - ރާއްޖެ

ރާއްޖޭގައި އަތްގަދަކުރަނީ އިންޑިއާއަށް ރައްދު ދިނުމުގެ ގޮތުން: ޗައިނާ

21 ޑިސެމްބަރު 2017 | ބުރާސްފަތި 00:09

މިވާހަކަ ލިޔެފައިވަނީ ޗައިނާގެ އަސްކަރީ ޚަބަރުތަކާއި މައުލޫމަތު ގެެނެސްދޭ ވެބްސައިޓެއްގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 21 ޑިސެމްބަރު 2017 | ބުރާސްފަތި 00:09
ޗައިނާއިން ލޯނު އެހީގެ ދަށުން އަޅައިދޭ ބްރިޖް

ޗައިނާއިން ލޯނު އެހީގެ ދަށުން އަޅައިދޭ ބްރިޖް

އިންޑިއާ ކަނޑުގައި ހިމެނޭ ދިވެހިރާއްޖެއާއި އަވަށްޓެރި ސްރީލަންކާގައި ޗައިނާއިން އިންވެސްޓްކޮށް، މިސަރަހައްދަށް އަތް ގަދަކުރަމުންދަނީ އިންޑިއާއިން ޗައިނާގެ ސަލާމަތަށް ނުރައްކާކުރުމުންކަމަށް، އަސްކަރީ ޚަބަރާއި މައުލޫމާތު ގެނެސްދޭ ޗައިނާގެ ވެބްސައިޓަކުން ބުނެފިއެވެ.

ޒިލޫ.ކޮމް ގައި ލިޔެފައިވާ ލިޔުމެއްގައިވަނީ ޗައިނާއިން ރާއްޖެއާއި ލަންކާގެ މައްޗަށް އަތްގަދަކޮށް، އިންޑިއާ ސިއްސުވާލައިފިކަމަށެވެ. ނަން ހާމަކޮށްފައިނުވާ ބައެއް ތަޖުރިބާކާރުންނާއި ހަވާލާދީ އެވެބްސައިޓްގައި ބުނެފައިވަނީ އިންޑިއާއިން ކަންބޮޑުވަނީ ރާއްޖެއާއި ލަންކާއާއިއެކު ޗައިނާއިން ވިޔަފާރީގެ ގުޅުން ބަދަހިކުރުމުން ނޫންކަމަށާއި، އަސްކަރީ އަދި ސްޓްރެޓީޖިކް ގުޅުން ބަދަހިކުރުމުންކަމަށެވެ. އަދި މިއީ ފެށުމެއްކަމަށްވެސް އެފަރާތްތަކާއި ހަވާލާދީ އެވެބްސައިޓްގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ޗައިނާއާއިއެކު، ރާއްޖޭގައި ޗައިނާގެ ކަނޑުގެ ދިރާސާކުރާ މަރުކަޒެއް ޤާއިމްކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި އޭގެ 2 ދުވަސްފަހު ޑިސެމްބަރު 9ވަނަ ދުވަހު ލަންކާއިން ވަނީ ލަންކާގެ ދެކުނުގެ ހަންބަންތޯޓާ ބަނދަރު ޗައިނާއަށް 99 އަހަރަށް ވިއްކާލާފައެވެ.

އިންޑިއާއިން ޗައިނާގެ ދިފާޢަށް ނުރައްކާކުރަމުންދާތީ، އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުން އިންޑިއާ ކަނޑަށް ޗައިނާއިން އަތްގަދަކުރަމުންދާކަމަށް ޗައިނާއިން ބުނެފައިވާއިރު، މެލޭޝިއާގެ ސްޓްރެއިޓް އޮފް މަލާކާގައި އިންޑިއާއިން ދާދި ފަހުން ވަނީ ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ބާއްވާފައެވެ. އަދި ޗައިނާ އައި އިންޑިއާ ގުޅޭ ސަރަހައްދީ ރޮނގުގައިވެސް އިންޑިއާއިން ވަނީ އޮޕަރޭޝަންތަކެއް ހިންގާފައެވެ.

ރާއްޖެއިން މިމަހުގެ ކުރީކޮޅު ޗައިނާއާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކޮށްފައިވާއިރު، އިންޑިއާއިން ބުނަމުންދަނީ ރާއްޖެއިން އިންޑިއާއަށް އިސްކަންދޭނެކަމަށް އަދިވެސް އުއްމީދުކުރާކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް