Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްއޭ

ދައުލަތުގެ ރިޒާވް އާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭގޮތަށް މައުލޫމާތު ނުފެތުރުމަށް އެމްއެމްއޭ އިން ގޮވައިލައިފި

ދައުލަތުގެ ރިޒާވާ ގުޅޭގޮތުން މީޑިއާތަކުގައި ފެތުރެމުންދަނީ ސައްހަނޫން މައުލޫމާތުތަކެއް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 20 ޑިސެމްބަރު 2017 | ބުދަ 03:39
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ދައުލަތުގެ ރިޒާވް އާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެމްއެމްއޭއިން ޝާއިޢުކުރާ ރިޕޯޓްތަކުގައި ހިމެނޭ މައުލޫމާތުތައް މާނަ އޮޅޭފަދަ ގޮތަކަށް ބޭނުން ނުކުރުމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެމްއޭ އިން މިގޮތަށް އިލްތިމާސް ކޮށްފައި މި ވަނީ އެމްއެމްއޭއިން ޝާޢިއު ކޮށްފައިވާ 2017 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ "ކުއާޓަލީ އިކޮނޮމިކް ބުލެޓިން" ގައި ރިޒާވް އާއި ގުޅޭގޮތުން މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކާ ގުޅިގެންނެވެ.

އެގޮތުން ދައުލަތުގެ ރިޒާވް އާއި ގުޅޭގޮތުން ހަގީގަތް އޮޅޭފަދަ ގޮތަކަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރަމުން ދާކަމަށް ވަރަށް ހިތާމަޔާއެކު ފާހަގަކުރާ ކަމަށް އެމްއެމްއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ރިޒާވް އަކީ މަހުން މަހަށް ބަދަލު އަންނަމުން ދާ އެއްޗެކެވެ. މިފަދަ ބަދަލުތައް މައިގަނޑު ގޮތެއްގައި ބިނާވަނީ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓާ ޑިޕޮސިޓާއި ޔޫޒަބަލް ރިޒާވަށް އަންނަ ބަދަލުތަކަށް ކަމަށް އެ އޮތޯރިޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެހެންމެ ޔޫޒަބަލް ރިޒާވަށް އަންނަ ބަދަލުތައް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ސަރުކާރާއި އެމްއެމްއޭއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީއާއި އަދި އެމްއެމްއޭއިން ބޭރު ފައިސާގެ މާކެޓަށް ވިއްކާ ޑޮލަރާއި ސަރުކާރުގެ ބޭރު ފައިސާގެ ޕޭމަންޓްތައް ހެދުމަށް ވިއްކާ ޑޮލަރަށް ކަމަށް އެމްއެމްއޭގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މިގޮތުން ތިންވަނަ ކުއާޓަރުގެ ބުލެޓިންގެ ޗާޓު 10 އިން ދައްކުވައިދޭ ފަދައިން ދައުލަތުގެ ރިޒާވް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރިޒާވް މައްޗަށް ގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ޖުލައި މަހުން ފެށިގެން ދައުލަތުގެ ރިޒާވް ކޮންމެވެސް މިންވަރަކަށް ދަށްވެފައިވާ ކަމަށާއި އެހެން ނަމަވެސް، 2017 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް 2016 ވަނަ އަހަރަށް ވުރެން އިތުރުވެ، 480.1 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި 2018 ވަނަ އަހަރު ނިމޭއިރު މި އަދަދު 593.6 މިލިއަން ޑޮލަރަށް އިތުރުވާނެކަމަށް ވެސް އެމްއެމްއޭ އިން ލަފާކުރެވެއެވެ.

އިގްތިސާދުގެ އެހެނިހެން ބައިތަކަށް ބަލާއިރު، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ މިންވަރު ހަލުއިވެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ބާޒާރުގައި މުދަލާއި ޚިދުމަތުގެ އަގުތައް އެއް މިންވަރެއްގައި ހިފެހެއްޓި، އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު ކަރަންޓް އެކައުންޓް ޑެފިސިޓް ދަށްވާނެކަމަށް ވެސް އަންދާޒާކުރެވޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ޖުމްލަ ގޮތެއްގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެމްއެމްއޭއަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މަރުކަޒީ ބޭންކުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެމްއެމްއޭއިން ޝާޢިއުކުރާ ރިޕޯޓްތަކުގެ މަގްސަދަކީ އިގްތިސާދީ ދާއިރާ އާއި މާލީ ދާއިރާއާ ގުޅޭގޮތުން އާންމުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކަށް މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކޮށް ތަފާސްހިސާބުތައް ވަގުތުން ވަގުތައް ފޯރުކޮށްދިނުމެވެ. އަދި މި ރިޕޯޓްތަކުގައި ހިމެނޭ މައުލޫމާތުތައް އެކުލަވާލުމުގައި އެމްއެމްއޭއިން ގެންދަނީ ވަކި މިންގަނޑުތަކެއް ހިފަހައްޓަމުން ކަމަށް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް