Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެލޭޝިއާ ބޮޑުވަޒީރު

ހުޅަނގުން އިންސާނީ ހައްޤުތައް މާނަކުރާ ގޮތާއި އެއްބަހެއް ނޫން: މެލޭޝިއާ، ލަންކާ

މި ދަތުރުފުޅުގައި މެލޭޝިއާ އާއި ލަންކާ އާއި ދެމެދު ގިނަ އެއްބަސްވުންތަކެއްގައި ސޮއެކުރެވުނު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 19 ޑިސެމްބަރު 2017 | އަންގާރަ 04:30
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް (ވ)، ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި ބައްދަލުކުރައްވަނީ

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް (ވ)، ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި ބައްދަލުކުރައްވަނީ

ހުޅަނގުގެ ޤައުމުތަކުން އިންސާނީ ހައްޤުތައް މާނަކުރާ ގޮތާއި ދޭތެރޭ އެއްބަސް ނުވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު ތުން ރައްޒާޤް ވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީލަންކާއަށް ތުން ރައްޒާޤާއި އަނބިކަނބަލުން މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ތުން ރައްޒާޤް ވިދާޅުވީ ހުޅަނގުން ޤަބޫލުކޮށް، އެހެން ޤައުމުތަކުން އެއަށް އަމަލުކުރަން މަޖުބޫރުކުރުވާ އިންސާނީ ހައްޤުތަކަކީ ޤަބޫލުކުރެވޭ ކަންތައްތަކެއް ނޫން ކަމަށެވެ. ލަންކާގެ ރައީސް ސިރިސޭނާ ވެސް ވަނީ މެލޭޝިއާގެ ބޮޑުވަޒީރުގެ ވިސްނުންފުޅާއި އެއްބަސްވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ދުނިޔޭގެ ޤައުމުތަކުން ލަންކާގެ އިންސާނީ ހައްޤުތަކުގެ މައްސަލައިގައި ލަންކާއަށް ކުރިމަތިކުރާ ފިއްތުންތަކަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލާއި އެހެން ބައެއް ފޯރަމްތަކުގައި މެލޭޝިއާ އިން ލަންކާއަށް ދޭ އެއްބާރުލުމަށް ސިރިސޭނާވަނީ ޝުކުރު އަދާކުރައްވާފައެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލަންކާއާއި މެލޭޝިއާ އާއި ދެމެދު ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއެ ކުރައްވާފައެވެ. އެގޮތުން ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން މަސްތުވާތަކެއްޗާއި އިންސާނުންގެ ވަގު ވިޔަފާރި ހުއްޓުވުމަށް ޖާސޫސީ މައުލޫމާތު ހިއްސާކުރުމުގެ ދާއިރާއިން އެއްބަސްވުންތައް އެކުލަވާލާފައިވެއެވެ.

މެލޭޝިއާއާއި ލަންކާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމާއި ގުޅޭގޮތުން ވެސް ދެ ލީޑަރުން މަޝްވަރާ ކުރެއްވިއެވެ.

ލަންކާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނަޖީބު ރައްޒާޤް ދެން ވަޑައިގަންނަވާނީ ދިވެހިރާއްޖެއަށެވެ.

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2017

ޒިމްބާބްވޭގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ބާބެއް ދެން އަންނަ ސަރުކާރަކުން ހުޅުވާލަން ޖެހޭނެ: އެމްނެސްޓީ އިންޓަނޭޝަނަލް

22 ނޮވެމްބަރު 2017
ޒިމްބާބްވޭގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ބާބެއް ދެން އަންނަ ސަރުކާރަކުން ހުޅުވާލަން ޖެހޭނެ: އެމްނެސްޓީ އިންޓަނޭޝަނަލް
18 އޮކްޓޯބަރު 2017

މިޔަންމާ އަސްކަރިއްޔާ އިން ލާއިންސާނީ ޖަރީމާތައް ހިންގި ކަމުގެ ސާފު ހެކި ވަނީ ލިބިފައި: އެމްނެސްޓީ

18 އޮކްޓޯބަރު 2017
މިޔަންމާ އަސްކަރިއްޔާ އިން ލާއިންސާނީ ޖަރީމާތައް ހިންގި ކަމުގެ ސާފު ހެކި ވަނީ ލިބިފައި: އެމްނެސްޓީ
19 ސެޕްޓެމްބަރު 2017

ރަޚައިންގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފުކަންކަން ކުށްވެރި ކުރަން، ހާލުގައި ޖެހިފައިވަނީ މުސްލިމުން އެކަންޏެއް ނޫން: ސޫކީ

19 ސެޕްޓެމްބަރު 2017
ރަޚައިންގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފުކަންކަން ކުށްވެރި ކުރަން، ހާލުގައި ޖެހިފައިވަނީ މުސްލިމުން އެކަންޏެއް ނޫން: ސޫކީ
14 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2017
 ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި
13 ސެޕްޓެމްބަރު 2017

ރޮހިންޖާ މައްސަލަ: އަސްކަރީ ހަރަކާތްތައް ހުއްޓާލައި، އިންސާނީ އެހީއަށް ޖާގަދޭން ގުޓްރޭޒް ގޮވާލައިފި

13 ސެޕްޓެމްބަރު 2017
ރޮހިންޖާ މައްސަލަ: އަސްކަރީ ހަރަކާތްތައް ހުއްޓާލައި، އިންސާނީ އެހީއަށް ޖާގަދޭން ގުޓްރޭޒް ގޮވާލައިފި
04 ސެޕްޓެމްބަރު 2017

މިޔަންމާ ސަރުކާރުން އދ ގެ އިންސާނީ އެހީއަށް ހުރަސްއަޅައިފި!

04 ސެޕްޓެމްބަރު 2017
މިޔަންމާ ސަރުކާރުން އދ ގެ އިންސާނީ އެހީއަށް ހުރަސްއަޅައިފި!
13 ޖުލައި 2017

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ
04 ޖުލައި 2017

ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ

04 ޖުލައި 2017
ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ
11 މާރިޗު 2017

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު