Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަލާމަތީ މަޖިލިސް

ގުދުސްއާ ގުޅޭގޮތުން ހުށަހެޅި ގަރާރު އެމެރިކާ އިން ވީޓޯ ކުރުމުން ތުރުކީން ކަންބޮޑުވުން ފާޅުކޮށްފި

އެމެރިކާ ފިޔަވައި ސަލާމަތީ މަޖިލީހުގައި ހިމެނޭ އަނެއް ހަތަރު ގައުމުން ވަނީ ގަރާރު ފާސްކުރުމަށް ވޯޓު ދީފައި

ލީވާން އަލީ
ލީވާން އަލީ | 19 ޑިސެމްބަރު 2017 | އަންގާރަ 02:55
ތުރުކީގެ ރައީސް ތައްޔިބު

ތުރުކީގެ ރައީސް ތައްޔިބު

ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ރަސްމީ ގޮތުން ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާ އދ. އިން ދެކޮޅުކަން ކަނޑައެޅުމަށް، މިސްރުން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯކުރުމުން ތުރުކީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާ ފިޔަވައި ސަލާމަތީ މަޖިލީހުގައި ހިމެނޭ އަނެއް ހަތަރު ގައުމު ކަމަށްވާ އިނގިރޭސި ވިލާތް، ޗައިނާ، ފަރަންސޭސިވިލާތް އަދި ރަޝިއާއިން ވަނީ ގަރާރު ފާސްކުރަން ވޯޓު ދީފައިކަމަށެވެ. އެމެރިކާ އިން ގާރާރު ވީޓޯކުރުމުން ދޭހަވަނީ އެ ގައުމުން ގުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ރަސްމީކޮށް ބަލައިގަތުމަށް ނިންމި ނިންމުމަކީ ބާތިލް ނިންމެވުމެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން އަނެއް 10 ގައުމުންވެސް ވަނީ ގަރާރާ އެއްކޮޅަށް ވޯޓް ދީފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ގާތް އެކުވެރިން ކަމުގައި ބެލެވޭ އިޓަލީއާއި، ޖަޕާނާއި، ޔޫކްރޭންވެސް ހިމެނެއެވެ.

ގަރާރު ވީޓޯ ކުރުމަށްފަހު ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރު ނިކީ ހޭލޭ ވިދާޅުވީ، އެމެރިކާގެ އެމްބަސީތައް ގާއިމްކުރާންވީ ތަންތަން އެއްވެސް ގައުމަކުން އެމެރިކާއަށް ކިޔައިދޭކަށް ނުޖެހޭނޭ ކަމަށާއި، ގުދުސްގެ މައްސަލާގައި ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަކީ އެމެރިކާއަށް ކުރި ފުރައްސާރައެއް ކަމަށެވެ.

އެމެރިކާގެ ޒަމާންވީ ސިޔާސަތު ދޫކޮށްލައްވައި އަދި ބައިނަލްއަޤްވާމީ މުޖުތަމައުން އަބަދުވެސް ގަބޫލުކުރަމުން އަންނަ ހަމަތަކާ ޚިލާފަށް ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައި ވަނީ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު