Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖީދީމަގުގެ މަސައްކަތް

މަޖީދީމަގުގެ މަސައްކަތް އެއްކޮށް ނުނިމޭ: ހައުސިންގ މިނިސްޓްރީ

މާލޭގެ 13 މަގެއް ވަނީ ހަދަން ނިންމާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ޑިސެމްބަރު 2017 | އާދީއްތަ 13:26
މަޖީދީމަގު ސަރަހައްދު

މަޖީދީމަގު ސަރަހައްދު

ސަރުކާރުން މާލޭގެ ބޮޑެތި މަގުތައް ހަދަން ފަށާފައިވާ މަޝްރޫއުގެ ދަށުން ފުރަތަމަ ހަދަން ފެށި މަޖީދީ މަގުގެ މަސައްކަތް އެއްކޮށް ނުނިމޭ ކަމަށް ހައުސިންގ މިނިސްޓްރީ އިން ބުނެފިއެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހްމަދު ފަޒާލް ހުސެއިން ވިދާޅުވީ މަޖީދީމަގުގެ މަސައްކަތް އެއްކޮށް ނުނިމޭ ކަމަށާއި މަސައްކަތްތައް ނިނުމުނުހާ އަވަހަކަށް މިޑިއާ މެދުވެރިކޮށް ރައްޔިތުންނާއި ހިއްސާ ކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް މަޖީދީ މަގުގެ ގައު އެޅުމުގެ މަސައްކަތް ނިމި، އާންމުން މިހާރު ވަނީ އެ މަގު ބޭނުން ކުރަން ފަށާފައެވެ. މަޖީދީ މަގުގެ މަސައްކަތް އެއްކޮށް ނުނިމޭ ކަމަށް ހައުސިންގ މިނިސްޓްރީގެ ފަރާތުން ބުނެފައިވާއިރު އެ މަގުގަ ނުނިމި ވަނީ ސީދާ ކޮން މަސައްކަތެއް ކަމެއް އެ މިނިސްޓްރީ އިން ހާމައެއް ނުކުރެއެވެ.

މަޖީދީ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން މަޖީދީ މަގުގެ މަސައްކަތް ހައުސިންގ މިނިސްޓްރީ އިން ފަށާފައި ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

މަޖީދީ މަގު އަލުން ހެދުމުގެ މަސައްކަތުގެ ދަށުން މަގުގައި ކުރިން ހުރި ގާތައް ނެގުމަށްފަހު މަގު އަލުން ލެވަލްކޮށް އައު ގައު އެތުރުމަށް ހައުސިންގ މިނިސްޓްރީ އިން ވަނީ ނިންމާފައެވެ.

ސަރުކާރުން މާލޭގެ ބޮޑެތި މަގުތައް ހަދަން ފަށާފައިވާ މަޝްރޫއުގެ ދަށުން މާލޭގެ 13 މަގެއް ވަނީ ހަދަން ނިންމާފައެވެ. އެ މަގުތަކަކީ:

  1. މަޖީދީ މަގު
  2. އަމީނީ މަގު
  3. ޝަހީދު އަލީ ހިނގުން
  4. އިއްޒުއްދީން މަގު
  5. ކަނބާއައިސާރަނި ހިނގުން
  6. އޯކިޑް މަގު
  7. ޗާންދަނީ މަގު
  8. ލިލީ މަގު
  9. ބުރުޒު މަގު
  10. ހަވީރީ ހިނގުން
  11. ހަނދުވަރީ ހިނގުން
  12. ލޮނުޒިޔާރާތް މަގު
  13. އަމީރު އަހްމަދު މަގު

މާލޭގެ ބޮޑެތި މަގުތައް އަލުން ހަދަން ސަރުކާރުން ނިންމީ މާލޭގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެ، ބޮޑެތި ގެއްލުންތަކެއް ލިބި އާންމުންނަށް މަގު ބޭނުންކުރުމުގައި ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުމުންނެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު