Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިން

އިހަވަންދޫގައި މަސްވެރިން މުޒާހަރާ ކުރަނީ

16 ޑިސެމްބަރު 2017 | ހޮނިހިރު 16:30

މަސްވެރިނަށް ހުރި ދަތިތައް ފިލުވައިނުދޭތީ މުޒާހަރާގެ ބައިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 16 ޑިސެމްބަރު 2017 | ހޮނިހިރު 16:30
އިހަވަންދޫގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން

އިހަވަންދޫގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން

ހއ. އިހަވަންދޫގައި މަސްވެރިން އެރަށުގައި މުޒާހަރާކުރަން ފަށައިފިއެވެ.

އެރަށުގައި މަސްވެރިން މިރޭ މުޒާހަރާ ކުރަމުންދާއިރު މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ބާއްވާ ހާއްސަ ރަސްމިޔާތު މިރޭ އެރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެރަށުގައި ގިނަ އަދަދެއްގެ މީހުން ނިކުމެ މުޒާހަރާ ކުރަމުން ދަނީ މަސްވެރިންނަށް ހުރި ދަތިތައް ސަރުކާރުން ފިލުވައިނުދޭ ކަމަށް ބުނެއެވެ. އަދި މުޒާހަރާ ކުރަމުންދާ ސަރައްދުގައި އެކަން ހުއްޓުވުމަށް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ.

މި މުޒާހަރާގެ ތެރޭގައި ހުންނެވި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ އެރަށުގެ މަސްވެރިންނަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށާއި މަސްވެރިންގެ ދުވަހެއް އެރަށުގައި ފާހަގަ ކުރުމަށް ލަދުގަންނަން ޖެހޭނެ ކަމަށެވެ. އަދި އެރަށުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުންދަނީ މަސްވެރިންނަށް ދައުވަތު ނުދީ ކަމަށާއި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި މަސްވެރިންނަށް އެމީހުންގެ ޝުއޫރު ފާޅު ކުރުމަށް ވެސް ފުރުސަތު ނުދޭ ކަމަށެވެ. މަސްވެރިން ވެސް ވަނީ މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ދިއުމަށް ފުރުސަތު ނުދޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާއިރު ވޭތުވި ހަތަރު އަހަރަކީ މަސްވެރިންނަށް އެންމެ ހިތްދަތިކަން ލިބުނު ހަތަރު އަހަރު ކަމަށް ވެސް މެންބަރު މުހައްމަދު އަބްދުﷲ ވިދާޅުވިއެވެ.

އިހަވަންދޫ ރަށު ކައުންސިލުން ބުނީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެރަށަށް ވަޑައިގަންނަވާތީ ކައުންސިލުންވީ ތައްޔާރުވެފައި ވަނިކޮށް އެކަމަށް ނުބައްލަވައި މިނިސްޓަރު ކަންކަން ކުރެއްވީ އެރަށުގެ އެހެން ބަޔަކު އެދުނު ގޮތަށް ކަމަށެވެ.

މުޒާހަރާ ތެރޭގައި މަސްވެރިންގެ ކަންބޮޑުވުން ފާޅުކޮށް ލިޔެފައިވާ ބައެއް ލިޔުންތަކުގައި ޗައިނާއަށް މަސްކަނޑުތައް ދޫކޮށްލަން އުޅޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ޗައިނާ ބަހުން ލިޔެފައިވާ ލިޔުންތަކެއް ވެސް މުޒާހަރާގެ ތެރޭގައި ގެންގުޅެފައިވެއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް