Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ކެނޑިޑޭޓެއް ނެރުމަށް އަދި ލަހެއް ނުވޭ، އެއް ކެނޑިޑޭޓަކު ނެރެވޭނެ: ރައީސް ނަޝީދު

14 ޑިސެމްބަރު 2017 | ބުރާސްފަތި 14:13

އެއް ކެނޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް އަދިވެސް ކުރިއަށްދޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 14 ޑިސެމްބަރު 2017 | ބުރާސްފަތި 14:13
2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕޭން އެއްވުމެއްގައި ރައީސް މުހައްމަދު ނަޝީދު

2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕޭން އެއްވުމެއްގައި ރައީސް މުހައްމަދު ނަޝީދު

ކުރިއަށް އޮތް 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރުމަށް އަދި ލަސްނުވާކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އެއް ކެނޑިޑޭޓަކު ނެރެވޭނެކަމުގެ ޔަޤީންކަން ވަރަށް ބޮޑުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލަންކާގައި ހުންނަވާ ރާއްޖެ ޓީވީއަށް ދެއްވި އެކްސްލޫސިވް އިންޓަވިއުއެއްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، 2008 ވަނަ އަހަރުގައި އެމްޑީޕީން ކެނޑިޑޭޓަކު ނެރުނު ތާރީޚާއި، 2013 ވަނަ އަހަރު އެމްޑީޕީން ކެނޑިޑޭޓަކު ނެރުނު ތާރީހަށް ބަލާލުމުން ކެނޑިޑޭޓަކު ނެރުމަށް އަދި ލަސްނުވާކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކެނޑިޑޭޓަކު ނެރުމަށްވެސް ލަސްކަމަށް އަދި ޤަބޫލުނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުދެކޭގޮތުގައި އަޅުގަނޑުމެންނަށް އެއްބަސްވުމަކަށް އާދެވޭނެ. ކެނޑިޑޭޓަކު ކަނޑައަޅާނެ ގޮތް. އެހެންވީމަ ގުޅިފައިވާ ޕާޓީތަކުން ކެނޑިޑޭޓު، އެއް ކެނޑިޑޭޓެއް ނެރުމުގެ ފުރުސަތު، ނުކުތުމުގެ ފުރުސަތު އަޅުގަނޑު ދެކޭގޮތުގައި އަދިވެސް ވަރަށް ބޮޑު. ހާއްސަކޮށް މިކަން ފާހަގަކުރައްވަންޖެހޭނެ." ކެނޑިޑޭޓަކު ނެރުމާއި ގުޅޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ އިންިތހާބަށްދާއިރު އެންމެ މުހިންމު ކަމަކީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއްކަން ކަށަވަރުކުރުމުގެ މަސައްކަތްކަމަށެވެ. އަދި ރައްޔިތުން އެދޭ ނަތީޖާ ނެރުމަށް އިންތިހާބަކީ މިނިވަން، އިންސާފުވެރި، އިންތިހާބަކަށް ވާންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދުމުގެ މަސައްކަތްތައްކުރާއިރު އެކަމުގައި ބޭރުގެ ފަރާތްތަކުގެ ބޮޑު އެހީތެރިކަމެއް ލިބިގެން ދާނެކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުގެ މަސައްކަތްތައް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށްވެސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުން ނޭދޭ ރައީސް ޔާމީންގެ ވެރިކަމަކަށް. އެހެންކަމުން އެ ވެރިކަން ބަދަލުވުމަށް، ރައްޔިތުން އެދޭ ނަތީޖާ ނިކުތުމަށް އިންތިހާބު އިންސާފުވެރި ވާންޖެހޭ. އިންތިހާބު އިންސާފްވެރި ކުރުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި މަސައްކަތަކީ ކޮބައިތޯ ބަލަންޖެހޭ. އެ ސުވާލަށް ވިސްނާއިރު އެނގިވަޑައިގަންނަވާނެ ބޭރުގެ ފަރާތްތަކުގެ ބާރު އެޅުން ދިވެހި ސަރުކާރުގެ މައްޗަށް އަދި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަންނާނެ. އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް އެ ފަރާތްތަކުން އެހީތެރިވެދޭނެ" ރައީސް ނަޝީދު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

އެއް ކެނޑިޑޭޓަކު ނެރުމަކީވެސް ނުވާނެ ކަމެއް ނޫން:ގާސިމް

30 މާރިޗު 2017
އެއް ކެނޑިޑޭޓަކު ނެރުމަކީވެސް ނުވާނެ ކަމެއް ނޫން:ގާސިމް
26 މާރިޗު 2017

މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން

26 މާރިޗު 2017
މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން
22 މާރިޗު 2017

އޯޑިއޯ: މަސީޙު ބަހައްޓަން ރައީސް ޔާމީން ފެކްޝަންގެ ބައެއް މެމްބަރުން ބޭނުމެއް ނުވޭ!؟

22 މާރިޗު 2017
އޯޑިއޯ: މަސީޙު ބަހައްޓަން ރައީސް ޔާމީން ފެކްޝަންގެ ބައެއް މެމްބަރުން ބޭނުމެއް ނުވޭ!؟
18 މާރިޗު 2017

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ
16 މާރިޗު 2017

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017
ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ
13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް