Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުމަރު ނަސީރު

ދެ ޕާޓީން ކުރި ވެރިކަން ފެނިއްޖެ، އެހެން ޕާޓީއަކަށް ވެރިން ހޯދަދޭން ޖޭޕީ މަސައްކަތް ކުރާކަށް ނުޖެހޭ: އުމަރު ނަސީރު

14 ޑިސެމްބަރު 2017 | ބުރާސްފަތި 13:49

ކުރީގެ ދެ ސަރުކާރުން ހެދި މިސްޓޭކް ޖޭޕީން ހަދާނެތޯ ބަލަން ޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 14 ޑިސެމްބަރު 2017 | ބުރާސްފަތި 13:49
އުމަރު ނަސީރު ޖޭޕީ އަށް ސޮއިކުރެއްވުމަށް ފަހު ފޯމް ޖޭޕީއާ ހަވާލު ކުރައްވަނީ

އުމަރު ނަސީރު ޖޭޕީ އަށް ސޮއިކުރެއްވުމަށް ފަހު ފޯމް ޖޭޕީއާ ހަވާލު ކުރައްވަނީ

ކުރީގެ ދެ ސަރުކާރަކުން ކަންކުރި ގޮތް ރައްޔިތުންނަށް ފެނިއްޖެ ކަމަށާއި އެހެން ޕާޓީއަކަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރާ ޕާޓީއަކަށް ޖުމްހޫރީ ޕާޓީ ވާން ނުޖެހޭ ކަމަށް ޖުމްހޫރީ ޕާޓީއާ އެނބުރި ގުޅިވަޑައިގެންނެވި ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރުގެ ހޯމް މިނިސްޓަރު ކަމަށް ވަޑައިގެންނެވުމަށް ފަހު ސަރުކާރު ކޯލިޝަނުން ޖޭޕީ ބޭރުކޮށްލުމުން ވެސް ރައީސް ޔާމީން ސަރުކާރުގައި ދެމިހުންނެވި އުމުރު، އަލުން އަނބުރާ ބުރާސްފަތި ދުވަހު ވަނީ ޖޭޕީއަށް ސޮއިކުރައްވާފައެވެ. ސޮއިކުރެއްވުމަށް ފަހު ވިދާޅުވީ މިއަދު ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި އޮތް ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށާއި ޖުމްހޫރީ ޕާޓީން މިއަދު ވިސްނަންވީ އެގޮތުގައި އޮންނާނީތޯ ނުވަތަ އެއްވަނަ ޕާޓީއަށް ވާނީތޯ ކުރެވޭ ސުވާލު ކަމަށެވެ. ނޫން ނަމަ އެހެން ޕާޓީއަކަށް ވެރިކަމަށް ގެނައުމަށް ޣުލާނު ކުރަން އޮންނާނީތޯ އުމަރު ވަނީ ސުވާލުކުރައްވާފައެވެ.

Advertisement - newsAdvertisement

އުމަރު ވިދާޅުވީ ޕާޓީތައް ވެރިކަމަށް ގެނައުމުގައި ފާއިތުވި ނުވަ އަހަރު ޖޭޕީން ކޮށްފައި ވަނީ ވަރަށް ހިތި ތަޖުރިބާއެއް ކަމަށެވެ. އަދި ޖޭޕީއަކީ މީހުން ވެރިކަމަށް ގެންނަ ޕާޓީއެއް ކަމަށް ވެސް އުމަރު ސިފަކުރެއްވިއެވެ.

"މިހިތި ތަޖްރިބާ ތަކުރާރުކުރަން ބޭނުން ނޫން ނަމަ މިޕާޓީއަށް މަޖްބޫރުވާނީ މުޅިން އާ މިސްރާބަކަށް މި ޤައުމު ގެންދިއުމަށްޓަކައި ފަލިތައް އަތަށް ނަގައި، ރިޔާތައް ނިއުޅާލައިގެން 2018 އަށް ދެގޮތެއް ނުވެ ދަތުރުކުރަން ފެށުން. އެހެން ނޫނީ ކުރިން ކުރި ތަޖްރިބާ އަދި ކުރަން ޖެހިދާނެ،" އުމަރު ވިދާޅުވިއެވެ.

އިސްލާހީ މަސައްކަތުގައި ކޯލިޝަނާ އެކު މަސައްކަތް ކުރަން ބޭނުން ނުވަނީ އެމްޑީޕީ ކޯލިޝަންގައި އޮތުމުން ކަމަށް ކުރިން ވިދާޅުވި އުމަރު ވިދާޅުވީ ކޯލިޝަނުން އެއް ކެނޑިޑޭޓަކު ނެރުމަށް އޮތް ހުރަކީ އެކަން ކުރާނެ ފޯމިއުލާއެއް ނެތުން ކަމަށެވެ. އެކަމަކު ފޯމިއުލާއެއް އެބަ އޮތް ކަމަށާއި އެއީ ތިންވަނަ ފަރާތަކަށް ޚާއްޞަ މަޖިލީހުގެ ރައީސްކަން ދީގެން ޤާނޫނު އަސާސީ ނިންމި ފޯމިއުލާ ކަމަށެވެ. އިދިކޮޅު ކޯލިޝަނުން ކެންޑިޑޭޓެއް ކަނޑަނޭޅި ހޭދަވާ ކޮންމެ ދުވަހަކީ ދެން ވާދަކުރާ ފަރާތަކަށް ލިބިގެންދާ ކާމިޔާބެއް ކަމަށާއި އޭގެ ގެއްލުން އިދިކޮޅު ފަރާތްތަކަށް ކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ރައީސް ޔާމީނާ ގުޅޭ ގޮތުން ޕްރައިމަރީގައި ދެއްކެވި ވާހަކަތައް ވަޒީރުކަން ދިފާއު ކުރައްވަން މަޖިލީހުގައި އަނބުރާލެއްވި އުމަރު ނަސީރު ވިދާޅުވީ އަނެއް ދެ ޕާޓީން ކުރި ވެރިކަން ރައްޔިތުންނަށް ފެނިއްޖެ ކަމަށާއި އެދެސަރުކާރުން ހެދި މިސްޓޭކްތައް ހަދާތޯ ބަލަން ވެސް ޖޭޕީ ވެރިކަމަށް އަންނަން ވެއްޖެ ކަމަށެވެ.

"ފެހި ޤާނޫނު އަސާސީ ރާއްޖެއަށް އައުމަށް ފަހު މިއުފެދުނު ހުރިހާ ސަރުކާރުތަކުން ވެސް "ފެހި" ޤާނޫނު އަސާސީގެ ބޭރުން އެކިކަންކަން ކުރައްވައި އަދި އޭގެ ހިތި ނަތީޖާއާ އެފަރާތްތަކަށް ފަހުން ބަދަލު ވެފައިވާތީ، ދިވެހި ރައްޔިތުންގެ ވަރަށް ގިނަ ބައެއްގެ އުއްމީދަކީ މި ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ލީޑަރޝިޕްގެ ދަށުގައި ގެނެވުނު ޤާނޫނު އަސާސީގެ މަތީގައި މި ޕާޓީ ވެރިކަން ކުރާގޮތް ދުށުން. ރައްޔިތުން ވަނީ އަނެއް ދެޕާޓީގެ ވެރިކަން ތަޖުރިބާ ކޮށްފަ. އެހެންވެ ދިވެހިންގެ އެތައް ބަޔަކު މިއަދު ބޭނުން ވަނީ މި ޕާޓީ ވަކަރަށް ޖަހާލަން. މިޕާޓީގެ ވެރިކަމެއްގައި ކަންކަން ހިނގާނޭ ގޮތް ދެކެން. އަނެއް 2 ސަރުކާރު ހެދި މިސްޓޭކްތައް އަލުން ތަކުރާރު ކުރޭތޯ ބަލަން" އައިޑީޕީގެ ނަމުގައި ޕާޓީއެއް އުފައްދަވައި 2008 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލައްވައި ތިންހާހެއްހާ ވޯޓު ވެސް ލިބިވަޑައިނުގެންނެވި އުމަރު ވިދާޅުވިއެވެ.

ގާސިމާ މެދު ސަރުކާރުން އިހާނެތިކޮށް ހިތަމުން ގެންދިޔައިރު ވެސް މަގާމުގެ ދިފާއުގައި އެއްޗެއް ވިދާޅުނުވެ ސަރުކާރާ އެކު ހުންނެވި އުމުރު ވިދާޅުވީ ރާއްޖޭގެ ތިން ވަނަ ޕާޓީން ވެރިކަން ކުރާ ޕާޓީއަކަށް ޖޭޕީ ބަދަލުވުމުގެ ޝައުޤުވެރިކަން ހުރި ނަމަ އެކަމުގައި އެހީތެރިވެދިނުމަށް ކަމަށާއި ތިން ވަނަ ޕާޓީގެ ގޮތުގައި އަދިވެސް އޮތުމުގެ ޝައުގުވެރިކަން ޖޭޕީގައި އޮތް ނަމަ އުމަރުގެ ޚިދުމަތެއް މުހިއްމެއް ނުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް