Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކްލަބް ވޯލްޑް ކަޕް

ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ރެއާލް ދަތުރުކޮށްފި

14 ޑިސެމްބަރު 2017 | ބުރާސްފަތި 13:01

ރެއާލް ވަނީ ފަހަތުން އަރައި 2-1 ޔޫއޭއީގެ އަލްޖަޒީރާ ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 14 ޑިސެމްބަރު 2017 | ބުރާސްފަތި 13:01
މި މެޗުން ރެއާލް މޮޅުވި ލަނޑު ޖަހައިދިން ވޭލްސްގެ ފޯވާޑް ގެރެތު ބޭލް

މި މެޗުން ރެއާލް މޮޅުވި ލަނޑު ޖަހައިދިން ވޭލްސްގެ ފޯވާޑް ގެރެތު ބޭލް

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި މިހާރު ކުރިޔަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ސްޕެއިންގެ ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ.

ރެއާލްއަށް ފައިނަލުގެ ޖާގައެއް ލިބުނީ ސެމީގައި ޔޫއޭއީގެ ޗެމްޕިއަން އަލްޖަޒީރާއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. ރެއާލްއިން މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކިއިރު އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފުގައި ރެއާލްއިން ތަކުރާރުކޮށް ހަމަލާ އުފައްދަމުން ދަނިކޮށް މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އަލްޖަޒީރާއިންނެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އަލްޖަޒީރާއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބްރެޒިލް ފޮވާޑް ރޮމަރީނިއޯއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ އަލްޖަޒީރާއިން ފުރަތަމަ ހާފު ނިންމާލިއިރު ރެއާލްއިން ދެވަނަ ހާފަށް ނުކުތީ ނަތީޖާ ބަދަލުކޮށްލުމުގެ އުއްމީދުގައެވެ. ރެއާލްއިން އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 53 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނުމެވެ. ރެއާލް މެޗުން މޮޅުވި ލަނޑު 81 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ވޭލްސްގެ ފޯވާޑް ގެރެތު ބޭލްއެވެ.

މި މެޗުގައި ޖެހި ލަނޑާއެކު ރޮނާލްޑޯ ވެގެން ގޮސްފައި ވަނީ ހަ ލަނޑާއެކު މި މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.

މި މެޗުން ރެއާލް މޮޅުކޮށްދިން ލަނޑު ޖެހި ބޭލް ބުނީ މުހިންމު ލަނޑެއް ޓީމަށް ޖަހައިދެވުމުން ވަރަށް އުފާވާ ކަމަށާއި އެއްކޮށް ފިޓުވާން އަދިވެސް ވަގުތު ބޭނުންވާ ކަމަށެވެ. ބޭނުންވާ ވަރަށް ވަގުތު ނުލިބިއްޖެ ނަމަ އަނެއްކާ ވެސް އިންޖަރީވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަށް ތަން ނުދޭން މަސައްކަތްކުރާނެ ކަމަށް ބޭލް ބުނެފައިވެއެވެ.

މެޑްރިޑް ކޮޅަށް ލަނޑެއް ވަނުމުގެ ކުރިން އެ ޓީމުން ދެ ލަނޑު ޖެހިއެވެ. އެހެން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީގެ ބޭނުން ހިފައި މެޗުގެ ހެޑް ރެފްރީ އެއީ ލަނޑުގެ ގޮތުގައި ބަލާފައެއް ނުވެއެވެ. މިކަމާ ގުޅޭ ގޮތުން ބޭލް ބުނީ ވީޑިއޯ ރެފްރީން ބޭނުންކުރުމަކީ އޭނާ ގަޔާވާ ކަމެއް ނޫން ކަމަށާއި ފުޓްބޯޅައަށް ބަދަލު ގެންނަން އޭނާ ބޭނުންނުވާ ކަމަށެވެ.

ރެއާލް ފައިނަލުގައި ވާދަކުރަން ޖެހޭނީ މިދިޔަ ސީޒަނުގެ ކޮޕަ ލިބެރްޓަޑޯރެސްގެ ޗެމްޕިއަން ކަމަށްވާ ބްރެޒިލްގެ ގްރޭމިއޯއާ ދެކޮޅަށެވެ. ގްރޭމިއޯއިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި މެކްސިކޯގެ ޕަޗޫކާ 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ގްރޭމިއޯގެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ފޯވާޑް އެވަޓަން ސޮއާރޭސްއެވެ.

މި ދެ ޓީމު ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗު ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު މިފަހަރުގެ ޗެމްޕިއަންކަން ރެއާލްއިން ހޯދައިފި ނަމަ އެ ޓީމަށް މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމުގެ ރެކޯޑާއި އަރާ ހަމަކުރެވޭނެއެވެ. މިވަގުތު މި ރެކޯޑު އޮންނަނީ ރެއާލްގެ ވާދަވެރި ބާސެލޯނާ އަތުގައެވެ. ރެއާލްއިން ވަނީ 2014 ވަނަ އަހަރާއި 2016 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް