Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސް މައުމޫން

ފާރިސް ބަންދުގައި ހުންނަވާތާ 150 ދުވަސް، މުޅި ޓުވިޓާގައި ފާރިސް މިނިވަންކުރުމަށް ގޮވާލުން!

ފާރިސް ބަންދުކުރީ ޖުލައި މަހުގެ 18 ވަނަ ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2017 | ބުރާސްފަތި 12:29
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ހުންނަވާތާ 150 ދުވަސް ފުރުމާއި ދިމާކޮށް، އޭނާ މިނިވަންކުރުމަށް އެކި ފަރާތްތަކުން ސަރުކާރަށް ގޮވާލައިފި އެވެ.

ފާރިސް މިނިވަން ކުރުމަށް ގޮވާލި ފަރާތްތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި، މަޖިލިސް މެންބަރުންނާއި، އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ހިމެނެ އެވެ.

އެގޮތުން، ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނާ ޚިލާފަށް ފާރިސް ބަންދުކޮށްފައި ހުންނަތާ 150 ދުވަސްވީ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވި ގޮތުގައި އެއީ 150 ދުވަހުގެ އަނިޔާވެރިކަމާއި، 150 ދުވަހުގެ ޚުދުމުޚުތާރުކަމެވެ. އަދި އެއީ 150 ދުވަހުގެ ބޭއިންސާފުވެރިކަން ކަމަށްވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައިވެސް ވިދާޅުވީ ގާނޫނާ ޚިލާފަށް ފާރިސް ބަންދުކުރިތާ 150 ދުވަސްވީ ކަމަށެވެ. ފާރިސް މިނިވަންކުރުމަށް ގޮވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނާ ޚިލާފަށް ފާރިސް ބަންދުކުރި ފަރާތްތައް ޖަވާބުދާރީކުރުވަންޖެހޭ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާރިސް ބަންދުގައި ބަހައްޓާގައި ވަނީ ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފަށް އުސޫލުން ބޭރުންކަން، އަދުލުވެރި ޝަރީއަތަކުން ސާބިތުވާނެ ކަމަށެވެ. ރިޔާޒު ވިދާޅުވި ގޮތުގައި ފާރިސް ޖަލުގައި އެހުންނެވީ ކޮރަޕްޝަނާއި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުންނެވެ.

ގާނޫނާ ޚިލާފަށް ފާރިސް ހައްޔަރު ކޮށްފައިވާކަން ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލަށް ލައިގެން، މަރައިގެން ނުވަތަ މުދާ ހިފަހައްޓައިގެން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލެވޭނެ ކަމަށް ގަބޫލުކުރާނަމަ ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ފާރިސް ހޮވިވަޑައިގެންނެވުމަކީ ދިވެހި ރައްޔިތުންގެ ނަސީބު ކަމަށެވެ. ހުސައިން އަރީފް ވިދާޅުވި ގޮތުގައި ފާރިސް އެ ހަނގުރާމަ ކުރައްވަނީ ގައުމުގެ ކުރިމަގާއި އަންނަން އޮތް ޖީލުތަކަށްޓަކައެވެ. ގައުމުގެ ކުރިމަގު ގެއްލުމަކީ އިންތިޚާބެއްގައި ނާކާމިޔާބުވުން ކަހަލަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ އިންސާނަކަށް ދުނިޔެ މަތީގައި ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބޭއިންސާފުން ކަމެއް ހިންގައިފިނަމަ، ޝަރީއަތުން އިންސާފު ލިބޭނެކަމުގެ ހިތްހަމަޖެހުން ކަމަށެވެ. ނަމަވެސް، ފެނިގެން މިދިޔައީ ފާރިސްގެ މައްސަލައިގައި ކޯޓުތަކުން އިންސާފު ނުލިބި 150 ދުވަސްވީތަން ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ހުކުމަކާއި ނުލައި، ހަމައެކަނި ތުހުމަތަކަށް ބަންދުކޮށްފައި ހުރުމަކީ ވަރަށް ހުތުރުކަން ބޮޑު އަނިޔާއެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީނާއި ފުލުހުންނާއި ޖުޑިޝަރީއިން މިކަމުގެ ޒިންމާ ނަގަންޖެހޭނެ އެވެ.

ޮޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވީ ފާރިސްއަކީ ހިތްވަރުގަދަ، ގައުމީ ލޭ ހިނގާ އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. ނާދިރާ ވިދާޅުވި ގޮތުގައި ފުލުހުންނާއި ޖުޑިޝަރީއިން ވަކި ފަރާތަކަށް ބުރަވެ ނުހައްގުން ފާރިސްއަށް އަނިޔާ ދެމުން ގެންދާތާ 150 ދުވަސްވީއެވެ.

ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަކީ އެއްވެސް އިރެއްގައި ފަސޭހަ މަސައްކަތެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ސޮފްވާނުވެސް ވަނީ ފާރިސް މިނިވަން ކުރުމަށް ގޮވާލައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ފާރިސް ހައްޔަރުކުރީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. ބަންދާއިމެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފާރިސް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއިރު، ރިޝްވަތުގެ މައްސަލައިގައި ފާރިސްގެ މައްޗަށް ހިންގި ތަހުގީގު ނިމިފައިނުވެއެވެ. އެ މައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާ ކޮށްފައިވަނީ އޯގަސްޓް 17 ވަނަ ދުވަހު އެވެ.

ފާރިސް ބަންދުގައި ހުންނަވާތާ 150 ދުވަސް ފުރުނުއިރު، ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލަ ނިމިފައިނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު