Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޢަލީ ނިޒާރު

ކުޅުދުއްފުށީ ހޮސްޕިޓަލުން 100 ރުފިޔާއަށް ދެވޭ ފަރުވާ 100 ޑޮލަރަށް ބިލް ކުރާ ކަމަށް އަޑު އިވޭ:ނިޒާރު

12 ޑިސެމްބަރު 2017 | އަންގާރަ 13:00

ނިމްސް އާއެކު ހަދާފައިވާ ޑީލަކީ ބޮޑު ޖަރީމާއެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 12 ޑިސެމްބަރު 2017 | އަންގާރަ 13:00
އެމްޕީ ޢަލީ ނިޒާރު: ކުޅުދުއްފުށީ ހޮސްޕިޓަލާމެދު ވަނީ ބޮޑު ތުހުމަތެއް ކުރައްވާފައި

އެމްޕީ ޢަލީ ނިޒާރު: ކުޅުދުއްފުށީ ހޮސްޕިޓަލާމެދު ވަނީ ބޮޑު ތުހުމަތެއް ކުރައްވާފައި

ކުޅުދުއްފުށީ ހޮސްޕިޓަލުން 100 ރުފިޔާއަށް ދެވޭ ފަރުވާ މިހާރު 100 ޑޮލަރަށް ބިލް ކުރާ ކަމުގެ އަޑު އިވެމުންދާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެގޮތަށް ތުހުމަތު ކުރައްވާ ޢަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ "ޑީލަކީ" އިންޑިއާގެ ނިމްސްއާ ދެމެދު ވެފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި 100 ރުފިޔާއަށް ދެވޭ ފަރުވާ 100 އެމެރިކާ ޑޮލަރަށް އާސަންދައަށް ބިލް ކުރާ އަޑު އެބަ އިވޭ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އެހޮސްޕިޓަލުން ވަނީ ނިޒާރުގެ އެތުހުމަތު ދޮގު ކުރައްވާފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެހޮސްޕިޓަލްގެ ފަރާތުން މުހައްމަދު ޚާލިދު ވިދާޅުވީ އެއީ އެއްވެސް ޙަޤީގަތެއް ހުރި ވާހަކައެއް ނޫން ކަމަށާއި މިހާރުވެސް ބިލް ކުރަމުން ދަނީ ކުރިން ސަރުކާރުން އެހޮސްޕިޓަލް ހިންގިއިރު ވެސް ބިލް ކުރަމުން ދިޔަ ރޭޓްތަކުގައި ކަމަށެވެ. އަދި އެއްބަސްވުމުގައި ވެސް ވާނީ އެގޮތަށް ބިލް ކުރާ ގޮތަށް ކަމަށެވެ.

ނިޒާރު މިހެން މި ތުހުމަތު ކޮށްފައިވަނިކޮށް އަންގާރަ ދުވަހު ސަރުކާރުން ވަނީ އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރި ހަސަން އަލީ އެމަޤާމުން ވަކިކޮށްފައެވެ.

ސަރުކާރު ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރުމުގެ ބާރު އޮންނަ ޕްރައިވެޓައިޒޭޝަން ބޯޑުން މައުލޫމާތުދޭ ގޮތުގައި ހަސަން އަލީ މަގާމުން ވަކިކުރީ ސަރުކާރުން އެގޮތަށް ބޭނުންވެގެން ހުށަހެޅުމުންނެވެ.

މީގެ އިތުރުން ނިޒާރު މިފަދަ ގޮތަކަށް ތުހުމަތު ކުރައްވާފައިވާ މި ދަނޑިވަޅަކީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ވިހަން ގެންދިޔަ އަންހެނަކު، އެހޮސްޕިޓަލުގައި ކުޑަކުދިންގެ ޑޮކްޓަރަކު ނެތިގެން ހއ ދިއްދޫ ހޮސްޕިޓަލަށް ފޮނުވާލާފައިވާ ދަނޑިވަޅެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ދިއްދޫ ހޮސްޕިޓަލަށް ފޮނުވާލި އަންހެން މީހާގެ ބޭބެ ބުނެފައިވަނީ ހޯމަ ދުވަހު ހެނދުނު އޭނާގެ ކޮއްކޮ، ކުޅުދުއްފުށީ ހޮސްޕިޓަލަށް ވިހަން ގެންދިއުމުން ހއ. ދިއްދޫއަށް ފޮނުވާލީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ނެތް ކަމަށް ބުނެއެވެ.އަދި އޭނާ ބުނެފައިވަނީ އެއަންހެން މީހާ ބަނޑުގައި ރިއްސަރިއްސާ އޮއްވައި ދިއްދޫއަށް ފޮނުވާލާފައިވަނީ ނަރުހަކާ ވެސް ނުލާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން މުހައްމަދު ޚާލިދު ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތެއް އަދި ސާފުވެފައި ނުވާ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ޒަމާނީ ޚިދުމަތްތައް ދިނުމަށް ނިމްސް ހިންގާ، ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުއެވެ. ނަމަވެސް ވޭތުވެ ދިޔަ ފަސް މަހެއްހާ ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލަށް މާ ބޮޑު ކުރިއެރުންތަކެއް އައިސްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
23 ފެބުރުއަރީ 2017

ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު

23 ފެބުރުއަރީ 2017
ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް