Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޭލަކުނު

ފަތުރުވެރިކަމަށް ކޭލަކުނު ދޫކޮށްގެން އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި 11 މިލިއަން ޑޮލަރު ލިބޭނެ: ޓޫރިޒަމް

12 ޑިސެމްބަރު 2017 | އަންގާރަ 05:24

ހދ. އަތޮޅުގެ ތިން ރަށަކާއި ދެ ފަޅެއް ފަތުރުވެރިކަމަށް ދޫކުރަން ނިންމާފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 12 ޑިސެމްބަރު 2017 | އަންގާރަ 05:24
ކޭލަކުނު، ރަށުގެ ބިމުގެ ބޮޑު ބަޔަކީ ޗަސްބިން، ރާއްޖެއިން މަދުން ނޫނީ ނުފެންނަ ޒާތުގެ ގިނަ ގަސްތަކެއް

ކޭލަކުނު، ރަށުގެ ބިމުގެ ބޮޑު ބަޔަކީ ޗަސްބިން، ރާއްޖެއިން މަދުން ނޫނީ ނުފެންނަ ޒާތުގެ ގިނަ ގަސްތަކެއް

ގުދުރަތީ ގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ ހދ. ކޭލަކުނު ފަތުރުވެރިކަމަށް ދޫކޮށްގެން އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި 11 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން އަންދާޒާކޮށްފި އެވެ.

ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ ލިސްޓަށް، ކަނޑޫފާ ބޮޑު ކޭލަކުނު އިތުރުކޮށްފައިވަނީ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ.

ހދ. އަތޮޅުގެ ތިން ރަށަކާއި ދެ ފަޅެއް ފަތުރުވެރިކަމަށް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކޭލަކުނުގެ އިތުރުން، ކުޑަފަރުފަސްގަނޑާއި، ކުޑަމުރައިދޫއާއި ބޮޑު ދެ ފަޅެކެވެ.

ކޭލަކުނު ފަތުރުވެރިކަމަށް ދޫކޮށްގެން 11 މިލިއަން ޑޮލަރު(169.6 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން އަންދާޒާކުރާއިރު، ހދ. އަތޮޅުން ދޫކުރާ ތިން ރަށާއި ދެ ފަޅުން އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި ޖުމްލަ 847.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް މިނިސްޓްރީއިން އަންދާޒާކުރެ އެވެ.

ރާއްޖޭގައި އޮތް ޤުދުރަތީ ގޮތުން ތަފާތު މިރަށަކީ ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. އެގޮތުން ދުނިޔޭގެ ކުދި ޖަޒީރާތަކަށް ބަލާއިރު، ކޭލަކުނުގައި އޮތް ޒާތުގެ ތިމާވެއްޓެއް އޮތް ރަށެއް މުޅި ދުނިޔޭގައިވެސް ނެތްކަމަށް އެރަށް ދިރާސާކުރި ބައެއް ތަޖުރިބާކާރުން ބުނެފައިވެއެވެ.

ބޮޑުމިނުގައި 88 ހެކްޓަރު ހުންނަ ކޭލަކުނުގެ ބިމުގެ ބޮޑުބަޔަކީ ޗަސްބިމެވެ. އަދި އެރަށުގައި ރާއްޖޭގެ އެހެން ރަށްރަށުން ނުފެންނަ ގިނަ ޒާތްޒާތުގެ ގަސްތައް ހެދިފައިވެއެވެ.

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ބްލޫޕީސް މޯލްޑިވްސްއިން ހެދި ދިރާސާއެއްގައި ބުނާ ގޮތުން ކޭލަކުނަކީ ކަނޑޫފާގައި ހެދޭ ހަތަރު ވައްތަރެއްގެ ގަސް ގިނަ އަދަދަކަށް ހުރި ރަށެކެވެ. ހަމައެއާ އެކު އެރަށުގައި ބޮޑު ކުޅިއަކާއި ގިނަ އަދަދެއްގެ ރުއް ގަސް ވެސް ހިމެނެ އެވެ.

ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރުމާއި ދެކޮޅަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަޑުއުފުލަމުންދާއިރު، އެމީހުން ގޮވާލަމުންދަނީ އެރަށް މިހާރު އޮތް ގޮތަށް ބޭއްވުމަށެވެ. އަދި ހދ. އަތޮޅުގެ އެހެން ރަށްތައްވެސް ހުރިކަން ފާހަގަކޮށް، އެހެން ރަށެއްގައި ފަތުރުވެރިކަން ތަރައްގީކޮށް ހދ. އަތޮޅަށް ޓޫރިޒަމް ގެނައުމަށް ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

ރާއްޖޭގައި މިވަގުތު އޮތް 'ޖަންގައްޔެއް'ގެ ސިފަ ލިބިގެންދާ ހަމައެކަނި ރަށަކީވެސް ކޭލަކުނެވެ. އެ ރަށުގައި ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ 'ބަރު' ގަސް ހުރިއިރު، އެ ރަށަކީ ރާއްޖޭގައި ބަރު ގަހުގެ ޖަންގައްޔެއްވެސް އޮންނަ ހަމައެކަނި ރަށެވެ.

މީގެ 200 ވަރަކަށް އަހަރު ކުރިން ކޭލަކުނުގައި މީހުން ދިރިއުޅުނެވެ. އެހެން ނަމަވެސް، ވަރުގަދަ ތޫފާނެއްގައި އެރަށް އެއްކޮށް ސުންނާފަތި ވުމުން، އެރަށުގައި ދިރިއުޅުނު މީހުން އެހެން ރަށްރަށް ބަދަލުކުރީކަމަށް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިތުރަށް ކިޔާލަން

10 އޯގަސްޓު 2018

ފަތުރުވެރިކަމަށް ތައްޔާރުކުރުމަށް ޓްރޭނިން ސެންޓަރުތަކެއް ގާއިމު ކުރާނަން: ފައިސަލް

10 އޯގަސްޓު 2018
ފަތުރުވެރިކަމަށް ތައްޔާރުކުރުމަށް ޓްރޭނިން ސެންޓަރުތަކެއް ގާއިމު ކުރާނަން: ފައިސަލް
21 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރޭ: ގެސްޓް ހައުސް އެސޯޝިއޭޝަން

21 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރޭ: ގެސްޓް ހައުސް އެސޯޝިއޭޝަން
11 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފަތުރުވެރިކަމަށް ވަރަށް ބޮޑު ހީނަރުކަމެއް!

11 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފަތުރުވެރިކަމަށް ވަރަށް ބޮޑު ހީނަރުކަމެއް!
20 ޖެނުއަރީ 2018

ސަރުކާރުން ހިންގަމުންދާ ޖަރީމާއަކީ މުޅި ފަތުރުވެރިކަމަށް އަމާޒުކޮށްގެން ހިންގާ ޖަރީމާއެއް: ޑރ. ޑީޑީ

20 ޖެނުއަރީ 2018
ސަރުކާރުން ހިންގަމުންދާ ޖަރީމާއަކީ މުޅި ފަތުރުވެރިކަމަށް އަމާޒުކޮށްގެން ހިންގާ ޖަރީމާއެއް: ޑރ. ޑީޑީ
19 ޖެނުއަރީ 2018

ފަތުރުވެރިކަމަށް ގެއްލުންނުވާ ގޮތަށް އަމަލުކޮށް، ވިލާގެ މައްސަލަ ހައްލުކޮށްދިނުމަށް މަޓާޓޯއިން ގޮވާލާއިފި

19 ޖެނުއަރީ 2018
ފަތުރުވެރިކަމަށް ގެއްލުންނުވާ ގޮތަށް އަމަލުކޮށް، ވިލާގެ މައްސަލަ ހައްލުކޮށްދިނުމަށް މަޓާޓޯއިން ގޮވާލާއިފި
18 ޖެނުއަރީ 2018

ގާސިމްގެ ރިސޯޓްތަކަށް ފުލުހުން އެރިނަމަވެސް ތިޔަ ގެއްލުން ދެވެނީ މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް: ރައީސް ނަޝީދު

18 ޖެނުއަރީ 2018
ގާސިމްގެ ރިސޯޓްތަކަށް ފުލުހުން އެރިނަމަވެސް ތިޔަ ގެއްލުން ދެވެނީ މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް: ރައީސް ނަޝީދު
04 ޑިސެމްބަރު 2017

ކޭލަކުނު ހިމާޔަތް ކުރުމަށް ފަންނީ ތަޖުރިބާކާރުންގެ ޓީމަކުން 2001 ވަނަ އަހަރު ދިވެހި ސަރުކާރަށް ގޮވާލާފައިވޭ!

04 ޑިސެމްބަރު 2017
ކޭލަކުނު ހިމާޔަތް ކުރުމަށް ފަންނީ ތަޖުރިބާކާރުންގެ ޓީމަކުން 2001 ވަނަ އަހަރު ދިވެހި ސަރުކާރަށް ގޮވާލާފައިވޭ!
14 ނޮވެމްބަރު 2017

ހަ ރަށަކާއި ދެ ފަޅެއް ދޫކޮށްގެން ލިބުނު 239 މިލިއަން ރުފިޔާގެ ޗެކުތައް ހަވާލުކުރީ އަދީބުއާ: ޒިޔާތު

14 ނޮވެމްބަރު 2017
ހަ ރަށަކާއި ދެ ފަޅެއް ދޫކޮށްގެން ލިބުނު 239 މިލިއަން ރުފިޔާގެ ޗެކުތައް ހަވާލުކުރީ އަދީބުއާ: ޒިޔާތު
11 ނޮވެމްބަރު 2017

13 ރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 23.1 މިލިއަން ޑޮލަރަށް ޒިޔަތު ޚިޔާނާތްތެރިވި: ދައުލަތް

11 ނޮވެމްބަރު 2017
13 ރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 23.1 މިލިއަން ޑޮލަރަށް ޒިޔަތު ޚިޔާނާތްތެރިވި: ދައުލަތް
02 އެޕްރީލު 2017

ރާއްޖޭގެ ފަތުރުވެރިކަމަށް ކުޑަ ހީނަރުކަމެއް!

02 އެޕްރީލު 2017
ރާއްޖޭގެ ފަތުރުވެރިކަމަށް ކުޑަ ހީނަރުކަމެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް