Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވިލާގެ ރިސޯޓްތަކަށް އެރުން

ސަރުކާރުން ހިންގަމުންދާ ޖަރީމާއަކީ މުޅި ފަތުރުވެރިކަމަށް އަމާޒުކޮށްގެން ހިންގާ ޖަރީމާއެއް: ޑރ. ޑީޑީ

ރިސޯޓުތަކަށް އަރައި ހިންގަމުންދާ އަމަލުތަކަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ދެވޭ ބޮޑު ހަމަލާއެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2018 | ހޮނިހިރު 23:34
ޑރ. އިބްރާހިމް ދީދީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި

ޑރ. އިބްރާހިމް ދީދީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި

ސަރުކާރުން ހިންގަމުންދާ ޖަރީމާ އަކީ މުޅި ފަތުރުވެރިކަމަށް އަމާޒުކޮށްގެން ހިންގާ ޖަރީމައެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރިސޯޓުތަކަށް އަރައި ހިންގަމުންދާ އަމަލުތަކަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ރާއްޖޭގައި ތިބި ފަތުރުވެރިންނަށް ފެންނަ މަންޒަރުތަކެއް ނޫން ކަމަށާއި މުޅި ދުނިޔޭގެ އެކި ގައުމުތަކުން މިކަން ދެކި، އެ ގައުމުތަކުގެ ނޫސްތަކުގައިވެސް މިވާހަކަ ލިޔެވޭނެ ކަމަށްވެސް ޑރ. ޑީޑީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރައްޔާ އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު މިއީ އެމަނިކުފާނަށް ހެއްދެވޭ ވަރަށް ބޮޑު ގޯހެއްކަން ފާހަގަކުރައްވައި ޑރ. ޑީޑީ ވިދާޅުވީ މިކަމުގެ ސަބަބުން ވިޔަފާރިވެރިންގެ ނަފްރަތުވެސް މި ސަރުކާރަށް އަމާޒުވެގެންދާނެ ކަމަށެވެ.

"މި އަނިޔާވެރި ވެރިކަމަށް ފާޑުކިޔާ ކޮންމެ ވިޔަފާރިވެރިއަކަށް ޓާގެޓް ކުރެވިގެން އެ ވިޔަފާރިވެރިއެއްގެ މުދާތަކަށްވެސް އަރައި ގަންނަ މަންޒަރު ފެނިގެން ދަނީ. ހުދުމުހުތާރު ވެރިންގެ އެއް ސިފަ އެއީ ވިޔަފާރިވެރިންނަށް ގޯނާ ކުރުމާއި ވިޔަފާރިވެރިންގެ މުދާތައް ނެގުމާއި މިކަހަލަ ޖަރީމާތައް ހިންގުމަކީ ހުދުމުހުތާރު ވެރިންގެ ބޮޑު ސިފައެއްގެ ގޮތުގައި ފާހަގަކުރެވިގެންދަނީ. ރައީސް ޔާމީންގެ ދައުރުގެ ފަހު ދުވަސްތައް ގުނަމުން ގޮސް މިވެރިކަން ނިމުމަކަށް އައިސް މި ވެރިކަން ކަފުންކުރާ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް ރައީސް ޔާމީންގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެގެންދާ މަންޒަރު ފެނިގެންދަނީ" ޑރ. ޑީޑީ ވިދާޅުވިއެވެ.

މި އިންތިހާބީ އަހަރުގައި ރައީސް ޔާމީން އަމަލުކުރައްވަމުން ގެންދަވަނީ ދުނިޔޭގެ އެހެން ރައީސުން އަމަލުކުރައްވާ ގޮތާއި ހިލާފަށް ކަމަށް ޑރ. ޑީޑީ ސިފަކުރެއްވިއެވެ. އަދި ވިލާގެ ރިސޯޓުތަކުގައި ތިބި އެތައް ހާސް ރައްޔިތުން ތަކެއްގެ ނަފުރަތު މި ސަރުކާރަށް އަމާޒުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގާސިމް އަށް ލިބޭ ކޮންމެ ގެއްލުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބޭ ގެއްލުމެއްކަން ފާހަގަކުރައްވައި ޑރ. ޑީޑީ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މިކަމުގެ ދިފާއުގައި ނިކުންނާނެ ކަމަށާއި ގާސިމްގެ ފަހަތްޕުޅުގައި އެ ޕާޓީތަކުން ތިބޭނެ ކަމަށެވެ.

ޑރ. ޑީޑީ އިތުރަށް ވިދާޅުވީ ސަރުކާރުން ހިންގަމުންދާ އަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މުޅި ގައުމުގެ އިގްތިސާދުގެ ދިފާއުގައި ހުރިހާ ރައްޔިތުން ތެދުވާން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ކަފުން ކުރެވޭ ހިސާބަށް ދިޔުމުން މިހާރު އެމަނިކުފާނާއި އެކީ ތިއްބެވި މެމްބަރުންވެސް ނުތިއްބަވާނެ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު