Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒިޔަތުގެ ޝަރީއަތް

ހަ ރަށަކާއި ދެ ފަޅެއް ދޫކޮށްގެން ލިބުނު 239 މިލިއަން ރުފިޔާގެ ޗެކުތައް ހަވާލުކުރީ އަދީބުއާ: ޒިޔާތު

30 ރަށެއް ދޫކޮށްގެން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމުގެ ދައުވާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 14 ނޮވެމްބަރު 2017 | އަންގާރަ 11:53
އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔާތު

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔާތު

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހަ ރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށްގެން ލިބުނު 239 މިލިއަން ރުފިޔާގެ ޗެކުތައް ހަވާލުކުރީ އެއިރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔާތުގެ ފަރާތުން ކޯޓުގައި ބުނެފި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި 30 ރަށެއްގެ މައްސަލައިގައި ޒިޔާތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޚިޔާނާތުގެ ދައުވާތަކުގެ ތެރެއިން 15 ދައުވާއެއްގެ އިބްތިދާއީ އަޑުއެހުން އަންގާރަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް، ކުރިއަށް ގެންދެވުނީ އަށް ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ.

Advertisement - newsAdvertisement

ޒިޔާތުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވަނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތައް ދޫކޮށް، އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޗެކުތަކާ ޒިޔާތު ހަވާލުވުމަށް ފަހު، އެ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ވަދެފައިނުވާ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ޒިޔާތުގެ ގާނޫނީ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ޗެކުތަކާއި ޒިޔާތު ހަވާލުވުމަށް ފަހު، ޓުއަރިޒަމް މިނިސްޓްރީއިން އަންގާފައިވާ ގޮތަށް، ފައިސާ ލިބުނު ކަމުގެ ހެއްކެއްގެ ގޮތުގައި ޗެކުތައް އަދީބުއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، ޗެކުތައް އަދީބުއާ ހަވާލުކުރީ ޚިޔާނާތްތެރިވުމުގެ ނިޔަތުގައި ނޫން ކަމަށް ވެސް ޒިޔާތުގެ ވަކީލު ވިދާޅުވި އެވެ.

އަންގާރަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ބުނީ ހަ ރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށް، އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބެންޖެހޭ 12.9 މިލިއަން ޑޮލަރުގެ ނުވަ ޗެކަކާއި 40.8 މިލިއަން ރުފިޔާގެ ދެ ޗެކަކަށް ޒިޔާތު ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.

ޚިޔާނާތުގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ އަލީ އާދަމް އަންގާރަ ދުވަހު ނިންމެވި އެވެ. ހަމަ އެއާއެކު، ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންތައްތައް ހުށަހެޅުމަށް ޒިޔާތުއަށާއި ދައުލަތަށް އެއް މަސް ދުވަހުގެ މުއްދަތެއް ވެސް ދެއްވި އެވެ. އެހެންކަމުން، ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ކުރިން އެ ކަންތައްތައް ކޯޓަށް ހުށަހަޅަންޖެހެ އެވެ.

މި މައްސަލައިގައި މިމަހުގެ 11 ވަނަ ދުވަހު ވެސް އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުމުގައި ޒިޔާތުގެ މައްޗަށް ކުރާ 15 ދައުވާއެއް އިއްވި އެވެ. އެ ދައުވާތަކުގައިވާ ގޮތުގައި 13 ފަޅުރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 23.1 މިލިއަން ޑޮލަރު(357 މިލިއަން ރުފިޔާ) އަށް ޒިޔާތު ވަނީ ޚިޔާނާތްތެރިވެފަ އެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު