Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤުދުސްގެ މައްސަލަ

ޤުދުސް ގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތުގެ މައްސަލައެއް: މައުމޫން

އެމެރިކާގެ އެ ނިންމުމަކީ އެ ޤައުމުން އެތައް އަހަރެއް ވަންދެން ޤުދުސްއާ މެދު ގެންގުޅުނު ސިޔާސަތެއް މުޅިން ދޫކޮށްލުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 11 ޑިސެމްބަރު 2017 | ހޯމަ 13:03
ޤުދުސް އަކީ އިޒްރޭލުގެ ވެރިރަށްކަމުގައި އެމެރިކާއިން ވަނީ ބަލައިގެންފަ

ޤުދުސް އަކީ އިޒްރޭލުގެ ވެރިރަށްކަމުގައި އެމެރިކާއިން ވަނީ ބަލައިގެންފަ

ޤުދުސް ގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތުގެ މައްސަލައެއް ކަމަށާއި، އެ ބިން ޙިމާޔަތް ކޮށް މުސްލިމުންގެ ބާރު ހިނގާ ބިމެއް ގޮތުގައި ބޭއްވުމަށް އެންމެހާ މުސްލިމުން ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

މުސްލިމުންގެ މުޤައްދަސް ބިމެއް ކަމަށްވާ ޤުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައިގަންނަ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވާފައިވާތީ އެކަން ކުށްވެރިކޮށް، ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާގެ އެ ނިންމުމަކީ އެ ޤައުމުން އެތައް އަހަރެއް ވަންދެން ޤުދުސްއާ މެދު ގެންގުޅުނު ސިޔާސަތެއް މުޅިން ދޫކޮށްލުންކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލަ އާއި އަދި ޚާއްސަކޮށް ޤުދުސް ގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތުގެ މައްސަލައެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

Advertisement - newsAdvertisement

މަސްޖިދުލް އަގްސާ އެއީ މުސްލިމިންގެ ފުރަތަމަ ޤިބުލަކަން ފާހަގަކުރައްވައި ރައީސް މައުމޫން ވިދާޅުވީ އެއީ މުސްލިމުންގެ އެންމެ ޙުރުމަތްތެރި ތިން ޙަރަމްގެ ތެރެއިން އެއް ޙަރަމް ކަމަށެވެ. އެ ބިން ޙިމާޔަތް ކޮށް މުސްލިމުންގެ ބާރު ހިނގާ ބިމެއް ގޮތުގައި ބޭއްވުމަށް އެންމެހާ މުސްލިމުން ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ އެމެރިކާގެ އެނިންމުމުގެ ސަބަބުން ފަލަސްތީނާއި މުސްލިމުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އެނިންމުމަކީ މެދުއިރުމަތީގެ ސުލްހަޔަށް ވަރަށް ބޮޑެތި ހުރަސް އެޅި، ހަމަނުޖެހުންތައް އިތުރުވެ، ހަރުކަށި އަމަލުތައްވެސް އިތުރުވެގެން ދާނެ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން ހިނގާފާނެ ކަމެއް ކަމަށް ދެކޭކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

އެހެން ކަމުން، އެމެރިކާގެ އެ ނިންމުމަކީ އިންސާފުން އެއްކިބާވެ، ތާރީޚީ ހަމަތަކާ ޚިލާފު، އަދި މެދު އިރުމަތީގެ ޞުލްހައަށް ބޮޑެތި ހުރަސްތަކެއް އަޅާނެ ނިންމުމަކަށްވާތީ، އެ ނިންމުން އެންމެ ހަރުކަށި އިބާރަތުން ކުށްވެރިކުރާ ކަމަށް ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އިޒްރާއީލާއި ފަލަސްތީނާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލައަކީ ޤުދުސްގެ މައްސަލައެވެ. އިޒްރާއީލުން 1967 ވަނަ އަހަރު ކުރި ހަނގުރާމާގައި އިރުމަތީ ޤުދުސް ހިފުމަށް ފަހު، އިޒްރާއީލުން ޤަބޫލުކުރަނީ އިރުމަތީ ގުދުސްއަކީ އެމީހުންގެ ވެރިރަށުގެ ގޮތުގައެވެ. އެހެންނަމަވެސް ފަލަސްޠީނުން ބޭނުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެދުމުން، އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް ހެދުމަށެވެ.

ޤުދުސްގައި މިހާތަނަށް އެއްވެސް ޤައުމެއްގެ އެމްބަސީއެއް ޤާއިމްކޮށްފައެއް ނުވެއެވެ. އަދި ޤުދުސްއަކީ އިޒްރާއީލުގެ އިޚްތިޞާސް ހިނގާ އިޒްރާއީލުގެ ސަހަރެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ބަލައިގަނެފައެއް ވެސް ނުވެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު