Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޯސޭ މޮރީނިއޯ

ބަލިވުމުން އަނެއްކާވެސް މޮރީނިއޯގެ އިނގިލި ރެފްރީއާ ދިމާލަށް

ޔުނައިޓެޑަށް ޕެނަލްޓީ އެއް ލިބެންޖެހޭ ކަމަށް ބުނި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2017 | ހޯމަ 09:59
ހޯސޭ މޮރީނިއޯ - ރެފްރީންގެ ޝަކުވާ ވަރަށް ގިނައިން ކުރާ ކޯޗެއްގެ ގޮތުގައި މީޑިއާއިން ސިފަ ކުރޭ

ހޯސޭ މޮރީނިއޯ - ރެފްރީންގެ ޝަކުވާ ވަރަށް ގިނައިން ކުރާ ކޯޗެއްގެ ގޮތުގައި މީޑިއާއިން ސިފަ ކުރޭ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް ބަލިވުމާއެކު އުޒުރެއްގެ ގޮތުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ އިނގިލި ރެފްރީއަށް އަމާޒުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ސިޓީ އަތުން ބަލިވުމާއެކު މި ސީޒަނުގައި ތަށި ހޯދުމަށް ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހުރަސަތަކަކާއި ކުރިމަތިވެފައެވެ. އެގޮތުން ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއާއި ޔުނައިޓެޑާއި ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

މުޅި މެޗު ވެސް ސިޓީއިން ޑޮމިނޭޓްކޮށް މޮޅު ކުޅުމެއް ދެއްކިއިރު މޮރީނިއޯ ބުނީ ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބެންޖެހޭ ކަމަށެވެ. މޮރީނިއޯ ބުނީ މިދިޔަ ސީޒަނެކޭ އެއްގޮތަށް މިފަހަރުވެސް އޭނާގެ ޓީމު ބަލިވީ ރެފްރީގެ ސަބަބުން ކަމަށާއި މިދިޔަ ސީޒަނުގައި ވެސް ލިބެންޖެހޭ ޕެނަލްޓީއެއް ދީފައި ނުވާ ކަމަށެވެ.

މި މެޗުގެ ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރިވި މައިކަލް އޮލިވާއަށް ނިސްބަތްކޮށް މޮރީނިއޯ ބުނީ އެންޑާ ހެރޭރާއަށް ސިޓީގެ އޭރިއާ ތެރެއިން ފައުލް ކުރިކަމަށާއި ޕެނަލްޓީއެއްގެ ގޮތުގައި އެ މައްސަލަ ނުދެއްކުމުން ހައިރާންވާ ކަމަށެވެ. ރެފްރީގެ ފަރާތުން މެޗުގައި ގިނައިން ފެނުނީ ރަނގަޅު ނިންމުންތަކެއްކަން ފާހަގަކޮށް މޮރީނިއޯ ބުނީ އޭނާ ނެގި އެންމެ ގޯސް ނިންމުމެއްގެ ސަބަބުން މެޗުގެ ނަތީޖާ އެއްކޮށް ބަދަލުވެގެން ދިޔަ ކަމަށެވެ.

މޮރީނިއޯ ބުނީ ސިޓީއިން ޖެހި ދެ ލަނޑަކީވެސް ޔުނައިޓެޑުގެ ޑިފެންސަށް ހެދުނު މައްސަލައެއްގެ ސަބަބުން އެ ޓީމު ކޮޅަށް ވަން ދެ ލަނޑު ކަމަށާއި އެފަދަ ބޮޑު މެޗެއްގައި އެކަހަލަ ފީކަޅާ ގޯލު ވަނުމުން ހިތްހަމަނުޖޭހޭ ކަމަށެވެ. ހަމައެހެންމެ ޔުނައިޓެޑުން އެ ޓީމުގެ ގޭމް ކުޅެން މަސައްކަތް ކުރާ ކަމަށާއި މެޗުން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުއްމީދުކުރި ކަމަށް ވެސް މޮރީނިއޯ ބުނެފައިވެއެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގެ ތަށި ޔުނައިޓެޑަށް ހޯދަން ވަރަށް އުނދަގޫވާނެ ކަމަށް ވެސް މޮރީނިއޮ ހާމަކުރިއެވެ. އެގޮތުން ސިޓީގެ ނަސީބު ވެސް ރަނގަޅު ކަމަށާއި ސީޒަނުގެ މިހާތަނަށް އެ ޓީމުން ހޯދާފައިވާ ޕޮއިންޓްގެ އަދަދަށް އެހެން ޓީމަކަށް ޕޮއިންޓް ހޯދުން ވެގެން ދާނީ ވަރަށް ދަތި އުނދަގޫ ކަމަކަށް ކަމަށްވެސް މޮރީނިއޯ ބުނެފައިވެއެވެ. އަދި މި ސީޒަނުގެ ޕްރިމިއާ ލީގުގެ ތަށި ގެންދިޔުން އެންމެ ގާތީ ވެސް ޔުނައިޓެޑުގެ ވާދަވެރި ސިޓީ ކަމަށް ވެސް މޮރީނިއޯ ވަނީ އެއްބަސްވެފައެވެ.

މޮރީނިއޯގެ އިނގިލި ރެފްރީއާ ދިމާލަށް ދިއްކޮށްފައިވާއިރު މި ދެ ޓީމަކީ ވެސް އެއް ސިޓީއަކަށް ނިސްބަތްވާ ދެ ޓީމެވެ. އެކި މުބާރާތްތަކުގައި މި ދެ ޓީމުގެ 175 ކުރިމަތިލުން ވަނީ ފެނިގެން ގޮސްފައެވެ. އޭގެތެރެއިން 72 މެޗުން ޔުނައިޓެޑް މޮޅިވެފައިވާއިރު ސިޓީއަށް މޮޅުވެވިފައިވަނީ 51 މެޗުންނެވެ. ބާކީ 52 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

ރޫނީ އަނެއްކާވެސް ތާރީހުގެ ތެރެއަށް

22 އޯގަސްޓު 2017
ރޫނީ އަނެއްކާވެސް ތާރީހުގެ ތެރެއަށް
30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
21 މެއި 2017

ދަގަނޑޭ އަނެއްކާވެސް ނިއުރޭޑިއަންޓާ ގުޅިއްޖެ

21 މެއި 2017
ދަގަނޑޭ އަނެއްކާވެސް ނިއުރޭޑިއަންޓާ ގުޅިއްޖެ
09 މެއި 2017

ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް

09 މެއި 2017
ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް
01 މެއި 2017

ކުޑަހެންވޭރަށް އަނެއްކާވެސް މޮޅެއް

01 މެއި 2017
ކުޑަހެންވޭރަށް އަނެއްކާވެސް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު