Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްއާރުސީއެމް

އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ހިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްނުކުރެވޭ: އެޗްއާރުސީއެމް

ހިޔާލްފާޅު ކުުރމުގެ ނަމުގައި މީހުންގެ އަބަރު ދަނީ ކަތިލަމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2017 | އާދީއްތަ 09:28
އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް

އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް

އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ޙިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްކުރެވިފައިނުވާ ކަމަށް ހިއުމަން ރައިޓސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް ދެއްވި ހިތޯބުގައި ވިދާޅުވެފައިވާ ގޮތުގައި އިންސާނީ ޙައްޤުތަކުގެ ނަޒަރުން ބަލާއިރު މި އަހަރަކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ކުރިއަރުވާ، ދެމެހެއްޓުމަށް ގިނަގުނަ ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެންދިޔަ އަހަރެކެވެ. އެގޮތުން، ޖިނާޢީ އަދުލުގެ ނިޒާމާބެހޭ ޤާނޫނުތައް ފާސްވެ މި އަހަރު އަމަލުކުރަން ފަށާފައިވާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން، ޤާނޫނުލް އުޤޫބާތާއި ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވާކަން އީނާސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ޙިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްނުވެވާކަންވެސް އީނާސް ފާހަގަކުރެއްވިއެވެ. އެގޮތުން ހެއްކާއިބެހޭ ބިލު، މަދަނީ އިޖުރާއަތުގެ ބިލު، ޖުވެނައިލް ޖަސްޓިސް ބިލު، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބިލު، ހެކިންނަށް ހިމާޔަތް ދިނުމާއި ބެހޭ ބިލު ހިމެނޭ ކަމަށް އެޗްއާރުސީއެމްގެ ރައީސް ވިދާޅުވިއެވެ.

އީނާސް ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރުވެރިކަން ނަގަހައްޓައި، ދެމެހެއްޓުމަށް، ދައުލަތުގެ ތިންބާރުންވެސް މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ. ޤާނޫނުއަސާސީއާއި، ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އެއްވެސް ޙައްޤެއް، ނިގުޅައިނުގަނެވޭނެގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި، ޤައުމުގެ ސުލްޙަމަސަލަސްކަމާއި، އަމަންއަމާންކަން ދެމިއޮންނާނޭ ގޮތަށް، ހުރިހާ ފަރާތްތަކުންވެސް ޢަމަލު ކުރުމަށް އީނާސް ގޮވާލެއްވިއެވެ.

އީނާސް ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެ އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން އެކަކު އަނެކަކަށް އިޙުތިރާމުކޮށް ވަރަށް އެކުވެރިކަމާއެކު އުޅެމުންއައި ބައެއް ކަމަށެވެ. ނަމަވެސް، މިފަހަކަށް އައިސް ދިވެހި މުޖުތަމަޢުއިން ފެންނަމުން މިދަނީ ވަރަށް ތަފާތު މަންޒަރުތަކެއްކަން ހިތާމައާއެކު ފާހަގަކުރަން ޖެހޭ ކަމަށް އެޗްއާރުސީއެމްގެ ރައީސް ވިދާޅުވިއެވެ.

އެގޮތުން އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އެކަކު އަނެކެއްގެ އަބުރު ނަގާލުމާއި މުޖުތަމަޢުގައި ނަފްރަތު އުފެދޭފަދަ ޢަމަލުތައް އިތުރުވުމާއި މީހުންގެ ފުރާނައަށް ގެއްލުންވާފަދަ ޢަމަލުތައް އިތުރުވަމުންދާކަން އީނާސް ފާހަގަ ކުރެއްވިއެވެ.

ހަމައެހެންމެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީވެސް ވަކި ޙުދޫދެއްގެ ތެރެއިން ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭ ޙައްޤަކަށް ވާއިރު އެއްވެސް ބެލުމެއްނެތި، އެހެން މީހުންގެ ޤަދަރާއި ޢިއްޒަތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓުމުން މިކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް މި މުޖުތަމަޢުއަށް ކުރަމުންދާކަން އީނާސް ފާހަގަ ކުރެއްވިއެވެ.

ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަހެވެ. ހަމަމިއާއެކު، މި ދުވަހަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީ އެ ޙައްޤުތައް ފޯރުކޮށްދެވޭ މިންވަރު ދެނެގަނެ، އެ ޙައްޤުތަކަށް މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރުމަށް ވަކި މުއައްސަސާއެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އުފެއްދިތާ 14 އަހަރު ފުރިގެންދާ މުނާސަބާވެސްމެއެވެ.

އދ. ގެ ޖެނެރަލް އެސެންބްލީއިން 1948 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ފާސްކޮށްފައިވާ ޔުނިވަރސަލް ޑެކްލެރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫ.ޑީ.އެޗް.އާރ) އަކީ އިންސާނީ ޙައްޤުތަކުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު މުޢާހަދާއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު