Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކޮކަކޯލާ

"އަންޑަރ ދަ ކްލޯޝަރ" ގެ ނަމުގައި ކޮކަކޯލާ އިން ޕްރޮމޯޝަނެއް ފަށައިފި

ޕްރޮމޯޝަންގައި ބައިވެރިވެގެން އަގުހުރި އިނާމުތަކެއް ލިބިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2017 | ހޮނިހިރު 15:15
ކޮކާކޯލާ

ކޮކާކޯލާ

"އަންޑަރ ދަ ކްލޯޝަރ" ގެ ނަމުގައި ކޮކަކޯލާ އިން ޕްރޮމޯޝަނެއް ފަށައިފިއެވެ.

މާލެ އެރޭޓެޑް ވޯޓަރ ކޮމްޕެނީ އިން މި ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހާއި ހަމައަށެވެ.

އޫރީދޫ މޯލްޑިވްސް އާއި ގުޅިގެން ފަށާފައިވާ މި ޕްރޮމޯޝަންގައި ބައިވެރިވެގެން އަގުހުރި އިނާމުތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ކޯކާ ކޯލާގެ 300 އެމްއެލް، 500 އެމްއެލް އަދި 1250 އެމްއެލް ފުޅީގެ މަތިގަނޑުގެ އެތެރޭގައި ޕްރިންޓް ކޮށްފައިވާ ކޯޑު، އުރީދު އެމް ފައިސާ އެޕަށް ހުށަހަޅަން ޖެހޭނެއެވެ.

ޕްރޮމޯޝަން އާއި ބެހޭގޮތުން މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވީ ކޮކާ ކޯލާގެ ކޮލެޓީ އާއި ރަހައިގެ ސަބަބުން ގިނަ ބައެއްގެ ތެރޭގައި އެ ބުއިން މަޝްހޫރުވެފައިވާ ކަމަށާއި އަބަދުވެސް ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި ބޭނުންތަކަށް އިސްކަންދީގެން މިފަދަ ޕްރޮމޯޝަންތައް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

މާލެ އެރޭޓެޑް ވޯޓަރ ކޮމްޕެނީ އަށް މިއަހަރު ވަނީ 27 އަހަރު ފުރިފައެވެ.

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް

14 އޯގަސްޓު 2017
ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް
13 ޖުލައި 2017

ބްރީތްލައިފްގެ ނަމުގައި ފިޓްނަސް ސެންޓަރެއް ހުޅުވައިފި

13 ޖުލައި 2017
ބްރީތްލައިފްގެ ނަމުގައި ފިޓްނަސް ސެންޓަރެއް ހުޅުވައިފި
12 ޖުލައި 2017

"އެކްސްޕީރިއަންސް މޯލްޑިވްސް" ގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި

12 ޖުލައި 2017
 "އެކްސްޕީރިއަންސް މޯލްޑިވްސް" ގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި
06 ޖުލައި 2017

ފިޓްރޯން ރެޒިޑެންސްގެ ނަމުގައި ލަގްޜަރީ ފްލެޓް އިމާރާތެއް މުނި އެންޓަރޕްރައިޒަސްއިން އަޅަނީ

06 ޖުލައި 2017
 ފިޓްރޯން ރެޒިޑެންސްގެ ނަމުގައި ލަގްޜަރީ ފްލެޓް އިމާރާތެއް މުނި އެންޓަރޕްރައިޒަސްއިން އަޅަނީ
25 ޖޫން 2017

ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!

25 ޖޫން 2017
ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު