Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު ޚުތުބާ

ފަލަސްތީނުގެ މައްސަލައަކީ މުޅި އުއްމަތުގެ މައްސަލައެއް: ޚުތުބާ

އެ ބިން މިނިވަން ކުރުމަށްޓަކައި އެއްމެހާ މުސްލިމުން މަސައްކަތްކުރަންޖެހޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2017 | ހުކުރު 08:18
އިސްލާމީ މަރުކަޒު

އިސްލާމީ މަރުކަޒު

ފަލަސްތީނުގެ މައްސަލައަކީ ހަމައެކަނި އެގައުމުގެ މައްސަލައެއް ނުވަތަ އަރަބީންގެ މައްސަލައެއް ނޫން ކަމަށާއި އެއީ މުޅިއުއްމަތުގެ މައްސަލައެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވަނީ މުސްލިމުންގެ ބިމަކަށް ކާފިރުން އަރައިގަނެ މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފިންމަ އެ ބިން މިނިވަން ކުރުމަށްޓަކައި އެއްމެހާ މުސްލިމުން މަސައްކަތްކޮށް އެ ބިމުގެ އަހުލުވެރިންނާއިއެކު އެއްބައިވަންތަވެ އެކަތިގަނޑަކަށް ވާންޖެހޭނެ ކަމަށެވެ. ފަލަސްތީނުގެ ގުދުސްގައިވާ މަސްޖިދުލް އަޤްސާ ބިނާ ކުރެވުނީ އާދަމުގެ ފާނުގެ ޒަމާނުގައި ކަމަށާއި އެބިމުގައި އެތަކެއް ރަސޫލުބޭކަލުންނާއި ނަބީބޭކަލުން އުފަންވެވަޑައިގަތް ކަމަށް ޚުތުބާ ގައި ބުނެފައިވެއެވެ. ކީރިތި ރަސޫލާ (ސ) އިސްރާ ދަތުރުފުޅު ކުރެއްވީ އަލްމަސްޖިދުލް ހަރާމުން އަލްމަސްޖިދުލް އަގްސާއަށްކަމަށާއި އެކަލޭގެފާނު ހުރިހާ ނަބީބޭކަލުންގެ އިމާމަކަށް ވެވަޑައިގެން ނަމާދުފުޅު ފެއްޓެވީ ވެސް މި ހަރަމްފުޅުގެ ތެރޭގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މީގެ އިތުރުން ރަސޫލާ(ސ) މިއުރާޖުގެ ދަތުރުފުޅު ފެއްޓެވީވެސް މި މާތް ހަރަމްފުޅުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނެފައިވަނީ ޤުދުސްއަކީ މުސްލިމުންގެ އެންމެ ފުރަތަމަ ޤިބްލަ ކަމަށާއި އެ މިސްކިތަށް ދިއުމަށް އަންގަވާފައިވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތް ކަމަށެވެ.

ކީރިތި ރަސޫލާ (ސ) ސުވަރުގެ ވަޑައިގަތުމުގެ ތަންކޮޅެއް ކުރިން ފަލަސްތީނު މިނިވަންކުރެއްވުމަށްޓަކައި އުސާމަތު ބުނު ޒައިދުގެ ފާނުގެ ވެރިކަމުގައި ލަޝްކަރެއް ތައްޔާރު ކުރެއްވިއެވެ. ކީރިތި ރަސޫލާ(ސ) މި ފެއްޓެވި މަސައްކަތްޕުޅު ކުރިއަށް ގެންދިއުމަށް އަބޫބަކުރުގެފާނު ނިންމެވިއެވެ. ނަމަވެސް އިސްލާމީ އުއްމަތާއި ކުރިމަތިވި ނާމާން ހަރަކާތުގެ ސަބަބުން އެ މަސައްކަތަށް މަޑުޖެހުމެއް އައީއެވެ. މާތްﷲގެ މަދަދާއި މުސްލިމުންންގެ ހިތްވަރާއި ޖިހާދުގެ ސަބަބުން ގުދުސް މިނިވަންވެ އެމާތް ރަށުގެ ތަޅުދަނޑި މުސްލިމުންގެ ދެވަނަ ޚަލީފާ އުމަރު ބުނުލް ޚައްތާބުގެ އަތްޕުޅަށް އެރީ ރޯމަނުންގެ އަނިތާވެރިކަމާއި އަޅުވެރިކަމުގެ ދަށުގައި މި ބިން 700 އަހަރަށް އޮތުމަށް ފަހުގައެވެ.

ގުދުސަކީ ޔަހޫދީންގެ ރަށެއް ނޫން ކަމަށާއި އެ ބިމުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ އަރަބިކަރައިގެ ކަންއާއީ ގަބީލާގެ ޔަބޫސީ ދަރިކޮޅުގެ މީހުން ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނެފައިވަނީ މުސްލިމުންގެ ތެރޭގައި އެއްބައިވަންތަކަން ނެތުމުގެ ސަބަބުން އެއްވަނަ ބޮޑު ހަނގުރާމައަށް ފަހު ފަލަސްތީނު އިނގިރޭސި ވެރިކަމުގެ ދަށަށް ދިޔަ ކަމަށެވެ. ޔަހޫދީންގެ މަކަރާއި ހީލަތާއި އޮޅުވައިލުމުގެ ތެރެއިން ލައިފައި ފަލަސްތީނުގައި އެމީހުންގެ ވަތަނެއް ހަދައިދިނުމުގައި އެހީތެރިވުމުގެ ވައުދެއް އިނގިރޭސީން އަތުން ޔަހޫދީން ހޯދީއެވެ. މި ވައުދާއި ގުޅިގެން ފަލަސްތީނުގައި ޔަހޫދީން ވެރިވެގަތީ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު