Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގުދުސްގެ މައްސަލަ

ގުދުސްގެ މައްސަލަ: މެލޭޝިއާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ކުރިމަތީ މުޒާހަރާ ފަށައިފި

8 ޑިސެމްބަރު 2017 | ހުކުރު 07:31

މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ އެ ގައުމުގެ ދެ ސިޔާސީ ޕާޓީއެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 8 ޑިސެމްބަރު 2017 | ހުކުރު 07:31
މެލޭޝިއާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ކުރިމަތީގައި މުޒާހަރާ ކުރަނީ

މެލޭޝިއާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ކުރިމަތީގައި މުޒާހަރާ ކުރަނީ

ގުދުސްއަކީ އިޒްރާއިލްގެ ވެރިރަށް ގޮތުގައި ބަލައިގަންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާއި ގުޅިގެން، މެލޭޝިއާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ކުރިމަތީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މެލޭޝިއާގެ ސަރުކާރުން ބުނެފައިވަނީ ގުދުސްގެ މައްސަލައަކީ މެދުއިރުމަތީގެ ހަމަޖެހުމަށް ހައްލެއް ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށާއި 1967 ވަނަ އަހަރުން ގުދުސް ހިމެނޭ ސަރަހައްދުގެ ބޯޑަރުތަކަށް ގެނެސްފައިވާ ބަދަލުތައް ބަލައި ނުގަތުމަށް އދ. ގެ ހުރިހާ ގައުމުތަކަށް ގޮވާލާ ކަމަށެވެ. ހަމައެހެންމެ ޓްރަމްޕްގެ މި ނިންމުމަކީ ބައިނަލްލަގްވާމީ ގާނޫނުތަކާއި އަދި އދ.ގެ ސެކިއުރިޓީ ކައުންސިލްގެ އެތަކެއް ގަރާރުތަކާއި ހިލާފު ނިންމުމެއް ކަމަށް މެލޭޝިއާ ސަރުކާރުން ވަނީ ބުނެފައެވެ. އަދި ޓްރަމްޕްގެ މި ނިންމުން އަނބުރާ ގެންދެވުމަށް ވެސް މެލޭޝިއާގެ ސަރުކާރުން ވަނީ ގޮވާލާފައެވެ.

މެލޭޝިއާގައި ހުންނަ އެމެރިކާގެ އެމްބަސީ ކުރިމަތީގައި ފަށާފައިވާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ އެ ގައުމުގެ ދެ ސިޔާސީ ޕާޓީއެކެވެ. އެގޮތުން މެލޭޝިއަން އިސްލާމިކް ޕާޓީ (ޕީއޭއެސް) އަދި ވެރިކަންކުރާ ޕާޓީ ކަމަށްވާ ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (ޔޫއެމްއެންއޯ) ގެ އިތުރުން އެ ގައުމުގެ އެކިއެކި ސިޔާސީ ޕާޓީތަކުން މި ހަރަކާތުގައި ބައިވެރިވެއެވެ.

ޗެނަަލް ނިއުސް އޭޝިއާއިން ރިޕޯޓުކޮށްފަައިވާ ގޮތުގައި ޓްރަމްޕްގެ މި ނިންމުމާއި ދެކޮޅު ހެދުމުގެ ގޮތުން މެލޭޝިއާގެ އެކި ސަރަހައްދުތަކުގައި ނުވަ ލައްކައަށްވުރެ ގިނަ މީހުންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ފަލަސްތީނުން މެލޭޝިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަންވަރު އަލް އަގްހާ ނެރުއްވި ބަޔާނެއްގައި ވަނީ ފަލަަސްތީނާއި އެ ގައުމުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށްދިނުމަށް މެލޭޝިއާގެ ރައްޔިތުން ދައްކަވަމުން ގެންދަވާ ކަންކަަމަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި އަދި އެ ގައުމުގެ ސަރުކާރާއި ބޮޑުވަޒީރު ނަޖީބް ރަޒަކް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މި ނިންމެވުމުގެ ކުރިން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާނު ވަނީ އެ ނިންމެވުމުގެ ސަބަބުން ސަރަހައްދަށް ނުބައި ނަތީޖާއެއް ނުކުމެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އައްބާސް ވިދާޅުވެފައި ވަނީ މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް ބާއްވާ ސުލްހައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ރޯލު އެމެރިކާއަށް އަދާނުކުރެވޭނެ ކަމަށެވެ.

މި މައްސަލައިގައި މެލޭޝިއާގެ އިތުރުން ތުރުކީއާއި އުރުދުންގައި ހުންނަ އެމެރިކާގެ އެމްބަސީތަކުގެ ކުރިމަތީގައި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.

އެންމެ ހިނގާ

1

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

2

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

3

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

16 ފެބުރުއަރީ 2017
ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް