Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޔާ މުސްލިމުން

ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގީ ޤަތުލުއާއްމެއް: އދ

6 ޑިސެމްބަރު 2017 | ބުދަ 06:17

މިމައްސަލަ އިތުރަށް ތަހުޤީޤްކޮށް އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިންސާނީ ހައްޤުތަކާއި ބެހޭ އިސްވެރިޔާ ގޮވާލެއްވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 6 ޑިސެމްބަރު 2017 | ބުދަ 06:17
ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ސަރަަހައްދީ ރޮނގު ހުރަސްކޮށް ބަންގްލަދޭޝްގައި

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ސަރަަހައްދީ ރޮނގު ހުރަސްކޮށް ބަންގްލަދޭޝްގައި

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ އަސްކަރިއްޔާއިން ހިންގި އިންސާނިއްޔަތާއި ޚިލާފު އަމަލުތަކަކީ ޤަތުލުއާއްމެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް އދއިން ބުނެފިއެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގައި ވާހަކަ ދައްކަވަމުން، އެޖަމާޢަތުގެ އިންސާނީ ހައްޤުތަކާއި ބެހޭ އެންމެ އިސްވެރިޔާ ޒައިދު ރާދު އަލްޙުސެއިން ވިދާޅުވީ މިދިޔަ އޮގަސްޓްމަހު މިޔަންމާގެ ރަޚައިން ސްޓޭޓްގައި މިދިޔަ އޮގަސްޓްމަހު އެޤައުމުގެ ސަލާމަތީ ބާރުތަކުން އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ހިންގާފައިވާކަމުގެ ކަންބޮޑުވާފަދަ ރިޕޯޓްތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންނާއި ބޮޑެތި މީހުން ކަތިލުމާއި، މީހުން އެމީހުންގެ ގެދޮރުގެ ތެރޭގައި ތިއްބާ އަންދައި މަރާލިކަމުގެ ރިޕޯޓްތަކާއި، ސަލާމަތްވާން ދުވެފައިވާ އާއްމުންގެ ގަޔަށް ބަޑައިޖެހުމާއި، އަންހެނުންގެ ޢިއްފަތްތެރިކަން ފޭރުމާއި، ގެދޮރާއި ސްކޫލްތަކާއި މިސްކިތްތައް އަންދާލިކަމުގެ ރިޕޯޓްތައް ލިބިފައިވާކަމަށް ޒައިދު ވިދާޅުވިއެވެ.

"މިހުރިހާ ކަމަކާއިއެކު، ޤަތުލު އާއްމެއް ނުހިންގައޭ ބުނެވިދާނެތޯ؟"، ޒާދު އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލާއި ސުވާލު ކުރެއްވިއެވެ.

ޒައިދުވަނީ މިޔަންމާގައި ހިންގި ޤަތުލުއާއްމު އިތުރަށް ތަހުޤީޤުކުރުމަށް އދގެ އާއްމު މަޖިލީހަށް ގޮވާލުމަށް އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ 47 ޤައުމަށް ގޮވާލައްވާފައެވެ.

މިޔަންމާގެ ސަރުކާރުން ވަނީ އެޤައުމުގެ ސިފައިން ޤަތުލުއާއްމު ހިންގިކަމަށާއި އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ހިންގިކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އެހެންނަމަވެސް ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ އަސްކަރިއްޔާއިން ޖަރީމާތައް ހިންގި އުތުރު ރަޚައިން ސްޓޭޓަށް ނޫސްވެރިންނާއި އދގެ އޮފިޝަލުން ވަނުން މިޔަންމާ ސަރުކާރުން ވަނީ މަނާކޮށްފައެވެ.

އޮގަސްޓްމަހުން ފެށިގެން މިޔަންމާ ސަރުކާރުން ރޮހިންގާ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަނުން ސަލާމަތް ވުމަށް 626،000 (ހަ ލައްކަ ސައްބީސް ހާސް) މީހުން ސަރަހައްދީ ރޮނގު ހުރަސްކޮށް ބަންގްލަދޭޝްއަށް ވަދެފައިވާ ކަމަށް ޒައިދު ވިދާޅުވިއެވެ. ބަންގްލަދޭޝްގައި ތިބި ރޮހިންޔާ މުސްލިމުން އަނބުރާ މިޔަންމާއަށް ފޮނުވާލުމާއި ގުޅޭ އެއްބަސްވުމެއްގައި މިޔަންމާއާއި ބަންގްލަދޭޝްއިން ނިމިދިޔަ މަހުވަނީ ސޮއެ ކޮށްފައެވެ. އެހެން ނަމަވެސް އެ އެއްބަސްވުމުގެ ތަފްޞީލެއް އެއްވެސް ޤައުމަކުން ހާމަކޮށްފައެއް ނުވެއެވެ. ޒައިދު ވިދާޅުވީ ރޮހިންޔާ މުސްލިމުންނަށް ރައްކާތެރިކަމާއިއެކު އުޅޭވެނެކަން ޔަޤީންކުރެވޭނެ، އިންސާނީ ހައްޤުތައް މޮނީޓަރކުރެވޭ ނިޒާމެއް ޤާއިމު ނުކުރެވެނީސް ރޮހިންޔާ މުސްލިމުން އަނބުރާ މިޔަންމާއަށް ފޮނުވާލައިގެން ނުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް