Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރު އަބްދުﷲ ރިޔާޒު

މިނިސްޓަރު ސައީދަށް އަބްދުﷲ ރިޔާޒު ދެއްވި ރައްދު: ތިޔައީ މީސްމީހުންގެ ތައްޕާހުން މަގާމުގެ ދިފާއުގައި އުޅޭ މީހެއް؟

ސައީދު ވިދާޅުވެފައި ވަނީ ގާސިމް ރަނގަޅު ވާނީ ވިޔަފާރި ކުރަން ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ޑިސެމްބަރު 2017 | ބުދަ 02:43
މެމްބަރު އަބްދުﷲ ރިޔާޒު އަދި މިނިސްޓަރު މުހައްމަދު ސައީދު

މެމްބަރު އަބްދުﷲ ރިޔާޒު އަދި މިނިސްޓަރު މުހައްމަދު ސައީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރަނގަޅު ވާނީ ވިޔަފާރި ކުރަން ކަމަށް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒު ރައްދު ދެއްވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މިނިސްޓަރު ސައީދަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމަށް ވެރިކަން ހޯދައިދިނުމަށް އުޅުއްވިއިރު، އެވަރެއް ނެތް ކަމަށެވެ. އަދި އޭރު ވާދަވެރި ކެންޑެޑޭޓް އަދި މިހާރު ރައީސްކަން ކުރައްވާ އަބްދުﷲ ޔާމީނަކީ ވެރިކަމަށް ކަމުދާ ބޭފުޅެއް ކަމަށް ނުވިއިރު، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އިކޮނޮމިކް މިނިސްޓަރުކަން ލިބިލެއްވި ހިސާބުން ރައީސް ޔާމީން ވަރެއް ސައީދަށް ނެތް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރިޔާޒު ވިދާޅުވީ ސަރުކާރުން ހިންގަމުންދާ ގޮތާ މެދު ހިތްހަމަނުޖެހިގެން ސަރުކާރުން ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވުމުން ލިބިފައިވާ ވަޒީރުކަމުގެ މަގާމު ދިފާއު ކުރެއްވުމަށް މިނިސްޓަރު ސައީދު ޖުމްހޫރީ ޕާޓީ ދޫކޮށްލެއްވި ކަމަށެވެ. އަދި ސައީދު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވާއިރު ރައީސް ޔާމީން ވަރެއް ނެތް ކަމަށް ވެސް ރިޔާޒް ވިދާޅުވެފައި ވެއެވެ.

ރިޔާޒު ވިދާޅުވީ ސައީދު ދައްކަވަނީ އަމިއްލަ ނަފްސަށް ޔަގީން ކަމެއް ނެތި މީސް މީހުންގެ ތައްޕާހުން އުޅޭ މީހުން ދައްކާ ފަދަ ވާހަކައެއް ކަމަށެވެ.

ސަރުކާރުގެ މިނިސްޓަރުގެ ތެރެއިން މިވަގުތު ރައީސް ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ސައީދު ފެންނަމުންދާއިރު، ގާސިމްއާ ގުޅޭ ގޮތުން ސައީދު މީގެ ކުރިން އެފަދަ ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.

ސައިދަކީ ރައްޖޭގައި އޮތް އެންމެ ބޮޑު ރިސޯޓް ކަމަށްވާ ގާސިމް އިބްރާހީމްގެ ސަން އައިލެންޑް ރިސޯޓްގެ ކުރީގެ މެނޭޖަރެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެއް ގާސިމްގެ އަރިހުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި ސައީދު ސިޔާސީ މައިދާނަށް ނިކުންނެވީ ވެސް ގާސިމް އިބްރާހީމާ އެކު ޖުމްހޫރީ ޕާޓީގެ ތެރެއިންނެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު