Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޖީސީސީ

ޖީސީސީ އަކީ ކޮންބައެއް؟

މި ޖަމާއަތް އުފައްދާފައިވަނީ 1981 ވަނަ އަހަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2017 | އަންގާރަ 05:45
ޖީސީސީގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއްް ކޮންމެ އަަހަރަކުވެސް ބާއްވާ

ޖީސީސީގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއްް ކޮންމެ އަަހަރަކުވެސް ބާއްވާ

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އަކީ އެރޭބިއަން ޕެނިންސިއުލާގައި ހިމެނޭ ސިޔާސީ އަދި އިގްތިސާދީ އިއްތިހާދެކެވެ. މި އިއްތިހާދުގައި ހިމެނެނީ ބަހްރެއިން، ކުވެއިތު، އޮމާން، ޤަތަރު، ސައުދީ އަރަބިއްޔާ އަދި އެކުވެރި އަރަބި އިމާރާތް(ޔޫއޭއީ)އެވެ.

މެމްބަރު ގައުމުތަކުގެ މެދުގައި ސަލާމަތީ ކަންކަމާއި، އިގްތިސާދީ، އަދި އިޖުތިމާއީ ކަންކަން ކުރިއެރުވުމަށް މަސައްކަތްކުރާ މި ޖަމާއަތް އުފައްދާފައިވަނީ 1981 ވަނަ އަހަރުއެވެ.

ސަރަހައްދީ ކަންކަމުގައި އެއްބާރުލުންދީ މަޝްވަރާކުރުމަށް މި ޖަމާއަތުގެ ވެރިންގެ ސަމިޓެއް ކޮންމެ އަހަރަކުވެސް ބާއްވައެވެ.

ޖިއޮގްރަފީގެ ގޮތުން މި ގައުމުތައް އޮންނަ ސަރަހައްދުގެ ގޮތުންނާއި، އެއްގޮތް ސިޔާސީ ނިޒާމްގެ ސަބަބުން އަދި އެއްގޮތް އިޖުތިމާއީ ސަގާފަތްތަކެއްގެ ސަބަބުން މި ގައުމުތަކުގެ މެދުގައި އެއްބަސްވެވޭ އެއްކަމެއް އޮވެއެވެ. އެއީ އިރާން އިރާގް ހަނގުރާމައަށްފަހު އެފަދަ ބިރުވެރިކަމަކުން ސަލާމަތްވެ އޮތުމެވެ.

ޖީސީސީގެ އޮނިގަނޑު

ޖީސީސީ އުފެދިފައިވަނީ މައިގަނޑު ހަ ގޮތްޕެއްގެ މައްޗަށް ކަމަށްވާއިރު، ކޮންމެ ގޮތްޕަކަށްވެސް ބައްދަލުވުން އިންތިޒާމް ކުރުމުން ފެށިގެން ސިޔާސަތުތައް ތަންފީޒުކުރުމާ ހަމައަށް ތަފާތު މަސައްކަތްތަކެއް ހަވާލުކުރެވިފައިވެއެވެ.

ސުޕްރީމް ކައުންސިލަކީ ޖަމާއަތުގެ އެންމެ އިސް ގުނަން ކަމަށްވާއިރު، ޖަމާއަތުގެ މެމްބަރު ގައުމުތަކުގެ ވެރިންގެ މައްޗަށް އެކުލެވޭ މި ގުނަނުން އަހަރަކު އެއްފަހަރު ބައްދަލުވުން ބާއްވައެވެ. މުހިއްމު މައްސަލަތަކުގައި ގޮތެއް ނިންމަންޖެހޭނީ ހުރިހާ ގައުމެއްގެ އިއްތިފާގުންނެވެ.

މިނިސްޓީރިއަލް ކައުންސިލަކީ މެމްބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުން ނުވަތަ އެ ގައުމަކުން ކަނޑައަޅާ ވަޒީރަކު ހިމެނިވަޑައިގަންނަވާ ކައުންސިލެކެވެ. ސިޔާސަތުތައް ހުށަހެޅުމަށާއި ނިންމުންތައް ތަންފީޒުކުރުމަށް މި ކައުންސިލުން ކޮންމެ ތިން މަހުން އެއް މަހު ބައްދަލުވުންތައް ބާއްވައެވެ.

ސެކްރެޓޭރިއަޓް-ޖެނެރަލް އަކީ އިދާރީ ކަންކަން ބަލަހައްޓާ ގުނަނެވެ. ބައްދަލުވުންތައް ބޭއްވުމާއި ސިޔާސަތުތައް ތަންފީޒު ކުރޭތޯ ބަލާނީ މިތަނުންނެވެ.

ކޮންސަލްޓޭޓިވް ކޮމިޝަން އުފެދިފައިވަނީ ކޮންމެ ގައުމަކުން ފަސް މެމްބަރުން ހިމެނޭ ގޮތަށެވެ. މި ކޮމިޝަނުގެ ޒިންމާއަކީ ސުޕްރީމް ކައުންސިލަށް ލަފާ ދިނުމެވެ.

ކޮމިޝަން ފޮރ ސެޓްލްމެންޓް އޮފް ޑިސްޕިއުޓްސް އުފައްދާފައިވަނީ މެމްބަރު ގައުމުތަކުގެ މެދުގައި އުފެދޭ ޚިލާފްތަކާ ދެބަސްވުންތަކަށް ޑިޕްލޮމެޓިކް ހައްލެއް ގެނެސްދިނުމަށެވެ.

ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރަނީ ތިން އަހަރުގެ މުއްދަތަށް ސުޕްރީމް ކައުންސިލުންނެވެ.

މިހާރު އެ މަގާމު އަދާކުރައްވަމުން ގެންދަވަނީ 2011 ވަނަ އަހަރުން ފެށިގެން އެ މަގާމް ފުރުއްވަމުން ގެންދަވާ ބަހްރެއިނުގެ ކުރީގެ ލެފްޓިނެންޓް ޖެނެރަލް އަބްދުލްއާތިފް ބިން އަލް-ޒަޔާނީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގުން މަސައްކަތްކުރަނީ ޤައުމީ ތަރައްޤީއަކީ ލަނޑުދަނޑިއެއް ކަމަށް ބަލައިގެން: ސީއީއޯ

ދިރާގުން މަސައްކަތްކުރަނީ ޤައުމީ ތަރައްޤީއަކީ ލަނޑުދަނޑިއެއް ކަމަށް ބަލައިގެން: ސީއީއޯ

03 އޮކްޓޯބަރު 2020
ސީއެންއެން، އެޗްބީއޯ ފަދަ ޗެނަލްތަކުގެ ރާއްޖޭގެ އޮތޮރައިޒް ޑީލަރ އަކީ މީޑިއާނެޓް، ހުއްދަނެތި ބޭނުން ނުކުރުމަށް އެދިއްޖެ

ސީއެންއެން، އެޗްބީއޯ ފަދަ ޗެނަލްތަކުގެ ރާއްޖޭގެ އޮތޮރައިޒް ޑީލަރ އަކީ މީޑިއާނެޓް، ހުއްދަނެތި ބޭނުން ނުކުރުމަށް އެދިއްޖެ

10 އޯގަސްޓު 2020
މިރެއަކީ ވެކޭޝަންސް އެކްސްޕޯގެ ފަހު ރޭ!

މިރެއަކީ ވެކޭޝަންސް އެކްސްޕޯގެ ފަހު ރޭ!

04 ޖުލައި 2019
އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

15 އެޕްރީލު 2019
އެޖެންޑާ19ގެ މަސައްކަތް ނިމުމުން ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށްވާނެ: ރައީސް ނަޝީދު

އެޖެންޑާ19ގެ މަސައްކަތް ނިމުމުން ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށްވާނެ: ރައީސް ނަޝީދު

20 މާރިޗު 2019

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު