Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރައީސް ނަޝީދު

އެޖެންޑާ19ގެ މަސައްކަތް ނިމުމުން ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށްވާނެ: ރައީސް ނަޝީދު

ރައީސް ސޯލިޙްގެ ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް އަޣުލަބިއްތު ލިބެންޖެހޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 20 މާރިޗު 2019 | ބުދަ 11:41
ރައީސް މުހައްމަދު ނަޝީދު މަޑުއްވަރީގައި ރައްޔިތުންނާއި ބައްދަލުކުރެއްވުން

ރައީސް މުހައްމަދު ނަޝީދު މަޑުއްވަރީގައި ރައްޔިތުންނާއި ބައްދަލުކުރެއްވުން

ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީން ހުށަހަޅަނީ ފަސް އަހަރުގެ އެޖެންޑާއެއް ކަމަށާއި އެގޮތުން އެޖެންޑާ19 ގެ މަސައްކަތް ނިމުމުން މިރާއްޖެ ވެގެންދާނީ ފުރިހަމައަށް ތަރައްޤީވެގައިވާ ޤައުމަކަށް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ހަރަކާތްތައް ރ. މަޑުއްވަރީގައި ފެއްޓުމުގެ ގޮތުން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޑުއްވަރީ ކައިރީގައި އޮންނަ އުފުލެންދޫގައި ސިނާއީ މަސައްކަތް ކުރުމަށް އެރަށުގެ ރައްޔިތުން ބޭނުންވެފައިވާއިރު، އެމްޑީޕީގެ އެޖެންޑާއާއި އެކު އެއަތޮޅުގައިވާ ހުރިހާ ތަނެއް ބަދަލުވެގެންދާނީ އަތޮޅު ކައުންސިލްތަކުގެ ދަށަށް ކަމަށެވެ.

އުފުލެންދޫއަކީ އެމްއެމްޕީއާރްސީގެ ރިޝްވަތުގެ ތެރޭގައި އޮތް ރަށެއް ކަމަށާއި ނާޖާއިޒު އެތައް ފައިދާތަކެއް ހޯދާފައިވާ އެރަށުގެ މައްސަލަ ތަޙްޤީޤް ކޮށްގެން އެކަން ސާފްވާން އޮތީ މަޖިލީހުގެ ތެރެއިން ކަމަށްވާއިރު، މިހާރު މަޖިލީހުން އެކަން ކުރަން ބޭނުމެއް ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި މިފަދަ ރިޝްވަތާއި ގުޅުން ހުރި މައްސަލަތައް ތަޙްޤީޤްނުކޮށް އެތައް އަހަރަކަށް ދެމިގެންދާން ބޭނުން ނުވާ ކަމަށާއި މިމައްސަލަތައް ވީހާވެސް އަވަހަކަށް ނިންމުމަށް ކުރިއަށް އޮތް މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ދޭން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްތު ސަރުކާރަށް ނުލިބި ވާދަވެރި ފަރާތްތަކަށް ލިބިއްޖެ ނަމަ، ދިމާވާނެ އެއްބޮޑު މައްސަލައަކީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަޒީރުކަމުގައި ނުހިފެހެއްޓި، އެބޭފުޅުންގެ މައްޗަށް އިތުބާރު ކަމުގެ ވޯޓްނަގަން ފެށުމުން، މުސްތަޤިއްލު މުއްސަސާތަތަކުގެ އިތުބާރު ސަރުކާރަށް ގެއްލި، ސަރުކާރުން އެމުއައްސަސާތަކަށް ދޭން ޖެހޭ އިތުބާރު ކުޑަވެ، ޝަރީއަތުން އިއްވާ ހުކުމްތަކުގައި ސިޔާސީ ކުލަވަރު ޖެހި، އާޚިރު ނަތީޖާ އަކަށް ވެގެން ދަނީ ސިފައިންނާއި ފުލުހުންނަށް ވެސް ސަރުކާރުގެ މައްޗަށް އޮންނަ އިތުބާރު ގެއްލި، ރިޝްވަތުގެ ހުތުރު ފާއިސާ ނިކުމެ ބަޣާވާތަކަށް މަގުފަހުވެގެންދާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަޢާވާތުން ވެރިކަން ބަދަލު ނުކުރުމަށް އެމްޑީޕީއަށް އަޣުލަބިއްޔަތު ދޭން ޖެހޭކަން ފާހަގަ ކުރައްވަމުން، ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19 ފުރިހަމަ ކޮށްދޭ އެއް ކަމަކީ ވަޒީފާގެ ފުރުޞަތު ކަމަށެވެ.

އެގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން ދިވެހިންނަށް ލިބޭ މުސާރަ ބޮޑުވެގެންދާނެ ކަމަށާއި، ވަޒީފާއެއް ހޯދަން ބޭނުންވާ މީހުންނަށް ކައުންސިލްގައި އޮންނަ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުން ކައިރި ހިސާބުތަކުން އެމީހަކަށް ވަޒީފާ ލިބޭނެ ފުރުޞަތު ހުޅުވިގެންދާއިރު، މިބަދަލު ޤާނޫނަކަށް ހެދުމަށް އެމްޑީޕީން ކުރިއަށް އޮތް މަޖިލީހުގައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަނިޔާވެރިކަން މިދަނީ މިގައުމުން ފޮހެވިގެން ކަމަށާއި އިންސާފް ޤާއިމްވެގެންދާތަން ފެންނަމުންދާއިރު، އެޖެންޑާ 19 އަކީ ތަރައްޤީއަށް އޮތް ވަސީލަތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2018

ބީއެމްއެލް އިން މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

28 އެޕްރީލު 2018
ބީއެމްއެލް އިން މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި
19 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!

19 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!
12 ފެބުރުއަރީ 2018

ނިއުޔޯކްގެ ވޮލްޑޯފް އެސްޓޯރިއާ އަނބުރާ ގަންނަން ބްލެކްސްޓޯންއިން މަސައްކަތްކުރަނީ

12 ފެބުރުއަރީ 2018
ނިއުޔޯކްގެ ވޮލްޑޯފް އެސްޓޯރިއާ އަނބުރާ ގަންނަން ބްލެކްސްޓޯންއިން މަސައްކަތްކުރަނީ
01 ފެބުރުއަރީ 2018

ވެލާނާ އެއާޕޯޓްގައި 12000 އަކަމީޓަރުގެ ކާގޯ ޓަރމިނަލެއް އެޅުމުގެ މަސައްކަތް ފަށައިފި

01 ފެބުރުއަރީ 2018
ވެލާނާ އެއާޕޯޓްގައި 12000 އަކަމީޓަރުގެ ކާގޯ ޓަރމިނަލެއް އެޅުމުގެ މަސައްކަތް ފަށައިފި
14 ޑިސެމްބަރު 2017

އައިޓީބީ ފެއާގައި އަތްތެރި މަސައްކަތްތެރިކަން ދައްކުވާދޭނެ ފަރާތެއް ހޯދަނީ

14 ޑިސެމްބަރު 2017
އައިޓީބީ ފެއާގައި އަތްތެރި މަސައްކަތްތެރިކަން ދައްކުވާދޭނެ ފަރާތެއް ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު