Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވެކޭޝަންސް އެކްސްޕޯ

މިރެއަކީ ވެކޭޝަންސް އެކްސްޕޯގެ ފަހު ރޭ!

މިއީ އެކްސްޕޯ ބާއްވާ ހަތަރު ވަނަ ފަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ޖުލައި 2019 | ބުރާސްފަތި 14:04
ވެކޭޝަންސް އެކްސްޕޯގެ ތެރެއިން

ވެކޭޝަންސް އެކްސްޕޯގެ ތެރެއިން

މިރެއަކީ ދަރުބާރުގޭގައި ކުރިއަށްދާ ހަތަރުވަނަ ވެކޭޝަންސް އެކްސްޕޯ އަދި ފުޑް އެންޑް ބެވެރޭޖަސް ޝޯގެ އެންމެ ފަހު ރެއެވެ.

ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދު ބަންދާ ދިމާކޮށް ކުރިއަށް ގެންދާ ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރުންނަކީ "އޭސްއޭވިއޭޝަން، އޭސް ޓްރެވެލެސް އަދި އިނަރ މޯލްޑިވްސް"އެވެ. އަދި ފުޑް އެންޑް ބެވަރޭޖަސް ޝޯގެ މެއިން ސްޕޮންސަރަކީ ނެސްލޭއެވެ.

ޖުލައި ދޭ ކުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި އެކްސްޕޯގައި ތަފާތު ގިނަ ޕްރޮމޯޝަން ތަކާއި ލަކީޑްރޯތަކުގައި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ. މި އެކްސްޕޯ ކުރިއަށްދާނީ މިރޭ 08:00 އަކުން 10:30 އަކަށެވެ.

އިވެންޓް އިންތިޒާމް ކުރާ ހައިރައިޒް ކުންފުނީގެ މާކެޓިންގް މެނޭޖަރ މަރިޔަމް މައިޝާ ސުޖާއު ވިދާޅުވީ އެކްސްޕޯގައި ގިނަ ލަކީ ޑްރޯތަކާއި ކޫޕަންތައް ލިބިގެންދާނެ ކަމަށާއި އެކްސްޕޯގެ ފަހު ރޭ ހާއްސަވާނެ ކަމަށެވެ.

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކުރިއަށްދާ ވެކޭޝަންސް އެކްސްޕޯގައި ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީގައި އުޅޭ ގިނަ އަދަދެއްގެ އެއާރލައިންސް، ރިސޯޓް، ގެސްޓްހައުސް، ޓްރެވަލް އެޖެންސީތައް އަދި ޓުއާ އޮޕަރޭޓަރުންގެ ސްޓޯލްތައް ހިމެނެއެވެ. އެކްސްޕޯގެ ކޮންމެ ސްޓޯލަކުން ވެސް އެ ސްޓޯލަކާ ގުޅޭ މައުލޫމާތު ލިބިގެން ދާނެއެވެ.

އެކްސްޕޯގައި 50 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ބައިވެރިވެފައިވާ ބައެއް ފަރާތްތަކަކީ ޕިރަމިޑް، ސިންގަޕޯ އެއަރލައިންސް، ސަނީ އެންޓަރޕްރައިޒަސް، ޔޫރޯ މާކެޓިންގް، މޯލްޑިވްސް ގޭސްގެ އިތުރުން ރެޑް ބޮކްސްއެވެ.

މިއީ ހައިރައިޒްގެ ފަރާތުން ވެކޭޝަންސް އެކްސްޕޯ ބާއްވާ ހަތަރު ވަނަ ފަހަރެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2018

މިއަހަރުގެ މޯލްޑިވްސް ލިވިންގް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ކޮލަންބޯ ސިޓީ ސެންޓަރ

15 ޖެނުއަރީ 2018
މިއަހަރުގެ މޯލްޑިވްސް ލިވިންގް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ކޮލަންބޯ ސިޓީ ސެންޓަރ
02 ޖެނުއަރީ 2018

ޗުއްޓީއަށްފަހު ފްލައިޓްތައް ލޯޑު ބޮޑު!

02 ޖެނުއަރީ 2018
ޗުއްޓީއަށްފަހު ފްލައިޓްތައް ލޯޑު ބޮޑު!
31 ޑިސެމްބަރު 2017

މިއަދަށް ފަހު ކުރީގެ ފަސް ރުފިޔާގެ ނޫޓު ބޭނުމެއް ނުކުރެވޭނެ

31 ޑިސެމްބަރު 2017
މިއަދަށް ފަހު ކުރީގެ ފަސް ރުފިޔާގެ ނޫޓު ބޭނުމެއް ނުކުރެވޭނެ
21 ޑިސެމްބަރު 2017

އިންވެސްޓްމަންޓް ފޯރަމްތަކަށްފަހު ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް!

21 ޑިސެމްބަރު 2017
އިންވެސްޓްމަންޓް ފޯރަމްތަކަށްފަހު ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް!
22 އޮކްޓޯބަރު 2017

މޯލްޑިވްސް މެޑިކަލް އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

22 އޮކްޓޯބަރު 2017
މޯލްޑިވްސް މެޑިކަލް އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި
05 ޖުލައި 2017

ބޮޑެތި އިނާމްތަކާއި އެކު "ވެކޭޝަންސް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ

05 ޖުލައި 2017
ބޮޑެތި އިނާމްތަކާއި އެކު "ވެކޭޝަންސް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ
24 ޖޫން 2017

ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު

24 ޖޫން 2017
ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު
09 ޖޫން 2017

ރަމަޟާން މަހުގެ ފަހު ދިހަައެއްގައި ތޮއްޑޫގެ ކަރާ ނުލިބޭނެ: ކައުންސިލް

09 ޖޫން 2017
ރަމަޟާން މަހުގެ ފަހު ދިހަައެއްގައި ތޮއްޑޫގެ ކަރާ ނުލިބޭނެ: ކައުންސިލް
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު