Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފާސްޓް އެންޑް ފިއުރިއަސް

"ަދަ ފޭޓް އޮފް ދަ ފިއުރިއަސް"އަށް ބޮޑު އާމްދަނީއެއް

"ފޭޓް އޮފް ދަ ފިއުރިއަސް"އަށް 529 މިލިއަން ޑޮލަރު ވަނީ ލިބިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 17 އެޕްރީލު 2017 | ހޯމަ 12:12
ފާސްޓް އެންޑް ފިއުރިއަސް ގެ ޕޯސްޓަރެއް

ފާސްޓް އެންޑް ފިއުރިއަސް ގެ ޕޯސްޓަރެއް

"ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ އަށްވަނަ ފިލްމު ކަމަށްވާ "ފޭޓް އޮފް ދި ފިއުރިއަސް"އަށް 529 މިލިއަން ޑޮލަރު ލިބި ދުނިޔޭގެ ރެކޯޑުގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ ގޮތުގައި ހިމެނިއްޖެއެވެ.

މިއީ މިހާތަނަށް ހަފްތާ ބަންދެއްގައި ފިލްމު އަޅުވައިގެން މިހާ ބޮޑު އާމްދަނީއެއް ލިބިފައިވާ ފުރަތަމަ ފިލްމެވެ.

މި ފިލްމު އަޅުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ. އެ ރެކޯޑް މީގެ ކުރިން ހޯދާފައިވަނީ 2015 ގައި ނެރުނު "ސްޓާ ވޯޒް: ސަ ފޯކްސް ވެވޭކްނެސް" އަށެވެ. އެ ފިލްމަށް އޭރު ލިބިފައިވަނީ 524 މިލިއަން ޑޮލަރެވެ.

އަދި އޭގެކުރިން އެ ރެކޯޑް ގައިމުކޮށްފައިވަނީ އެންމެ މަގުބޫލު އެއް ފްރެންޗައިޒް ކަމަށްވާ "ހެރީޕޮޓާ"ގެ އެންމެ ފަހު ފިލްމު ކަމަށްވާ "ޑެތުލީ ހަލޯސް : ޕާޓް 2" އެވެ. އެ ފިލްމަށް ވަނީ 483.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހަފްތާ ބަންދުގައި ލިބިފައެވެ.

ފޭޓް އެންޑް ފިއުރިއަސް ގައި "ވިލިއަންގެ ބައި ކުޅެފައިވަނީ އޮސްކާ" އެވޯޑް ލިބިފައިވާ ޝާލައިޒް ތިރޯން އެވެ.އޭނާ މި ފިލްމުގައި މަސައްކަތް ކުރަނީ މައިގަނޑު އާއިލާ ވަކިކޮށްލުމަށެވެ. ތިރޯން ގެ އިތުރުން މި ފިލްމުން ފެނިގެން ދަނީ ވިން ޑީސަލްގެ އިތުރުން ފިލްމުން ފްރެންޗައިޒްގެ އޮރިޖިނަލް ކާސްޓުންނެވެ. އޭގެތެރޭގައި ޑްވޭން ރޮކް ޖޯންސޮން އާއި ޖޭސަން ސްޓެތާމް އާއި މިޝެލް ރޮޑްރީގޭޒް އާއި ލޫޑާކްރިސް ހިމެނެއެވެ.މިފަހަރުގެ ފިލްމަކީވެސް ތަފާތު ބޮޑު ފިލްމެކެވެ.

ތަފާތު ވައްތަރުގެ މޮޅު ކާރުތަކުގެ އިތުރުން މިފަހަރު ޓޭންކަރާއި ސަބްމެރިންވެސް ފިލްމުން ފެނިގެންދެއެވެ. މިއީ އެ ސީކުއެލްގެ އެއްމެ މަގްބޫލު ތަރި "ޕޯލް ވޯކަރ” ގެ މަރަށްފަހު އޭނާގެ އެއްވެސް ރޯލެއް ނުހިމެނޭގޮތަށް ނެރޭ ފުރަތަމަ ފިލްމެވެ. ޔުނިވާސަލް ޕިކްޗާސް އިން ޑިސްޓްރިބިއުޓް ކުރާ "ފޭޓް އޮފް ދަ ފިއުރިއަސް" ހަދަން ހަރަދުކޮށްފައި ވަނީ 250 މިލިއަން ޑޮލަރެވެ. އެހެން ކަމުން މި ފިލްމުގެ ވިޔަފާރި ބިލިއަން ޑޮލަރުން ފައިދާ ހޯދާނެ ކަމަށްވަނީ ބެލެވެން ފަށާފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ދަރިން ބެލުމުގެ ހަރަދު ދޭން ބްރެޑްޕިޓް ދެކޮޅު ހަަދައިފި

21 ފެބުރުއަރީ 2017
ދަރިން ބެލުމުގެ ހަރަދު ދޭން ބްރެޑްޕިޓް ދެކޮޅު ހަަދައިފި
20 ފެބުރުއަރީ 2017

62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި

20 ފެބުރުއަރީ 2017
62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި
16 ފެބުރުއަރީ 2017

ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!

16 ފެބުރުއަރީ 2017
ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!
13 ފެބުރުއަރީ 2017

އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

13 ފެބުރުއަރީ 2017
އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް
07 ފެބުރުއަރީ 2017

"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު

07 ފެބުރުއަރީ 2017
"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު