Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ ދާޚިލީ ހަނގުރާމަ

ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ޞާލިޙް އަވަހާރަކޮށްލައިފި

4 ޑިސެމްބަރު 2017 | ހޯމަ 14:46

ޞާލިޙް އަވަހާރަކޮށްލާފައިވާ ކަމަށް ޚަބަރު ފަތުރަނީ ހޫޘީ ހަނގުރާމަވެރިން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 4 ޑިސެމްބަރު 2017 | ހޯމަ 14:46
ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ޞާލިޙް އަވަހާރަކޮށްލާފައި ވަނިކޮށް ނަގާފައިވާ ކަމަށް ބުނާ ފޮޓޯއެއް

ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ޞާލިޙް އަވަހާރަކޮށްލާފައި ވަނިކޮށް ނަގާފައިވާ ކަމަށް ބުނާ ފޮޓޯއެއް

ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ޞާލިޙް އަވަހާރަވެފައިވާ ކަމަށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންގެ ހާމަކޮށްފި އެވެ.

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ސަރުކާރުގެ ދާޚިލީ ވުޒާރާގެ ރޭޑިއޯ ސްޓޭޝަނުން ބުނީ، ޞާލިޙް އަވަހާރަކޮށްލާފައި ވަނީ ވެރިރަށް ސަންއާގައި، ހޫޘީންނާއި ޞާލިޙްގެ ފައުޖުތަކާ ދެކޮޅަށް ހިނގި ކުރިމަތިލުންތަކުގައި ކަމަށެވެ.

ޔަމަނުގެ ބައެއް މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާ، އަލްއަރަބިއްޔާ އަދި ބީބީސީ ފަދަ ބައިނަލްއަޤްވާމީ ބޮޑެތި މީޑިއާތަކުން ޚަބަރު ފަތުރާފައިވެއެވެ. އެހެންނަމަވެސް ޞާލިޙް އަވަހާރަކޮށްލާފައިވާ ކަމަށް ބުނާ ޚަބަރު، ޔަމަނުގެ ރަސްމީ ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޞާލިޙް އަވަހާރަވެފައިވާ ކަމުގެ ޚަބަރުތަކާ އެކު، ޞާލިޙްގެ ހަށިކޮޅުގެ ވަށައިގެން ހޫޘީ ހަނގުރާމަވެރިން ކާމިޔާބީ ފާހަގަކުރާތަން ފެންނަ ވީޑީއޯއެއް ވަނީ އާއްމުވެފައެވެ. އެވީޑީއޯ ފުރަތަމަ ދައްކާފައި ވަނީ ހޫޘީންނަށް ތާއީދުކުރާ ޓީވީ ޗެނަލަކުންނެވެ. ވީޑިއޯ އިން ޞާލިޙްގެ ހަށިކޮޅު ފެންނަ އިރު، ޞާލިޙްގެ އިސްތަށިފުޅަށް ލިބިފައިވާ ބައެއް ޒަޚަމްތައް ފެނެއެވެ.

ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޞާލިޙް ދިރިއުޅުއްވާ ގެކޮޅު ހޫޘީން ގޮއްވާލާފައިވާ ކަމަށް އެސަރަހައްދުގެ އާއްމުންނާއި ހަވާލާދޭ ބައެއް ރިޕޯޓްތައް ބުނެއެވެ.

ޞާލިޙް އަވަހާރަކޮށްލުމުގެ ކުރިން އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ޞާލިޙް ވަނީ، ހޫޘީ ހަނގުރާމަވެރިންނާ އެކު ޞާލިޙްގެ ފައުޖުތަކުން ހަދާފައިވާ އެއްބަސްވުން އުވާލިކަން ރަސްމީކޮށް ހާމަކޮށްފައެވެ. އަދި ޔަމަނުގައި ޞާލިޙްގެ ފައުޖުތަކުން ދަނީ ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ.

ޞާލިޙްގެ ޕާޓީ އިން މީގެ ކުރިން ވަނީ، ޞާލިޙް އަވަހާރަވެފައިވާ ކަމަށް ބުނާ ޚަބަރު ދޮގުކޮށްފައެވެ. އަދި ޔަމަނުގެ ވެރިރަށް ސަންއާގައި ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމާގައި ޞާލިޙްގެ ފައުޖުތައް ލީޑު ކުރެއްވުމުގައި އަދިވެސް ހަރަކާތްތެރިވެވަޑައިގަންނަވާ ކަމަށް އެޕާޓީން ބުނެފައި ވެއެވެ.

ޞާލިޙް އަވަހާރަވިކަން ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ޞާލިޙް އަވަހާރަވެއްޖެކަމުގެ ޚަބަރުތައް ފެތުރުނު ފަހުން އޭނާ އާއްމުންގެ ތެރެއަށް ނިކުމެވަޑައިގަންނަވާފައެއް ނުވެއެވެ.

ޞާލިޙްގެ އަރިސް މަސްދަރަކާ ހަވާލާދީ އަލްޖަޒީރާ އިން ވަނީ، ޞާލިޙްގެ ސަލާމަތީ ކަންކަމާ ބެހޭ އިސް އޮފިޝަލް ހުސެއިން އަލް ހަމީދީ އަވަހާރަވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްޞީލެއް އެފަރާތުން ހާމަކޮށްފައިނުވާ ކަމަށް އަލްޖަޒީރާ އިން ބުނެއެވެ.

ސަންއާގެ އެކްޓިވިސްޓެއް ކަމަށްވާ ހުސެއިން އަލްބުޚައިތީއާ ހަވާލާދީ އަލްޖަޒީރާ އިން ވަނީ، ޞާލިޙްގެ ފައުޖުތަކުން ކޮންޓްރޯލް ކުރަމުން އައި ވެރިރަށް ސަންއާގެ ބޮޑުބައެއް ހޫޘީ ހަނގުރާމަވެރިންގެ އަތް ދަށަށް ހޯމަ ދުވަހުގެ ހެނދުނު ގެންގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

އީރާނުން މަދަދުދޭ ހޫޘީ ހަނގުރާމަވެރިންނާ ގާތް ގުޅުމެއް އޮންނަ ހުސެއިން އަލްބުޚައިތީ އަލްޖަޒީރާ އަށް ބުނެފައިވަނީ، ޞާލިޙަށް ތާއީދުކުރާ ހަނގުރާމަވެރިންގެ އަތްދަށުގައި ވަނީ ވެރިރަށް ސަންއާގެ މަދު ހިސާބުތަކެއް ކަމަށެވެ. އަދި ސަންއާގެ ދެކުނުގެ މުހިންމު ސަރަޙައްދުތަކެއް ހޫޘީންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރޭގައި ޞާލިޙްގެ ގެކޮޅާއި ގާތްގަނޑަކަށް 200 މީޓަރު ދުރުގައިވާ އަލް-މެސްބާހީ ރެސިޑެންޝަލް އޭރިއާ ހިމެނޭ ކަމަށް އަލްބުޚައިތީއާ ހަވާލާދީ އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވެއެވެ.

ޞާލިޙްގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގެ ތެރޭގައި ވެސް އޭނާ އަވަހާރަކޮށްލުމަށް މަސައްކަތްކޮށްފައިވެއެވެ. އެ ގޮތުން 2011 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު، ޔަމަނުގެ ރިޔާސީ ގަނޑުވަރުގައި ދިން ބޮމުގެ ހަމަލާގައި ޞާލިޙް ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެން، ގިނަ ދުވަސްތަކެއް ވަންދެން ސައުދީ އަރަބިއްޔާ އިން ފަރުވާ ހޯއްދެވިއެވެ. މިހަމަލާގައި ޞާލިޙްގެ ހަށިފާރަވެރިންގެ ހަތަރު މީހަކު މަރުވެފައިވާއިރު، ޒަޚަމްވި މީހުންގެ ތެރޭގައި ޞާލިޙްގެ އިތުރުން ޔަމަނުގެ ބޮޑުވަޒީރާއި، ބޮޑުވަޒީރުގެ ނާއިބު އަދި ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއި، ވެރިރަށް ސަންއާގެ ގަވަރުނަރުގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ކުރީގެ ދެކުނާއި އުތުރު ޔަމަނު އެއްކޮށްލުމަށް ފަހު އުފެއްދި ޔަމަނުގެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި އެގައުމުގެ ވެރިކަމާއި އަލީ އަބްދުﷲ ޞާލިޙް ހަވާލުވެވަޑައިގެންފައި ވަނީ 1990 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު އެވެ. އޭގެ ކުރިން 1978 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޞާލިޙް ހުންނެވީ އުތުރު ޔަމަނުގެ ރައީސްގެ ގޮތުގައެވެ. އުތުރު ޔަމަނުގެ ސަލާމަތީ ފައުޖުތަކުގެ ކުރީގެ ކޮމާންޑަރެއް ކަމަށްވާ ޞާލިޙްގެ 33 އަހަރުވީ ދިގު ވެރިކަމުގެ ނިމުން އައީ، 2011 ވަނަ އަހަރު މެދުއިރުމަތީގެ ބައެއް ގައުމުތަކަށް އައި "އަރަބް ސްޕްރިންގ" އިންގިލާބުތަކުގެ ތެރޭގައެވެ. ޞާލިޙްގެ ވެރިކަމާ ދެކޮޅަށް އާއްމުން ނިކުމެ ހިނގި ހާދިސާތަކަށް ފަހު ގޮތްހުސްވެ، 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޞާލިޙް ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް އެއްބަސްވެވަޑައިގަންނަވާފައެވެ. އެހެންނަމަވެސް، ޞާލިޙް ރަސްމީކޮށް އެމަގާމުން އިސްތިއުފާ ދެއްވާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.

އަރަބި ގައުމުތަކުގައި އޮތް ދިގު ވެރިކަމާ ދެކޮޅަށް އާއްމުން ނުކުމެ 2011 ވަނަ އަހަރު ފެށި އަރަބި އިންގިލާބުގެ ތެރޭގައި ޔަމަނުގެ ރައީސް އަލީ އަބްދުﷲ ޞާލިޙްގެ އިތުރުން ތޫނިސްގެ ރައީސް ޒައިނުލް އާބިދީން ބިން އަލީ، މިސްރުގެ ރައީސް ހުސްނީ މުބާރަކް، ލީބިއާގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ވެރިކަން ނިމުމަކަށް އައެވެ. އެހެންނަމަވެސް، މިއިންގިލާބުގެ ސަބަބުން އަރަބި އެތައް ގައުމެއްގައި ދާޚިލީ ހަނގުރާމަތައް ފެށިފައިވާއިރު، ގިނަ ގައުމުތަކަށް އަދިވެސް ހަނގުރާމައިން އަރައިނުގަނެވެއެވެ. މިހަނގުރާމަތަކުގެ ސަބަބުން އީރާޤް، ސީރިއާ، ޔަމަނު ފަދަ ބައެއް ގައުމުތައް ސުންނާފަތިވެ، އިޤްތިޞާދު ވަޅުޖެހިފައިވާއިރު، ގިނަ އަދަދެއްގެ އާއްމުން މަރުވެ، އެތައް ބަޔަކު ހާލުގައި ޖެހިފައިވެއެވެ. މި ހަމަނުޖެހުންތަކުން ލިބުނު ފައިދާ އަށް ވުރެ އަރަބި ދުނިޔެއަށް ލިބުނު ގެއްލުން އިންތިހާ އަށް ބޮޑެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް