Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

ވިއްސާރައިގަ ގެއްލުންވި ރަށްތަކަށް އިހްލާސްތެރިކަމާ އެކު އަވަހަށް އެހީތެރިވާން ގޮވާލައިފި

4 ޑިސެމްބަރު 2017 | ހޯމަ 13:40

ވިއްސާރައާ ގުޅިގެން ގެއްލުންތައް ބެލުމަށް ކޮމެޓީއެއްް ވަނީ އެކުލަވާލާފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 4 ޑިސެމްބަރު 2017 | ހޯމަ 13:40
ދ. މީދޫގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައި

ދ. މީދޫގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައި

ރާއްޖޭއަށް ކުރި ވިއްސާރައާ ގުޅިގެން ގެއްލުން ލިބުނު ރަށްތަކަށް ސަރުކާރުން އިހްލާސްތެރިކަމާ އެކު އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

ރާއްޖެއަށް ކުރިމަތިވި ވިއްސާރައާ ގުޅިގެން ރަށްތަކަށް ލިބުނު ގެއްލުންތައް ބަލައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭ މިންވަރު ދިރާސާ ކުރުމަށް އެމްޑީޕީން ވަނީ "ޑިޒާސްޓާ އޯވަރ ސައިޓް އެންޑް އިންކުއަރީ ޓީމް"ގެ ނަމުގައި ކޮމިޝަނެއް އެކުލަވާލާފަ އެވެ.

އެމްޑީޕީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރާއްޖޭގެ 50 އަށް ވުރެ ގިނަ ރަށަށް މި ވިއްސާރަގައި ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މިހާރުން މިހާރަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ރަށްތަކެއް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބުމަށް ދިމާވި ސަބަބުތައް ވެސް އެމްޑީޕީން އެކުލަވައިލި ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އެގޮތުން ބައެއް ރަށްރަށުގައި ޕްރޮޖެކްޓްތައް ހިންގާއިރު ތިމާވެއްޓަށް ކޮށްފާނެ އަސަރަށް ވިއްސާނުލައި ހިންގަމުންދިއުމާއި ކުއްލި ހާލަތަށް ތައްޔާރުވެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާ ވާހަކަ ބުނި ނަމަވެސް އަޑު އިވިގެންދަނީ ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން އަމިއްލަ ޖަމިއްޔާއަކުން ފޯރުކޮށްދެމުންދާ ވާހަކަ ކަމަށެވެ. ރައީސް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހިންގަވާ ފައުންޑޭޝަނުން ހިންގާ ހަރަކާތްތަކަށް އިޝަރާތް ކުރައްވައި އޭނާ ވިދާޅުވީ ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކަށް އެހީތެރިވެދިނުމުގައި ވެސް ކޮރަޕްޝަނުގެ އަމަލުތައް އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

"އެހެން ނަމަވެސް މި ކަހަލަ ކަންކަމުގައި ސަރުކާރުން ކައުންސިރުން ބައްސަން ބޭނުން ނުވާކަން އެބަ އިނގޭ. އޭގެ ބަދަލުގައި ސަރުކާރަށް ނިސްބަތްވާ ކޮންމެވެސް ކައުންސިލަރެއް މެދުވެރިކޮށް، ނުވަތަ އެ ބޭފުޅެއްގެ ތިމާގެ މީހެއް މެދުވެރިކޮށް ކަންކަން ކުރުމުގެ ސަގާފަތެއް ގެންގުޅޭ ކަމަށް އަޅުގަނޑުމެނަށް މި ފާހަގަ ކުރެވެނީ. އެކަންކަން އެހެން ހުރީމަ މި ދަންނަވަނީ ކޮރަޕްޝަނާއި ވައްކަމާ ފަސާދަ މިކަމުން ދުރުކުރާށޭ،" ޝިފާޒް ވިދާޅުވި އެވެ.

ވިއްސާރައިގެ ގެއްލުންތައް ބެލުމަށް އެކުލަވައިލި ކޮމިޝަންގެ ނާއިބު ރައީސް އަހްމަދު އާދިލް ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތައް ހޯދުމަށް އެމްޑީޕީން ކުރި މަސައްކަތުގައި ރަށްރަށުގެ އެމްޑީޕީ ކައުންސިލަރުންނާއި ޕީޕީއެމް ކައުންސިލަރުންގެ އިތުރުން އަމިއްލަ ކައުންސިލަރުންގެ ފަރާތުން ވެސް އެހީތެރިކަން ލިބިފައިވާ ކަމަށެވެ. ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ށ. ޅައިމަގު ހިމެނޭއިރު އެރަށުގެ ބަނދަރަށް ވެލިއެޅި ބަނދަރު ތިލަވެފައިވާކަން އާދިލް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން އެންމެ ފަހުން މިއަދާ ހަމައަށް ވެސް މައުލޫމާތު ސާފުކުރި އިރު ވެސް ކަމާ ބެހޭ އެއްވެސް ފަރާތަކުން އެކަމާ ގުޅޭ ގޮތުން ކަމެއް ކުރައްވާފައި ނެތް ކަމަށް އަޅުގަނޑުމެންގެ ޓީމަށް ކައުންސިލަރުންގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ،" އާދިލް ވިދާޅުވި އެވެ.

މި ކޮމެޓީގެ މެމްބަރު ޒިފްލީން ހަސަން ވިދާޅުވީ ރަށްތަކަށް ލިބުނު ގެއްލުންތައް ފާހަގަކޮށް ނެރުނު ރިޕޯޓަށް ފަހު ސަރުކާރުން އެރަށްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ މިންވަރު ބަލާނެ ކަމަށެވެ. އޭނާ ވެސް ވިދާޅުވީ ރައީސުލް ޖުމްޙޫރިއްޔާގެ އަނބިކަނބަލުން ރަށްތަކަށް އެހީތެރިވެދޭ ކަމަށް ދެއްކުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ސަރުކާރުން ކައުންސިލްތަކާ ގުޅިގެން އިހްލާސްތެރިކަމާ އެކު މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"ރަށްރަށުގައި ކައުންސިލްތައް އެބަ އޮވޭ. މިހެން ދިމާވާ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގައި ފައިސާ ކަނޑައެޅިފައި އެބަ ހުރޭ. އެހެން ކަމަށްވާ އިރު އެ ރޫޓް ބޭނުން ކުރައްވައިގެން ކުރިއަށް ދިއުން މާ ރަނގަޅުވާނެހެން އަޅުގަނޑަށް ހީވަނީ. އެހެންވީމަ އަޅުގަނޑު ގޮވާލަން ކައުންސިލްތައް މެދުވެރިކޮށް ސައްހަ މައުލޫމާތު އެއްކޮށްގެން ފިނޭސް މިނިސްޓްރީގައި ހުރި ބަޖެޓުން ހަރަދު ކުރެއްވުމަށް،" ޒިފްލީން ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް