Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބްރެޑްޕިޓް

ދަރިން ބެލުމުގެ ހަރަދު ދޭން ބްރެޑްޕިޓް ދެކޮޅު ހަަދައިފި

ދަރިންގެ ހަރަދަށް މަހަކު އެއް ލައްކަ ޑޮލަރު ހޯދުމަށް އެންޖެލީނާ އެދިފައިވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2017 | އަންގާރަ 10:19
ބްރެޑްޕިޓް އަދި އެންޖެލީނާ ޖޯލީ

ބްރެޑްޕިޓް އަދި އެންޖެލީނާ ޖޯލީ

ދަރިން ބެލުމުގެ ހަރަދު އެންޖެލީނާ ޖޯލީއަށް ދިނުމަށް ބްރެޑްޕިޓް ދެކޮޅު ހަދައިފި އެވެ.

އެންޖެލީނާ ހުށަހަޅާފައިވަނީ ބްރެޑްޕިޓް އަތުން ހަރަދުގެ ގޮތުގައި އެއްލައްކަ ޑޮލަރު ހޯދުމަށެވެ.

މިކަމާ ގުޅިގެން ބްރެޑްޕިޓާ ހަވާލާދީ އޭނާގެ އަރިސް މީހަކު ބުނެފައިވަނީ، އެ ދެމީހުންގެ ހަ ދަރިންނަށް ހަރަދުކޮށް، ބެލެހެއްޓުމުގެ ޒިންމާ ނަގައި ކުދިންނާއި ހަވާލުވާން ބްރެޕިޓް ތައްޔާރަށް ހުރި ކަމަށެވެ. ނަމަވެސް ކުދިން އެންޖެލީނާ ގާތުގައި ތިބޭނަމަ ހަރަދު ނުދޭނެ ކަމަށް އޭނާ ބުންޏެވެ.

އަދި ބްރެޑްޕިޓް ވަނީ ކޮންމެ އަހަރަކު ކޮންމެ ކުއްޖެއްގެ ޓްރަސްޓް ފަންޑަށް 250،000 ޑޮލަރު ލުމަށް ނިންމާފައި ކަމަށާއި އެ ފައިސާއިން ހުރިހާ ހަރަދެއް ބެލެހެއްޓޭނެ ކަމަށް ބްރެޑްޕިޓް ބުނެފައިވާކަމަށް ވެސް އޭނާ ބުންޏެވެ.

ހަރަދު ހޯދުމުގެ އިތުރުން އެންޖެލީނާ ވަނީ ވަރިވާން ހުށަހެޅި މައްސަލައިގައި ހަ ކުދިން އޭނާ ބެލުމުގެ ދަށުގައި ތިބުމަށާއި، ދެ މީހުންގެ މުދާ ބެހުމަށް ކޯޓުގައި އެދިފައި އެވެ. އަދި އޭނާ ވަނީ 90 ދުވަސް ތެރޭ ވަރި ކޮށްދިނުމަށް ވެސް ކޯޓުގައި އެދިފައެވެ.

ދާދި ފަހުން އޮތް ކޯޓު އަޑުއެހުމަކަށް ފަހު ކޯޓުން ހުށަހެޅި ލިޔެކިޔުންތަކާ ޙަވާލާދީ ޓީއެމްޒީން ބުނެފައިވަނީ ބްރެޑްޕިޓް ހުރީ ޢާއްމުންނަށް ޙަޤީޤަތް އެނގިދާނެތީ ވަރަށް ބިރުން ކަމަށާއި ވަރީގެ މައްސަލަ އާއި ދަރިންގެ ކަސްޓަޑީ މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތައް "ސީލް" ކޮށްދިނުމަށް ބްރެޑްޕިޓް ތަކުރާރުކޮށް އެދިފައިވާ ކަމަށް އެންޖެލީނާ ބުނެފައިވާކަމަށެވެ.

މި ޚަބަރު ފެތުރިފައި މިވަނީ ބްރެޑްޕިޓް އޭނާގެ ވަކީލުން މެދުވެރިކޮށް އެ ލިޔެކިޔުންތައް "ސީލް" ކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅުމާއި ގުޅިގެންނެވެ. "ސީލް" ކޮށްދިނުމަށް އެދިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި އެންޖެލީނާ ފައިލްކޮށްފައިވާ ހަ ކުދިންގެ ވަގުތީ ކަސްޓަޑީ އެއްބަސްވުން ހިމެނެއެވެ. ދަރިންގެ ކަސްޓަޑީގެ އެއްބަސްވުން އެންޖެލީނާ ކޯޓަށް ހުށަހެޅުމުގެ ހަފްތާތަކެއް ކުރިން ވެސް ބްރެޑްޕިޓްގެ ޤާނޫނީ ޓީމުން ވަނީ ލިޔެކިޔުންތައް "ސީލް" ކޮށްދިނުމަށް އެދި ކުއްލި އަޑުއެހުމެއް ބޭއްވުމަށް އެދިފައެވެ. އެހެންނަމަވެސް، ކޯޓުގެ ޤާޒީ އެ އެދުމަށް އިންކާރުކުރީ، އެއީ އެހާ ބޮޑު އެމަޖެންސީއެއް ކަމަށް ޤާޒީއަށް ފެނިވަޑައިނުގަތީ ކަމަށް ޚަބަރުތައް ބުނެއެވެ.

ބްރެޑް ޕިޓްގެ ވަކީލުން ބުނާ ގޮތުން، އެ ލިޔެކިޔުންތައް ސީލް ކޮށްދިނުމަށް އެދިފައިވަނީ، އެންޖެލީނާ ހުށަހަޅާފައިވާ ލިޔެކިޔުންތައް މެދުވެރިކޮށް ދަރިންގެ މުހިންމު މަޢުލޫމާތުތައް ޢާއްމުކޮށް ހާމަކޮށްފައިވާތީއެވެ. އެގޮތުން، ހުށަހަޅާފައިވާ ލިޔުންތައް މެދުވެރިކޮށް ދަރިންގެ ތެރަޕިސްޓުންގެ ނަމާއި، ނަފްސާނީ ސިއްޚީ މާހިރުންގެ ނަންތައް ހާމަކޮށްފައިވާ ކަމަށް ބްރެޑްޕިޓްގެ ވަކީލުން ތުހުމަތު ކުރެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތުންފަތަށް ދޮން ދިނުމާއި ދެކޮޅަށް އަންހެނުން މުޒާހަރާ ކޮށްފިއްޔާ އިސްތިއުފާ ދޭން ތައްޔާރު: ފިލިޕީންސްގެ ރައީސް

ތުންފަތަށް ދޮން ދިނުމާއި ދެކޮޅަށް އަންހެނުން މުޒާހަރާ ކޮށްފިއްޔާ އިސްތިއުފާ ދޭން ތައްޔާރު: ފިލިޕީންސްގެ ރައީސް

06 ޖޫން 2018
އިއްފީގައި އަމީތާބަށް އަހަރުގެ ފިލްމީ ތަރީގެ އެވޯޑް ދޭން ނިންމައިފި

އިއްފީގައި އަމީތާބަށް އަހަރުގެ ފިލްމީ ތަރީގެ އެވޯޑް ދޭން ނިންމައިފި

15 ނޮވެމްބަރު 2017
އިންޑިއާގެ ކުންފުންޏަކުން މުވައްޒަފުންނަށް ނަފްސާނީ ޗުއްޓީ ދޭން ފަށައިފި

އިންޑިއާގެ ކުންފުންޏަކުން މުވައްޒަފުންނަށް ނަފްސާނީ ޗުއްޓީ ދޭން ފަށައިފި

11 އޮކްޓޯބަރު 2017
ދަރިންގެ ފޮޓޯ ނެގުމުން ޖޯޖު ކްލޫނީ ރަތަށް

ދަރިންގެ ފޮޓޯ ނެގުމުން ޖޯޖު ކްލޫނީ ރަތަށް

30 ޖުލައި 2017
 "ބިގް ބޮސް" ހުށަހަޅައިދޭން އަކްޝޭއަކަށް ހުށައެއް ނާޅާ!

"ބިގް ބޮސް" ހުށަހަޅައިދޭން އަކްޝޭއަކަށް ހުށައެއް ނާޅާ!

30 ޖުލައި 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު