Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުހައްމަދު ޝިފާޒު

ޗައިނާގެ ނުފޫޒު މި ރާއްޖޭގައި ބޮޑު ވެދާނެ: ޝިފާޒް

އެއްބަސްވުން ފާސްކުރީ އެ ހުށައެޅިތާ ގާތްގަނޑަކަށް ފަސް މިނެޓު ތެރޭގައި ކަމަށް ވިދާޅުވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2017 | އާދީއްތަ 20:44
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު

އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު

ޗައިނާއާ އެކު ގާއިމުކުރާ ވިޔަފާރީގެ އެއްބަސްވުމަކީ އާ ޗައިނާއެއް ރާއްޖޭގައި އުފެދި ޗައިނާގެ ނުފޫޒު މި ރާއްޖޭގައި ބޮޑުވެދާނެ ކަމެއް ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

އިދކޮޅު އިއްތިހާދުން އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ މީގެ ކުރިން ވެސް ރާއްޖޭގައި ބޭރުގެ ފަރާތްތަކުން ވިޔަފާރި ކުރި ކަމަށާއި އޭރު ރާއްޖޭގައި ހުރި އެންމެ ބޮޑު ވިޔަފާރި ވެރިޔާއަށް ޖެހުނީ ރާއްޖެ ދޫކޮށް ހިޖުރަކުރަން ކަމަށެވެ. ޝިފާޒު ވިދާޅުވީ ދިވެހި ތާރީޚުގައި ފެނިގެންދިޔައީ ރައްޔިތުން އެތައް ގުރުބާނީތަކެއްވެ، ރާއްޖެ ސަލާމަތް ކުރި ތަން ކަމަށާއި އެހިސާބަށް ރާއްޖެ ނުދަނީސް މި ރާއްޖެ ސަލާމަތް ކުރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ޝިފާޒު ވިދާޅުވީ އެއީ ޗައިނާއަށް ރާއްޖެ ވިއްކާލުމަށް ވެވޭ އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުން ފާސްކުރީ އެ ހުށައެޅިތާ ގާތްގަނޑަކަށް ފަސް މިނެޓް ތެރޭގައި ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިކަން ކުރަން އުޅުއްވީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ.

އެގްރިމެންޓްގައި ވާއެއްޗެއް އޭގާއި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް ވެސް އެނގި ނުލައްވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ. ޝިފާޒު ވިދާޅުވީ ފަސްމިނެޓް ތެރޭގައި ފާސްކޮށް ނިންމާލީ ރައްޔިތުން އެކަމާ ނުރުހުންވެ، ރައީސް ޔާމީންގެ ވެރިކަމުން އަޒުލުކުރުމަށް ފާޅުގައި ނިކުމެފާނެތީ ކަމަށެވެ.

"ބައްލަވާ އަޅުގަނޑުމެންގެ ޕާޓީތަކުން މިދަނީ މި އެއްބަސްވުން ދިރާސާ ކުރަމުން. މި އެއްބަސްވުން ބޮޑުކަމުން އަޅުގަނޑުމެންނަށް އަދިވެސް މި އެއްބަސްވުން ދިރާސާކޮށް ނުނިމޭ،" ޝިފާޒު ވިދާޅުވިއެވެ.

ޗައިނާ އާއި ރާއްޖޭގެ ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރާ ހިސާބުން ރާއްޖޭގެ ވިޔަފާރިތައް ދިވެހި ވިޔަފާރިވެރިންގެ އަތުން ބީވެ ސީދާ ޗައިނާގެ ވިޔަފާރިވެރިންގެ އަތްމައްޗަށް ބަދަލުވެގެންދާ ތަން ފެނިގެންދާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގެ އިގުތިސާދު އިނދަޖެހި ރާއްޖޭގެ ވިޔަފާރިވެރިން ބޭރުވެ ރާއްޖޭގައި ޗައިނާގެ ވިޔަފާރިވެރިން އަތްގަދަކުރާތަން ކަމަށް ޝިފާޒު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު