Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ބަޖެޓާ ގުޅިގެން ގަވަރުނަރު ނުކިއްސަރު ފާޑެއް ވިދާޅެއް ނުވޭ: ރައީސް

3 ޑިސެމްބަރު 2017 | އާދީއްތަ 13:05

ރާއްޖޭގެ ބޭންކްތަކުން ލޯނު ނުނަގަނީ އިންޓަރެސްޓް ރޭޓް ބޮޑުވުމުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 3 ޑިސެމްބަރު 2017 | އާދީއްތަ 13:05
ޕީޕީއެމްއާ އަލަށް ގުޅުނު މެމްބަރުން ފޯމްތައް ރައީސް ޔާމިނަށް އަރުވަނީ

ޕީޕީއެމްއާ އަލަށް ގުޅުނު މެމްބަރުން ފޯމްތައް ރައީސް ޔާމިނަށް އަރުވަނީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ސަރުކާރަށް "ނުކިއްސައްރު" ގޮތަކަށް ފާޑުވިދާޅުވެފައި ނުވާ ކަމަށާއި ގަވަރުނަރު ދެއްކެވީ ރަނގަޅު ވާހަކަތަކެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ހަވާލުކުރުމަށް އާދިއްތަ ދުވަހު ދަރުބާރު ގޭގައި ބޭއްވި ރަސްމިޔާތުގައި ރައީސް ޔާމިން ވިދާޅުވީ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރު ދެއްކެވި ވާހަކަތަކަކީ ތަހްލީލީ ނަޒަރަކުން ވަރަށް ވަރުގަދަ، ވަރަށް ރަނގަޅު ވާހަކަތަކެއް ކަމަށެވެ.

"އެއިން އެއްވެސް ގޮތަކަށް އަޅުގަނޑު ނުދެކެން އަޅުގަނޑު ހުށަހެޅި ބަޖެޓަށް ނޫނީ ދައުލަތުން ކަންކަންކުރާ ގޮތާ ދޭތެރޭ އެއްވެސް ކަހަލަ ނުކިއްސަރު ފާޑު ކިޔުމެއް އޮތް ކަމަކަށް. އޭނާ އެ ދެއްކެވި ވާހަކަ އަނެއްކާ ވެސް ތަހްލީލް ކުރަން އެނގޭ ބަޔަކަށް އެނގޭނީ އޭނާ އެ ދެއްކެވި ވާހަކަ. އޭނާއަކީ ފަންނީ ބޭފުޅެއް. އޭނާއަކީ އަޅުގަނޑުމެންގެ ރިޒާވްއާ ހަވާލު ހުރި މީހާ. އޭނާ ދައްކަން ޖެހޭ ވާހަކަ އޭނާ ދައްކާނެ،" ރައީސް ވިދާޅުވި އެވެ.

ދައުލަތުގެ މާލީ ސިޔާސަތާ ގުޅޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރު ދައްކަވާ ވާހަކަތައް ސަރުކާރުން ބަލައިގަންނާނެ ކަން ފާހަގަ ކުރައްވައި ރައީސް ޔާމިން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެއްވުމަކީ ގަވަރުނަރުގެ ޒިންމާއެއް ނޫންކަން ރައްޔިތުންނަށް ހަނދާންކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

"އެހެންވީމަ އޭނާ (އެމްއެމްއޭގެ ގަވަރުނަރު) ނުޖެހޭ ރައީސް ޔާމިން ދޮރުގައި ބޭސް ނުލިބިގެން، ފާމަސީ ނެތިގެން، ކަރަންޓް ކެނޑޭތީ، ފެންބޮޑުވެގެން، ޓަކި ޖަހާ އުސޫލަކުންނެއް އެމްއެމްއޭގެ ގަވަރުނަރުގެ ގޭގެ ދޮރުގައި،" ރައީސް ވިދާޅުވި އެވެ.

ދައުލަތުގެ ރިޒާވް ފައިސާ ހޯދަނީ ސަރުކާރުން ހިންގާ މަޝްރޫއުތަކުން ކަމަށާއި އެކަމަކީ އެމްއެމްއޭގެ ގަވަރުނަރުގެ މަސައްކަތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދައުލަތުގެ ރިޒާވް ދަށްވާ ކަމަށްވާ ނަމަ އެމްއެމްއޭގެ ގަވަރުނަރު ކަންބޮޑުވެލައްވާނެ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން ނަގާފައިވާ ލޯނުތައް ނަގާފައި ހުރީ އާމްދަނީ ލިބޭ ބޮޑެތި މަޝްރޫއުތަކަށް ކަން ގަވަރުނަރު ވެސް ފާހަގަ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތައް ނަގާފައި ހުރީ ރާއްޖޭގެ ބޭރުން ކަން އެމްއެމްއޭއިން ފާހަގަ ކޮށްފައި ވާތީ އެކަމަށް ރައްދު ދެއްވައި، ރައީސް ވިދާޅުވީ ރާއްޖޭގެ ބޭންކްތަކުން ލޯނު ނުނަގާ އެންމެ ބޮޑު ސަބަބަކީ އިންޓަރެސްޓް ރޭޓް ބޮޑުވުން ކަމަށެވެ. އަދި އިންވެސްޓްމަންޓްތަކަށް ބޭރު ފައިސާ ނަގަނީ ބޭރުގެ ބޭންކްތަކުން ކަމަށާއި އެ ގާބިލުކަން ރާއްޖޭގެ ބޭންކުތަކުގައި ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ ބޭންކްތަކުން ނަގާ ލޯނުގެ އިންޓަރެސްޓަކީ 10 ޕަސެންޓަށް ވުރެ މަތިވެފައި، އަޅުގަނޑުމެން ބޭރުން ނަގާ ލޯނަކީ ހަތަރު ޕަސެންޓް ކަމަށްވާ ނަމަ ކީއްކުރަންތޯ އަގު ބޮޑުކޮން ރާއްޖޭގެ ބޭންކްތަކުން ލާރި ނަގަންވީ. ނުނަގާނެ ލާރިއެއް. މި ސަރުކާރަކީ އެގޮތައް ކަންތައްކުރާނެ ސަރުކަރެއް ނޫން. މި ސަރުކާރުން ލޯނު ނަގާނީ އަގު ހެޔޮކޮން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ ސަރުކާރުން ބޮޑެތި އަދަދުތަކުން ދިވެހި ބޭންކްތަކުން ލޯނު ނަގާ ކަމަށްވާ ނަމަ އަމިއްލަ ވިޔަފާރިވެރިންނަށް ލޯނު ލިބުމުގައި ދަތިތައް ކުރިމަތިވެ، އެ ވިޔަފާރީތައް ނެތިގެން ގޮސްދާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވާ ކަންކަމުން އާމްދަނީ ލިބޭނެކަން ޔަގީން ކުރުމާ އެކު، ބަޖެޓްގައިވާ ގޮތަށް ޚަރަދުތައް ކުރުމަށް އެމްއެމްއޭ އިން ވަނީ ލަފާދީފަ އެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ލިޔުމުން އެމްއެމްއޭ އިން ލަފާގައި ވަނީ މީގެކުރީ އަހަރުތަކުގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ނުލިބި، ބަޖެޓުގައި ކަނޑައަޅަފައިވާ އަދަދުތަކަށް ވުރެ އިތުރަށް ޚަރަދު ކޮށްފައި ވާތީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކޮށް، ފާސްކުރާއިރު އެކަން ކަމަށް ރިޔާއަތް ކުރުމަށް ލަފާ އަރުވާ ކަމަށެވެ. އަދި ބޭރުގެ ދަރަނި ބޮޑުވެ ދައުލަތުގެ ރިޒާވަށް އަސަރުކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް